ireporter banner
images
images
images
images

ސީރިއާގެ ދެމަފިރިއަކު ކުޑަކުއްޖަކާ އެކު މާލެ މަގުމަތީގައި ސަލާން ޖަހަނީ

މި ދެމަފިރިންނަށް އިނގެރޭސި ބަހުން ވާހަކަދައްކާކަށް ނޭނގެއެވެ. އެހެންވެ، މި އާއިލާ ރާއްޖެ އައީ ކޮންއިރަކު އަދި ކޮންބޭނުމަކު ކަމެއް ވެސް ސާފުވާ ގޮތެއް ނުވިއެވެ. އެކަމަކު، އެ މީހުންގެ ވާހަކަތަކުން ދޭހަވާ ގޮތުގައި، އެއީ ސީރިއާ ބައެކެވެ.

ކުޑަކުއްޖާ އޮތީ އެމީހުން ގެންގުޅޭ ޓްރޮލީއަކަށް ލައިފައެވެ. އެ އަންހެން މީހާގެ އަތުގައި ހުސްކޮށް އޮތް ބުއްފުޅިއެއް ވެސް އޮތެވެ. އެ ދެމީހުން ދަނީ ސައި ހޮޓާތަކާއި ރެސްޓޯރެންޓުތަކެއް ވަދެ، އާންމުން ކައިރީގައި ފައިސާ ދިނުމަށް ވެސް އާދޭސްކުރަމުންނެވެ.

މީގެ ކުރިން ޖަޕާނު އަންހެނަކު ވެސް މާލެ މަގުމަތީގައި ސަލާންޖަހަން އުޅުނު މައްސަލައެއް ފެންމަތިވިއެވެ.

Flag this post

27