ދިވެހި ޕްރިމިއާ ލީގުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ވެލެންސިއާއަށް ކުޅޭ މުހައްމަދު އިލާން އިމްރާން މުގުރާލައިފި.
އުމުރުން 14 އަހަރާ ހަތް މަހާ ހަތް ދުވަހުގައި އިލާން ރެކޯޑް މުގުރާލީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް މިހާރު ކުޅޭ މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ޕެނަލްޓީއަކުން. މި ގޯލުން ނަތީޖާ ވަނީ 2-2 އިން އެއްވަރު ވެފަ.
މީގެ ކުރިން ރެކޯޑް އޮންނަނީ އެންމެ ފަހުން ޔޫވީއާ ދެކޮޅަށް ކުޅުނު މެޗުގައި، ގޯލު ޖެހި އީތަން އިބްރާހިމް ޒަކީ އަތުގައި. އިލާންގެ އެހީތެރިކަމާއެކު އީތަން އެ ގޯލު ޖެހީ 14 އަހަރާއި ނުވަ މަހާއި ދެ ދުވަހުގައި.
14 އަހަރާއި ހަ މަހާއި 22 ދުވަހުގައި އީތަން ގޯލު ޖަހަން އެހީވި އިލާން އަކީ ލީގުގައި ގޯލެއް އެސިސްޓް ކުރި އެންމެ ހަގު ކުޅުންތެރިޔާ ވެސް މެ.
ފޮޓޯ: އެފްއޭއެމް
މާލެ ސަރަހައްދުން ބަންޑާރަ ގޯތި ލިބޭ ބިންވެރިންގެ މެދުގައި ހަފްތާއެއް ވަންދެން ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ގުރު ނެގުމުގެ އިވެންޓަށް ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލުމަށް ފަހު މިއަދު އަލުން ފަށައިފި. ލީގު ފެށިއިރު، ދަނޑުމަތީގައި ގުރުނަގަން ޓެންޓް ޖެހި ހިސާބުގެ ވިނަގަނޑު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި.