އައިކެއާއިން މާލެ އާއި މި ސަރަހައްދުގެ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކަށް ފޭސް މާސްކު ހަދިޔާ ކޮށްފި އެވެ.
އައިކެއާއިން ބުނީ އެ ތަނުގެ ސީއެސްއާރު އިނީޝިއޭޓިވްގެ ދަށުން ފޭސް މާސްކު ހަދިޔާކުރީ މި ދުވަސްވަރު ނޮރޯވައިރަސް ފެތުރެމުން ދާއިރު ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓުގެ ގޮތުގައި ހެލްތު ޕްރޮފެޝަނަލުންނަށް މާސްކުގެ މުހިންމުކަން އިތުރުވެފައި ވާތީ ކަމަށެވެ.
އަދި މިއީ އެހެން ފަރާތްތަކުން ވެސް މި ދަނޑިވަޅުގައި މި ފަދަ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ރޫހު އާލާކުރުމަށް އިސްނެގުމުގެ ގޮތުން ކުރި ހަދިޔާއެއް ކަމަށް ބުންޏެވެ.
އައިކެއާއިން މާސްކު ހަދިޔާ ކުރީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް، ވިލިމާލެ ހޮސްޕިޓަލް، ދިއްފުށި، ހުރާ، ގާފަރު، ގުޅި، ތުލުސްދޫ އަދި ގުރައިދޫ ސިއްހީ މަރުކަޒަށެވެ.
އައިކެއާއިން ބުނީ އެ ކުންފުނިން އެކި އިދާރާތަކާއި ގުޅިގެން ދުޅަހެޔޮކަން ޕްރޮމޯޓުކުރުމަށް އިޖުތިމާއީ ޒިންމާ އަދާކުރަމުން އަންނަ ކަމަށާއި މި މަސައްކަތުން ސިއްހީ ހާލަތަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.