ލިޓޮން އާއި ނިޒާމް (ވ)
01 ޖެނުއަރީ 2023 - 01:02
ވިލިމާލެ އިން މިދިޔަ އަންގާރަ ދުވަހުގެ ރޭ ތެޔޮ ބޯޓެއްގައި ފުރި ދެ މީހަކު ގެއްލިގެން ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ ގެއްލިގެން އުޅެނީ ގދ. ތިނަދޫ މަނާރު، މުހަންމަދު ނިޒާމް، 45، އާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހަންމަދު ލިޓަން، 35، ކަމަށެވެ.
އެ މީހުންނާ ބެހޭ އެއްވެސް ހަބަރެއް ނުވެގެން ރިޕޯޓްކުރީ ޖެހިގެން އައި ބުދަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ. އެކަމަކު، ބޯޓު ފުރައިގެން ދިޔައީ ކޮންތަނަކަށް ކަމެއް، އަދި ގެއްލުނީ ކިހިނެއް ކަމެއް ވެސް ފުލުހުން އަދި ނުބުނެ އެވެ. އެކަމާ ބެހޭ ތަފުސީލެއް ވެސް ނުދެ އެވެ.
އެ ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރި ނަމަ އެކަން ފުލުހުންނަށް އެންގުމަށް ފުލުހުން އެދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުކަލޯ
01 January 2023
މިނިސްޓަރ މެން މާގިނަ ކުޅި ކުރިޔަށް ކުޅުއްވާތީ މާލެ ކައިރިވެސް ރަނގަޅަށް ނުބެލެހެއްޓެނީ. ވިލިނގިލީ ރާވެރިބެ ވެސް ރުކުގަ އޮއްވާ އަލި ރަސްގެފާނު ފެންފޮދު ހިއްޕަވައިގެންފަ ހުންނެވިތަން ފެނިގެން ފަތާފަ މާލެ އައިސް ރާފޮދު އެރުވިޔޭ ކިޔާ. "ކަނޑު ބަލަހައްޓާމީހުން"ނަށް އެވަރުވެސް ނުވޭ!
ގުސައިސް
01 January 2023
ތިހުންނަނީ ވަޒީފާދޭ ކުންފުނިތަކުން އެމީހުންގެ މުވައްޒަފުންގެ ކަންކަން ރަގަޅަށް ނުބަލަހައްޓާތީ ދިމާވާ ކަންކަން، ތިމާމެންގެ ބޯޓުފަހަރުގަ ތިމާމެންގެ މުވައްޒަފުން ދާތަންތަން ނުބަލަހައްޓާ ހުރިހާކަމެއް މުވައްޒަފުންނަށް ދޫކޮށްލައިފަ
ސިރޫހާން
01 January 2023
ތިވާވި ހަކުރުބަލާ ދިޔާކަމަށް ޖީއެސްޓީ ބޮވާތީ.
ޢައިއޯ
01 January 2023
މިދެމީހުން ދަތުރުކުރި ބޯޓު އޮޔާދަނިކޮށް ފެނިގެން ދޫނިދޫއަށް ގެންގޮސްފައިވާކަން ނުބުނީ ކީއްވެބާ