އަހަރުގެ މިހާތަނަށް ލޯނުތަކަށް އެއް ބިލިއަން ރުފިޔާ ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރު ލޯނު ދެއްކުމަށް 2.2 ބިލިއަން ރުފިޔާ ހޭދަވެ އެވެ.
އެހެންވެ މިހާތަނަށް ދެއްކިފައި އެވަނީ އަދާކުރަން ޖެހޭ ދަރަނީގެ 45 ޕަސެންޓެވެ.
ލޯނުތަކަށް ބިލިއަން ރުފިޔާ ދެއްކި އިރު ދަރަނީގެ އިންޓްރެސްޓާ އެކު މި އަހަރުގެ މިހާތަނަށް ވަނީ 1.6 ބިލިއަން ރުފިޔާ ދައްކައިފަ އެވެ. ލޯނުތަކުގެ އިތުރުން، ދައުލަތުން ނަގާފައިވާ ދަރަނީގެ އިންޓްރެސްޓަށް 5.2 ބިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި 126 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފަ އެވެ.
ދަރަނި އިތުރުވެފައި ވަނީ އެތެރޭގެ މާކެޓުން ނެގި ދަރަނި އިތުރުވުމުންނެވެ. ފުރަތަމަ ތިން މަހުގެ ތެރޭގައި އެތެރޭގެ ދަރަނި ވަނީ 74 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފަ އެވެ. އެ އަދަދު މިދިޔަ މަސް ފެށުނު އިރު ހުރީ 72.8 ބިލިއަން ރުފިޔާގަ އެވެ.
ދައުލަތުން އެންމެ ބޮޑު ދަރަންޏެއް އަދާކުރަން އޮތީ 2026 ވަނަ އަހަރު އެވެ. އެ އަހަރު ދަރަނި ދެއްކުމަށް 15 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ. އެއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ދަރަނި ދައްކަން ޖެހޭ އަހަރެވެ.