އެމްއެމްއޭ: އެމްޑީއިންގެ މަގާމަށް ކުރިމަތިލާން ވަނީ ހުޅުވާލައިފައި - ފޮޓޯ: މިހާރު
08 އޯގަސްޓް 2024 - 19:55
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އޮނިގަނޑަށް ބަދަލު ގެނެސް އަލަށް ތައާރަފްކުރި މެނޭޖިން ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އެމްއެމްއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ އިދާރާގެ ފަސް މެނޭޖިން ޑިރެކްޓަރުންގެ މަގާމަށް، ހުނަރުވެރި ގާބިލް އަދި އިހްލާސްތެރިކަމާއި ތެދުވެރިކަމާ އެކު ކުރިއަށް ދިއުމަށް ޝައުގުވެރިވާ މީހުން ބޭނުންވާ ކަމަށެވެ. މި ވަޒީފާތަކަކީ ދެ ޖިންސުގެ މީހުންނަށް ވެސް ހަމަހަމަ ފުރުސަތު އޮތް ވަޒީފާތަކެއް ކަމަށް ވެސް ގެޒެޓްކުރި އިއުލާނުގައިވެ އެވެ.
- މަނިޓަރީ ޕޮލިސީ، ރިސާޗް އެންޑް ސްޓެޓިސްޓިކްސް
- ފައިނޭންޝަލް ސްޓެބިލިޓީ
- ބޭންކިން އޮޕަރޭޝަންސް
- ކޯޕޮރޭޓް ސަވިސަސް
- ފައިނޭންޝަލް ސެކްޓާ ޑިވަލަޕްމަންޓް
މި ފަސް މަގާމުގެ ވެސް މުސާރަ އާއި އިނާޔަތަކީ 50,000 – 55,000ރ. ގެ އަދަދެއް ކަމަށް އެމްއެމްއޭގެ އިއުލާނުގައި ބުންޏެވެ. މެނޭޖިން ޑިރެކްޓަރުގެ މަގާމުގެ މުއްދަތަކީ ފަސް އަހަރުގެ ދެ ދައުރެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެމްއެމްއޭގައި މަސައްކަތްކުރާ މީހުންނަށް ވެސް އެބަ އޮތެވެ.
އެމްއެމްއޭގެ ޒަމާނީ ސެންޓްރަލް ބޭންކަކަށް ހެދުމުގެ ބޭނުމުގައި އެ އިދާރާގެ ހިންގުމުގެ އޮނިގަނޑަށް ބޮޑު ބަދަލުތަކެއް ގެންނަން ނިންމެވީ އާ ގަވަރުނަރު އަހުމަދު މުނައްވަރެވެ.
އެމްއެމްއޭގެ ބޯޑުން ފާސްކޮށްފައި ވަނީ އެސިސްޓެންޓް ގަވަރުނަރުގެ މަގާމު، މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކުރާށެވެ. އެ ބަދަލާ އެކު، މިހާރު ތިއްބެވި އެސިސްޓެންޓް ގަވަރުނަރުން ވަނީ އެޑްވައިޒަރުންގެ މަގާމަށް ޕްރޮމޯޓްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަމެއްވަނީ
11 August 2024
ކީޕެޑްގެ ކޮންމެ ފިތަކަށް ފިތަން މީހަކު ލައިގެން ގައުމު ހިންގެން އަންނަނީ. ޓެކްނޮލޮޖީ ކުރިއަރައި ފަސޭހަވާވަރަކަށް ކަންކަން ކުރަން ލާންޖެހޭ މީހުން މާ ގިނަ. ޓައިޕްރައިޓަރުގެ ޒަމާނުގައި ވަޒީފާއަށް ނުލާހާ ގިނަ މީހުން ލައިގެން މިހާރު އެއްވެސް ކަމެއްވާކަމަށްވަނީ. މައުލޫމާތުތައް އެންޓަރ ކުރެވި އޮޓޮމޭޓްކުރެވި އެއްދިމާލަކުން ހުރިހާ އެއްޗެއް ފެންނަން ހުންނަ ޒަމާނުގަ އަދި ހާދަހާ ކަންތައް ބޮޑޭ.
ބަހާރުކް އަޖުބަރު
10 August 2024
އަމީރުގެ އެޑްވައިޒަރެއް ނެގީމާ ހަޖޫޖެހި މީހުން 5 މެނޭޖިންގ ޑައިރެކްޓަރުންލާފައި ބައިނަލްއަޤުވާމީ ހުރިހާ ސެންޓްރަލް ބޭންކެއްގެ އުސޫލުތައް ފުނޑު ފުނޑުކޮށްލާފައި ޑިޕިޔުޓީ ގަވަރުނަރުންނާއި އެސިސްޓެންޓް ގަވަރުނަރުން ނިޒާމުން ނައްތާލީމާވެސް ހަމަ އަތް ޖަހަންވީތޯ...؟ ފެންނަ ތަސްވީރަކީ 3 މަސްތެރޭ ރާއްޖެ ސިލޯނަށް ވީގޮތް ވާތަން،
އަބްޑޫޅް +
09 August 2024
ހޫނ. އަހުރެންނަށް ގުޅާލާ. އަހުރެންގެ ލަންބަރު އެގޭނުން ދޯ؟
އަފީފާ ދީދީ
09 August 2024
ޓެކްސް ބޮޑު ކޮށް ރައްޔިތުން އިދަ ޖައްސާފަ މި ޟިހުން ނަށް މުސާރަ ދޭނީ! ތި ހެން ނަހަދާ 1 މެނޭޖިން ޑިރެކްތަރ 25000ރ އަށް ހަމަ ޖައްސަބަލަ! ހެޔޮ ނުވާނެ! އިގޭ ތި އުޅެނީ ޢާއްމުން ބިކަ ކުރަން ކަން!
އަބްޑޫޅް +
09 August 2024
ހޫނ. ކެތްކޮށްލާ. އަހުރެންވެސް ސިޓީ ވައްޓާލާނަން.
އައިމޯ
09 August 2024
ކިޔަވާގެން ތިބި މީހުންނަށް ވަޒީފާގެ ފުރުސަތުތަށް ހުޅުވާލީމަވެސް ކަމަކު ނުދިޔަ ، ވަޒީ ނުދީގެންވެސް ކަމަކު ނުދޭ ، މީދެން މަޖާބަޔަކު އުޅޭ ގައުމެއްދޯ
އިހްސާސް
09 August 2024
ދައުލަތުގަ ފައިސާ ނެތް. އިތުރު މަޤާމްތައް ތައާރަފްވަނީ. އެވެސް ބޮޑު މުސާރައިގަ.
އެމްސް
09 August 2024
ޑޮލަރުގެ ކަޅުބާޒާރު ރާވާ ހިންގަން ރަނގަޅުވާނީ ބޮންދެއް ނޫނީ ކޮންމެވެސް ރިސޯޓެއްގެ އެކައުންޓެންޓެއް އެމްޑީއަކަށް ހެދިއްޔާއެވެ!
އާދަމުގެ ދަރި
08 August 2024
ޕީޕީއެމްގެ ހަތަރުފަސް ގޮލާ ރެޑީކޮށްފަ އޭގެ ފަހުން އިއުލާނު ޖަހަނީ ކާކަށް އޮޅުވާލަންތެ؟؟
ސާބަސް21
08 August 2024
ސުބްޙާނަﷲ. ސާބަހޭ މުނައްވަރޫ.