ސޮނީ ފިޝިންއިން މިދިޔަ އަހަރު ތައާރަފްކުރި "ކަނޑު ފޯރި" މަސް ރޭހުގެ ދެ ވަނަ އެޑިޝަން ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
އަގުހުރި އިނާމުތަކެއް ހުށަހަޅައިގެން މާލެ ސަރަހައްދުގައި މިދިޔަ ހޮނިހިރު ބޭއްވި މި މުބާރާތަށް ހޫނު ތަރުހީބެއް ލިބުނު ކަމަށް ސޮނީ ފިޝިންއިން ބުންޏެވެ.
ފަތިހު 5:30 ގައި ފަށައި، ފޯރިގަދަކޮށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ހޮވުނީ ކެޕްޓަން ބޯޓް ކްލަބެވެ. މި ޓީމަށް 25,000ރ. ގެ ފައިސާގެ އިނާމާއި 10,000ރ. ގެ ވައުޗަރެއް ދިނެވެ.
މުބާރާތުގެ ރަނަރަޕްއަކަށް ހޮވުނީ ނޯރާ ޓީމެވެ. މި ޓީމަށް 15,000ރ. ގެ ފައިސާގެ އިނާމާއި 8,000ރ. ގެ ވައުޗަރެއް ދީފައިވެ އެވެ.
މުބާރާތުގެ ތިން ވަނައަށް ހޮވުނީ ޝިޔާޒް ސްޕޯޓްސް ކްލަބެވެ. މި ޓީމަށް ވަނީ ސޮނީ ފިޝިންއިން ހުށަހެޅި 10,000ރ. ގެ ފައިސާގެ އިނާމާއި 5000ރ. ގެ ވައުޗަރެއް ދީފަ އެވެ.
މި މުބާރާތުގެ އެންމެ މޮޅު މަސްވެރިޔާ އަށް ހުށަހެޅި 5،000ރ. ފައިސާގެ އިނާމާއި 2،000ރ. ގެ ވައުޗަރު ކާމިޔާބުކުރީ ކެޕްޓަން ބޯޓް ކްލަބްގެ ރިފްއަތެވެ.
ސޮނީ ފިޝިންއިން "ކަނޑު ފޯރި" މަސް ރޭހަށް 78,000ރ. ގެ ޕްރައިޒް ޕޫލެއް ކަނޑައެޅި އެވެ.
"ކަނޑު ފޯރީ" ގެ ފުރަތަމަ މުބާރާތް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވަނީ ބާއްވައިފަ އެވެ.