ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒް ސީރީޒްގެ މިކްސްޑް ޑަބަލްސް ކެޓަގަރީން ރާއްޖޭގެ ހުސައިން ޒަޔާން ޒަކީ އާއި ފާތިމަތު ނަބާހާ އަބްދުރައްޒާގްގެ ޕެއާއިން ރިހި މެޑަލް ހޯދައިފި އެވެ.
އެ މުބާރާތުގެ މިކްސްޑް ޑަބަލްސް ފައިނަލުގައި ޒަޔާން އާއި ނަބާހާ ބަލިވީ އަޒަރްބައިޖާންގެ އީރާ މަފްތޫހާ އާއި އަގީލް ގަބިލޯވްގެ ޕެއާ އަތުންނެވެ.
އެ ޕެއާ މެޗު ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. ފުރަތަމަ ސެޓްގައި ނަބާހާ އާއި ޒަޔާންގެ ޕެއާ ވަނީ ވަރަށް ގާތުން ވާދަކޮށްފަ އެވެ. އެ ސެޓް އީރާ އާއި އަގީލްގެ ޕެއާ ކާމިޔާބު ކުރީ 23-21 ންނެވެ. ދެވަނަ ސެޓް ކާމިޔާބު ކުރީ 21-18 އިންނެވެ.

ބޮޓްސްވާނާ މުބާރާތުގައި ނަބާހާ ވަނީ މިއަދު ސިންގަލްސް އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ. އެ އިވެންޓްގެ ފައިނަލު ނަބާހާ ކާމިޔާބު ކުރީ އޭނާގެ ކޮއްކޮ އާމިނަތު ނަބީހާ ބަލި ކުރުމަށް ފަހު އެވެ.