އުރީދޫގެ އެމް-ފައިސާ ބޭނުންކޮށްގެން ޕޭމެންޓް ހަދާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އުރީދޫން ބުނީ އެމް-ފައިސާ މެދުވެރިކޮށް އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންގެ ތެރެއިން އެމް-ފައިސާ ގަބޫލު ކުރާ ކެފޭ، ރެސްޓޯރެންޓް، އަދި ފިހާރަތަކުން ކުރާ ވިޔަފާރިތަކަށް ޕޭމެންޓްގެ ފަސް ޕަސެންޓް އަނބުރާ ލިބޭނެ ކަމަށެވެ.
މި ޕްރޮމޯޝަން އަންނަ އަހަރުގެ މެއި މަހާ ހަމައަށް ކުރިއަށްދާނެ އެވެ.
އުރީދޫ އެމް-ފައިސާ އަކީ ކޮންމެ ތާކުން، އަދި ކޮންމެ ވަގުތެއްގައި ވެސް، ޑިޖިޓަލްކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ.
މިއީ ކަރަންޓު، އިންޓަނެޓް ފަދަ އެންމެ ގިނަ ޔޫޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކެވުމަށް ރާއްޖޭގައި ބޭނުންކުރާ ޑިޖިޓަލް ޕްލެޓްފޯމެވެ. މީގެ ތެރޭގައި އުރީދޫ، ސްޓެލްކޯ، މީޑިއާނެޓް، އެމްޑަބްލިއުއެސްސީ، މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ އަދި މޯލްޑިވްގޭސް ބިލްތައް ވެސް ހިމެނެ އެވެ.