ވީޑިއޯ ގޭމް ކުޅޭ މީހުންނަށް ޕޫމާގެ ބޫޓެއް

އީ-ސްޕޯޓްސް ނުވަތަ ވީޑިއޯ ގޭމްތަކަށް ކުޅޭ މީހުންނަށް ހާއްސަކޮށްގެން ޕޫމާ އިން އިސްޓާކީނެއް ކަހަލަ ބޫޓެއް ނެރެފި އެވެ.


ޖަރުމަންގެ ކުންފުނިން ބުނިގޮތުގައި 110 ޑޮލަރަށް ވިއްކާ "އެކްޓިވް ގޭމިން ފުޓްވެއާ" އަކީ ވީޑިއޯ ގޭމްތައް ކުޅޭ މީހުން ގޭގައި ނުވަތަ އެފަދަ ގޭމްތައް ކުޅެން ހާއްސަ ތަންތަނުގައި ވެސް އަރައިގެން އިންނަން ފަސޭހަ އަދި ފަޔަށް އަރާމުވާ ގޮތަށް ފަރުމާކޮށްފައިވާ ބޫޓެކެވެ.

ޕޫމާ އިން "އެކްޓިވް ގޭމިން ފުޓްވެއާ" ސިކުރަނީ އީ-ސްޕޯޓްސްގައި ކުރިމަތިވާ "ސީކް"، "އެޓޭކް"، "ކްރޫޒް" އަދި "ޑިފެންސް" މޯޑް އަށް ވެސް ހެޔޮވަރު އުފެއްދުމެއްގެ ގޮތުގަ އެވެ. މި ވަގުތު ބޫޓް ވިއްކަމުން އަންނަނީ ހަމައެކަނި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގަ އެވެ. އެކަމަކު ވަރަށް އަވަހަށް އިތުރު މާކެޓްތަކަށް ނެރޭނެ ކަމަށް ޕޫމާ އިން ބުންޏެވެ.

އީ-ސްޕޯޓްސް އަށް ހާއްސަ ބޫޓެއް ނެރުނު އިރު، މި އަހަރު ޕޫމާ އިން ވަނީ އީ-ސްޕޯޓްސް ގްރޫޕް ކްލައުޑް9 އާ ގުޅިގެން ކްލޯތިންލައިނެއް ވެސް ތައާރަފުކޮށްފަ އެވެ.