އުރީދޫން މި މަހު 23 ވަނަ ދުވަހު ބާއްވާ "އުރީދޫ ފަން ރަން" ގައި ބޭނުންކުރާ ދުވާ ކިޓް، ކޮންމެ ދުވަހަކު ވެސް ނަސީބުވެރިއަކަށް ލިބޭ ލަކީ ޑްރޯއެއް ފަށައިފި އެވެ.
އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ލަކީ ޑްރޯގައި ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ އިރު، ކޮންމެ ދުވަހަކު ވެސް ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ފަން ރަން ކިޓެއް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.
އެ ކިޓްގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑު އަދި ފޮތި ދަބަހެއްގެ އިތުރުން އައިނާއި ބަންޑެނާ ހިމެނެ އެވެ.
އުރީދޫ މޯލްޑިވްސްގެ ޓްވިޓާ، އިންސްޓަގްރާމް ނުވަތަ ފޭސްބުކްގައި ކޮށްފައިވާ، އެއާ ގުޅޭ ޕޯސްޓަށް ލައިކް އަދި ޝެއާ ކުރުމަށް ފަހު ކޮމެންޓުގައި ރައްޓެސެއް ޓެގް ކުރުމުން އެ ލަކީ ޑްރޯގައި ބައިވެރިވެވޭނެ އެވެ.
އުރީދޫ ފަން ރަން ހުޅުމާލޭގައި ބާއްވަން ނިންމާފައިވާ އިރު، ދުވަން ފަށަން ހަމަޖެހިފައި ވަނީ ސެންޓްރަލް ޕާކުންނެވެ. އަދި އަލަށް ބައިވެރިވާ މީހުންނަށް ވެސް ފަސޭހަވާނެހެން މި ފަހަރުގެ މެރަތަންގައި ދުވަން ހަމަޖެހިފައި ވަނީ ފަސް ކިލޯ މީޓަރަށެވެ