ireporter banner

"އުފާވެރި އަމާންރާއްޖެ" ކެންޕެއިން - އއ.ހިމަންދޫން

images
images
images
images

ކުރިޔަށް މިއޮތް ރިޔާސީ އިންތިހާބުގައި ތާއީދު ހޯއްދެވުމަށްޓަކައި އއ.ހިމަންދޫއަށް އެމް.ޑީ.ޕީ އާއި އަދި ގުޅިފައިވާ ޕާޓީތަކުން ހިމަންދޫއަށް މިއަދު ވަޑައިންނަވައިފިއެވެ.

ހިމަންދޫގައި މި ސަރުކާރުން ނިންމާފައިވާ އަދި ކުރިޔަށްދާ ކަންކަމަށް ބަލާލާއިރު

1. ބަނދަރު

2. ކުޑަކުދީންގެ ޕާރކް

3. އައުޓްޑޯ ޖިމް

4. ފުޓުބޯޅަ ދަނޑު

5. ރަށު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް

6. ސާފު ބޯފެނުގެ ނިޒާމް

7. ނަރުދަމާ

8. ސްކޫލަށް އަލަށް އިތުރު ކުރެވޭ ކްލާސްރޫމްތައް

9. މުޅިން އަލަށް އަޅާ މިސްކިތް

10. ސިއްހީމަރުކަޒަށް އިތުރުކުރެވޭބައި

11. ވޮލީ ކޯޓް

12. ޕަވަރ ހައުސް އޮފިސް އިމާރާތް އަދި އިންޖިންރޫމް

13. ފުޓްސަލް ދަނޑު

14. ޔޫތު ސެންޓަރ

15. ގިރާ ސަރަހައްދު ހިމާޔަތް ކުރުން

16. ސްކޫލް މަލްޓިޕާރޕަސް ހޯލް

Flag this post

29

ފަލަސްޠީނުގެ ރައްޔިތިންނާއިއެކު އއ. ރަސްދޫ

images
images
images
images

ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީން ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚުތުންނާ ދެކޮޅަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކާއި، ހިންގަމުންގެންދާ އެންމެހާ ލާއިންސާނީ ޢަމަލުތަކާއި ދެކޮޅަށް އަޑު އުފުލައިފިއެވެ.

"އިންޓަރނޭޝަނަލް އެއިޑް ކެންޕެއިން"އާއި ގުޅިގެން އއ.ރަސްދޫ ކައުންސިލުން އިސްނަގައިގެން "U2 ވިތު ގާޒާ"ގެ ނަމުގައި ކުރިޔަށްގެންދިޔަ މި ހަރަކާތުގައި މިރަށު ކުދިބޮޑު އެންމެހާ ރައްޔިތުން ވަނީ ބައިވެރި ވެފައެވެ. އަދި ރަސްދޫގައި ވަނީ ފަލަސްޠީނުގެ ދިދަ ވެސް ނަގާފައިއެވެ.

މި ހަރަކާތުގައި ރައްޔިތުންގެ ޝުޢޫރު ފާޅު ކުރުމާއި ފަލަސްޠީނަށް އެހީވުމަށްޓަކައި ފައިސާ ހަދިޔާކުރުންވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

Flag this post

25

ސްޓެލްކޯ - ރަސްދޫ ކަސުންސިލް 7 ވަނަ ފުޓްސަލް ކަޕް 2023

images
images
images
images

ސްޓެލްކޯ - ރަސްދޫ ކައުންސިލް 7 ވަނަ ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން މަޑި ޔުނައިޓެޑް ހޯދައިފިއެވެ. ވިދި ވިދިގެން މި މުބާރާތް މަޑި ޔުނައިޓެޑުން 3 ވަނަ ފަހަރަށް ކާމިޔާބުކޮށް ވަނީ ތަށި މިލްކު ކޮށްފައެވެ.

Flag this post

22

ރިޔާސީ އިންތިހާބު 2023 - އއ. ރަސްދޫން ތަފާތު މަންޒަރެއް

images
images
images
images

ފޯރިޔާއި އެކު މިހާރު ކުރިޔަށް މިދާ ރިޔާސީ އިންތިހާބުގެ ކެންޕެއިނުގެ ތެރެއިން އއ. ރަސްދޫގައި ޖުމްހޫރީ ޕާޓީގެ ދިދަ ނެގުމުގެ ހަރަކާތެއް މިއަދުވަނީ ބާއްވައިފަ އެވެ. ދިދަ ނެންގެވީ "އުފާވެރި އަމާންދިވެހިރާއްޖެ" ކެންޕެއިން ޓީޝާޓުގައި، އެމް.ޑީ.ޕީގެ ދެ ބޭފުޅުންނެވެ. އަދި މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން އެމް.ޑީ.ޕީގެ ޒުވާނުންގެ ޖަގަހަ ހުޅުއްވައިދެއްވީ ރަސްދޫ ޖޭ.ޕީގެ އިސް ބޭފުޅެކެވެ.

އުންމީދަކީ ކެންޕެއިނު ކުރުމުގެ މި ފޯރިގަދަ ދުވަސްކޮޅުގައި ރަސްދޫ އެމް.ޑީ.ޕީ އަދި ޖޭ.ޕީގެ ފަރާތުން ނަމޫނާ ހާސިލްކޮށް ހަސަދައާއި ނަފްރަތުން އެކަހެރިވެ ތިބެ ކެންޕެއިނު ކުރުމެވެ.

”ކެންޕެއިން ކުރާށެވެ. އެހެނަސް ނަފްރަތު ނުވާށެވެ“

Flag this post

20

ހިމަންދޫ ފުޓުބޯޅަދަނޑު ހުޅުވުން

images
images
images
images

ސަރުކާރުން ވެފައިވާ ކުޅިވަރާ މުނިފޫހި ފިލުވުމުގެ ވައުދުތަކުގެތެރެއިން ހިމަންދޫއަށް ކޮށްދެއްވަމުން އަންނަ ގިނަ ކަން ކަމުގެ ތެރެއިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މިއަދު ހިމަންދޫ ފުޓުބޯޅަ ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މީގެ އިތުރުން، ހިމަންދޫގައި ޒުވާނުންނަށް ޚާއްސަކޮށްގެން ވޮލީ ދަނޑަކާއި އަދި ޔޫތު ސެންޓަރެއް އެޅުމުގެ މަސައްކަތްވެސް ބާރަށް ކުރިޔަށް އެބަގެންދެއެވެ. މިރަށު ޒުވާނުންގެ އުންމީދަކީ ވީއެންމެ އަވަހަށް މިތަންތަނުގެ ބޭނުން ފުރިހަމަގޮތުގައި ހިފޭނެ ދުވަސް އައުމެވެ.

Flag this post

20
images
images
images

"އުފާވެރި އަމާންރާއްޖެ" ކެންޕެއިނުގެ ތެރެއިން މިރޭ މާލޭ ސޯސަލް ސެންޓަރުގައި ބޭއްވި ބޮޑު ޖަލްސާ. މި ޖަލްސާގައި ބައިވެރި ވުމަށްޓަކައި މާލެއަާއި މާލޭ ކައިރި ސަރަހައްދު ތަކުން އިބްރާހިމް މުޙައްމަދު ޞާލިހަށް ތާއީދުކުރާ ވަރަށް ގިނަ ބަޔަކު ބައިވެރިވޭ.

Flag this post

18