ireporter banner

އޫރިދޫގެ ހިދުމަތް މުޅި ހ.އ އަތޮޅުން މެދުކެނޑިއްޖެ.

މިއަދު ހެނދުނުން ފެށިގެން މުޅި ހ.އ އަތޮޅުން އުރީދޫގެ ހުރިހާ ހިދުމަތެއް ވަނީ މެދު ކެނޑިފައެވެ. އުރީދޫއިން މައުލޫމާތު ދޭގޮތުގައި ހިދުމަތް މެދުކެނޑުނީ ލޯކަލް ޕަވަރ ފެއިލިއާރ ގެ ސަބުން، މި މައްސަލަ ހައްލުކުރުމަށް ޓެކްނޮކަލް ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ.

Flag this post

11

ހ.އ މޮޅަދޫ ގައި ކިތަންމެ އާބާދީ ކުޑަނަމަވެސް ސިޔާސީ މޫސުމުގެ ކުލަވަރު ވަރަށް ފުރިމައެވެ. އެގޮތުން ސެޕްޓެންބަރ 09 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޙާބަށް ވަނީ ވަރަށް ފުރިހަމަ ތައްޔާރީތަކެއްވަމުންނެވެ. އެގޮތުން ރަށުގެ މަގުތަކުގައި ދިދަ ފަތިތަކުން ފުރާލާފައެވެ. ޖަގަހަ ތަކުގެ އަޑު ކެޑިގެން ނުދެއެވެ. މި ރަށަކީ އަބަދުވެސް އެމްޑީޕީ ބޮޑު މެޖޯރިޓީއެއް ނަގަމުން އަންނަ ރަށެކެވެ. މޮޅަދޫ އަކީ އެހެން ރަށްތަކަށް ހަމަ ނަމޫނާ ރަށެކެވެ. އެގޮތުން ސިޔާސީ ގޮތުން ކިތަންމެ ހިޔާލު ތަފާތުވިޔަސް ރަށުގެ ޢިޖުތިމާޢީ ކަންކަމުގައި ވަރަށްވެސް އެކުވެރި ބައެއް އަބަދުވެސް އުޅެމުން އަންނަ ރަށެކެވެ.

Flag this post

8

އިހަވަންދޫގެ މަސްރަހު ހޫނުވެ ބަނދަރުން ބައެއް ބަންދުކޮށްފި

images

އިހަވަންދޫގެ މަސްރަހު ހޫނުވެ ބަނދަރުން ބައެއް ފުލުހުން ކޯޑޮންކޮށް ބަންދު ކޮށްފިއެވެ. ފުލުހުން އެސަރަހައްދު ބަންދުކުރީ އެމްޑީޕީއަށް ތާއިދުކުރާ ފަރާތްތަކުން މިރޭ ހަރުކުރި ކެމްޕޭން ޕޯސްޓަރެއް ނިވާވާނެހެން ޕީޕީއެމްގެ ސަޕޯޓަރުން ވާޓީކަލް ބެނަރ ޖެހުމުން އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ފުޅައިވެގެން ގޮސްފާނެތީކަމަށް ބެލެވެއެވެ. ފުލުހުން އެސަރަހައްދުގައި ފޯރިމަރަމުންދާއިރު، އެސަރަހައްދުގައި މިހާރު ހަމަނުޖެހުމެއް ހިނގަމަކުންނުދެއެވެ.

Flag this post

5

ދިވެހިންގެ ރާއްޖެ" ކެންޕެއިން - ހޯރަފުށި

images
images
images
images

ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ޕީ.އެން.ސީގެ ކެނޑިޑޭޓް، ޑ.ރ މުއިއްޒުގެ ކެމްޕެއިން ނިންމުމަށް ބޭއްވި ވެހިކަލްބުރު، މި ހަރަކާތުގައި ޕީޕީއެމްއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ.

Flag this post

1

"އުފާވެރި އަމާންރާއްޖެ" ކެންޕެއިން ނިންމާލުން - ހ.އ ހޯރަފުށި

images
images
images
images

ރިޔަސީ އިންތިހާބުގައި ރައީސް އިބްރާހިމް ޞާލިހަށް ތާއީދުކުރާ އެމް.ޑީ.ޕީއިން ކުރިޔަށް ގެންދިޔަ ކެންޕެއިން ނިންމާލި ހިނގާލުމިން ދައްކާލައިފިއެވެ. މި ހިނގާލުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

Flag this post

1

ރިޔާސީ އިންތިހާބް 2023 - ހ.އ ހޯރަފުށި

images

ހޯރަފުށި 3ނަންބަރ ވޯޓްފޮށި 16:05 ގައި ވަނީ ބަންދުކުރެވިފައި، މި ފޮއްޓަށް ވޯޓުލުމަށް ރެޖިސްޓްރީ ވެފައިވަނީ 402 މީހުން، ވޯޓް ލައިފައިވަނީ 322 މީހުން މެވެ.

Flag this post

0