މަޖިިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއް ކުރިއަށް ދަނީ. ފ. އަތޮޅުގައި ހިންގަން އުޅޭ މަޝްރޫއާ ބެހޭ މައުލޫމާތު ހޯދަން ކޮމެޓީއަށް ހުށަހެޅިތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް މެމްބަރުން ވިދާޅުވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު
12 މާޗް 2017 - 12:55
ފ. އަތޮޅުގައި ހިންގަން އުޅޭ ބޮޑު މަޝްރޫއާ ބެހޭ އެއްވެސް މައުލޫމާތެއް ރައްޔިތުންގެ މަޖިލީހަށް ލިބިފައިނުވާ ކަމަށް މާލިއްޔަތު ކޮމެޓީގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ފ. އަތޮޅު ވިއްކުން ނުވަތަ ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ސަރުކާރުން އެއްވެސް ބަޔަކާ މަޝްވަރާ ކުރަމުން ދާނަމަ، އެކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް އެމްޑީޕީން މާލިއްޔަތު ކޮމެޓީ އަށް ހުށަހެޅީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އެކަމަކު މިހާތަނަށް އައިއިރު މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއް ބާއްވައިފައެއް ނުވެ އެވެ.
މާލިއްޔަތު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ބޮޑު މަޝްރޫއެއް ބައެއްގެ މައްޗަށް ދޫކޮށްލެވިގެން ދާއިރު، ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަޖިލީހަށް އެނގެން ޖެހޭ މައުލޫމާތުތަކެއް ހުންނާނެ އެވެ. ނަމަވެސް އެ މައުލޫމާތުތައް ހޯދަން ކުރާ މަސައްކަތުގައި އެއްވެސް ކާމިޔާބެއް ލިބިފައިނުވާ ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ ސަރުކާރުން އެއްވެސް މަޝްރޫއެއް ހިންގާނަމަ، އެކަމުގެ މައުލޫމާތު މަޖިލީހަށް ލިބެން ޖެހޭނެ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ހުށަހެޅުމަށް ސަރުކާރުން އިޖާބަ ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި ރާއްޖޭގެ ބިމުން އެއްވެސް ތަނެއް ބޭރުގެ ފަރާތަކުން މިލްކު ކުރުމަކީ އެމްޑީޕީން ތާއީދު ކުރާ ކަމެއް ނޫނެވެ.
"(ފ. އަތޮޅާ ބެހޭ) މައުލޫމާތު ގެނެސް ދެއްވާނެ ކަމަށް މުގައްރިރު (ކޮމެޓީގެ) ވިދާޅުވި. ނަމަވެސް މިހާތަނަށް އައިއިރު އެއްވެސް މައުލޫމާތެއް ކޮމެޓީގެ މެމްބަރުންނަށް ލިބިފައި ނެތް،" މާލިއްޔަތު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އިބޫ މިދިޔަ ހަފްތާގައި ވިދާޅުވި އެވެ.
ފ. އަތޮޅަށް ހަދަން އުޅޭ ގޮތަމާ މެދު އުފައްދާ ސުވާލުތަކާއި ކުރާ ތުހުމަތުތަކަށް ރައްދު ދެއްވައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ އެ އަތޮޅުގައި ހިންގާ މަޝްރޫއު ފަދަ، ބިޔަ މަޝްރޫއުތަކުގެ ތަފްސީލު ނުލިބިގެން އެއްވެސް މީހަކު ކަންބޮޑުވާން ނުޖެހޭ ކަމަށެވެ. އެ ތަފްސީލުތައް، މަޝްވަރާތައް ނިމި ހާމަކުރަން ޖެހޭ ހިސާބަށް ދިއުމުން ހާމަކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައި ވެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިހާތަނަށް ކުރެވުނު މަޝްވަރާތަކުގައި ފ. އަތޮޅަށް އަންނަން އޮތީ ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. ނަމަވެސް އެ މަޝްރޫއު ކުރިއަށް ގެންދަނީ ކޮން ބަޔަކާ އެކު ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ.
ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖޭގެ އެއްވެސް އަތޮޅެއް ނުވަތަ ބިމެއް ގަންނަން ނޫޅޭ ކަމަށާއި އެފަދަ ބޮޑު މަޝްރޫއަކަށް އިންވެސްޓް ކުރަން ވެސް ނިންމާފައި ނުވާ ކަމަށް ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީން ވަނީ ބުނެފަ އެވެ.
އެމްޑީޕީން ވަނީ ރައީސް ޔާމީންގެ ސަރުކާރުން ގާނޫނާއި ގަވާއިދުތަކާ ޚިލާފަށް ވިއްކާ ބިންތައް އަނބުރާ ރައްޔިތުންނަށް ހޯދައިދިނުމަށް ގަރާރެއް ވެސް ފާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަޓު
19 March 2017
ފ ވިއްކުމަށް ނިންމި އިރު މައުލޫމަތެއް މަޖިލީހަކަށް ނުލިބޭ އެވެސް ގަޓުހުރުން ދެން މަޖިލީސް މެންބަރުން ކިހާ ރާސްޓަސް އެއް އަޅައިގެން ތޯ ހަނު މި ތިބެނީ؟
ފ
12 March 2017
އިހުނަށްވުރެ ބިރު ބޮޑުވެ އޮޅުން ބޮޑުވެއްޖެ. ކުރި ކިޔަނީ ފ ވިއްކަނީ ސަޢުދީ ސަރުކަރަށޭ މިހާރު އެކިޔަނީ ސައުދީ ސަރުކާރެއް ނޫނޭ ސައުދީގެ އިންވެސްޓަރެކޭ.. ފަރުދަަށް ފ ވިއްކައިފިނަމަ ދެން އެވާނީ އޭނާގެ ތަރިކައަކަށް...
ފާފު ފާފު ފާފު
12 March 2017
މަޖިލީހުން ސާފުކުރަންވީ ކަންތައްތައް: 1. ގަނެގެން ވިޔަސް ކުއްޔަށްވިއަސް އެހެންދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިކުރަން ހަމައެކަނި ޔާމީނަށް ނިންމޭނެ ތޯ؟ މީ 7 ދުވަހުގެ ޗުއްޓީއެއް ހޭދަކޮށްލަން އައުމާ ވަރަށް ތަފާތު ކަމެއް. އުޅެންޏާ އަޅުކަން ކުރާތަންވެސް ބޭނުންވާނެ. ނުދިނުމަކީ އިންސާނީ ހައްގަކަށް އަރައިގަތުން. 2. ފްރީހޯލްޑަކީ މިލްކުކުރުން. ލީސް ހޯލްޑަކީ ކުއްޔަށް ދިނުން. މިލްކުވާއެއްޗެއް ދިވެހިސަރުކާރަކަށް ބެނުންވީއަކަށް ފަސޭހައިން ނުނެގޭނެ. އެވާރުތަވާނީ ވާރިސުންނަށް. ކުއްޔަށް ދޭ އެއްޗެއް ވާރުތައެއްނުވާނެ. އެތައް ރަށެއް ލީސް ހަމަވެގެން ސަރުކާރުން ނަގާ ބަހާފައި އެބަހުރި. ވާހަކައަކީ އިނގިރޭސި މޮޅު ނަމެއް ކިއަސް ދިވެހިން ބިދޭސީންނަށް އަދި ޣައިރު މުސްލިމުންނަށް ދިވެހި ބިން މިލްކު ކޮށްދޭން ރުހެމުތޯ؟ ފާފުގައި ތަންތަން ހަދާަފައި ޕްރިންސް ވިއްކަނީއްޔޯ. 1000000 މީހުންނަށް. އެކި ދީންތަކުގެ އެކި ނަސްލުގެ. ރާއްޖޭގައި މިތިބި 400000 މީހުންގެ ހާލާމެދު މަ މިއިންނަނީ ސަހަރޯވެފައި. މިހިސާބުން ރާޢްޖޭގެ އިސްތިގްލާލަށް ވާނީ ކިހިނެއްތޯ؟ ޖީބަށްޓަކައިވިޔަސް މިވަރުގެ ލަނޑެއް އިންސާނުންނަށް ދޭކަށް ހެޔޮޮ ނުވާނެއެއްނު. ނޫސްވެރިންވެސް މިސުވާލުތަކުގެ ޖަވާބު ހޯދައިދިނުމަށް ނަސޭހަތްތެރިވަން. ހެޔޮކަމަކީ ފައިސާ ދިނުމެއްނޫން. ހައްގު ތެދު ހޯދަން ކުރާ މަސައްކަތަށްވެސް ދަރުމަ ލިބެނެ.
އައިސާ
12 March 2017
އެމްޑީޕީ ވެސް ބައިވެރިވެގެން ވޯޓުދީގެން ފާސްކުރި އެސްއީޒެޑް ޤާނޫނުން ވަނީ ގާތްގަނޑަކަށް 14 ޤާނޫނެއްގެ(ކަސްޓަމްސް ޤާނޫން، ލާމަރުކަޒީ ޤާނޫން، ޕޯޓްތަކާބެހޭ ޤާނޫން، ކުންފުންޏާއި ބެހޭ ޤާނޫން........) ބާރުކަނޑުވާލާފައި އެޤާނޫންތަކުގެ ހުރިހާ ބާރެއް އެސްއީޒެޑް ޤާނޫން އަށް ޖަމާކޮށްފަ އެހުރިހާ ބާރެއް އިކޮނޯމިކް ކައުންސިލްގެ ޗެއާރ ގެ މުށުތެރެއަށް ޖަމާކޮށްދީފައި ނޫންތޯ؟ އަނެއްކޮޅުން މާލިއްޔަތު ޤާނޫން ވެސް ވަނީ ހަމަ މިގޮތަށް ބަދަލުކޮށް ރައްޔިތުންގެ މަޖީލީހަށް ރައީސުލް ޖުމުހޫރިއްޔާ ޖަވާބުދާރީ ވާން ނުޖެހޭގޮތް ހަދާދީފާ ނޫންތޯ؟ ދެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ދޭން ޖެހެނީ ކޮން މައުލޫމާތެއްތޯ. މީ ޤައުމީ މަސްލަހަތުން އެއްކިބާވެ ޕާޓީގެ ވަކިފަރުދެއްގެ މަސްލަހަތު އިސްކުރުމުގެ ނަތީޖާ އެހެން ނޫންތޯ؟
އަހުމަދު
12 March 2017
މިސަރުކާރުން ކުރާ ކަމެއްގެ މަޢުލޫމާތެއް ދެވޭކަށްނެތިކަންނޭގެ... ؟ .ޤާނޫނުހިގާނީ ވަކިވައްތަރެއްގެ މީހުންވެރިކަމުގައި ތިބޭއިރު އަނެއްބަޔަކު ޔިބޭއިރު އެއެއް ނުއޮންނަނެ ދެއްތޯ. އެީ އަޅުގަނޑުގެ ކުށެއްނޫން.
ކުމާރު
12 March 2017
ތި މަސްރޫއުން ގޯނިގޯނީގަ ލިބޭ ފައިސާގެ މައުލޫމާތު ލިބިއްޖެތަ
ކަމަނަ
12 March 2017
މިސަރުކާރަކީ ބިޑަކާނުލާ އެހުމެއް ކިޔުމެއްނެތި ބޭނުން އެއްޗަކަށް ބޭނުންގޮތެއްހަދާ އަދި ބޭނުން އެއްޗެއް ބޭނުން މީހަކަށްދޭ އޯގާތެރި ސަރުކާރު. ތިންބާރު ވަކިކުރާގޮތް މުޅި ދުނިޔެއަށް އޮންނާނީ ދައްކާލާފަ.
އަހުމަދު
12 March 2017
މަޖިލީހަށްވެސް އެނގެން ޖެހޭ ހިސާބުން އެނގޭނެ. ސަރުކާރުގެ ސިޔާސަތު ކަނޑައަޅާނީ ސަރުކާރުން - މަޖިލީހަކުން ނޫން. ތިން ބާރު ވަކިކުރާށޭ ކިޔާފައި އުޅޭ މީހުންވެސް މަޖިލީހުގައި ތިބެގެން ސަރުކާރުގެ ތެރެއަށް އަތްބާނަން އުޅުނީމަ ކަޑަދޯ؟
މުހައްމަދު
12 March 2017
ކޮން އިނގެންޖެހޭ ހިސާބެއްތަ؟ ބަލަގަ މީ މަގޭވެސް ގައުމު. ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގަ ރައްޔިތުންނަށް އިނގެން ޖެހޭނެ ގައުމުގަ ކުރަން އުޅޭ ހުރިހާ ކަމެއް ވެސް. މިއުޅެނީކީ ވެރިޔަކަށް ހޮވާފައި ހުރި މީހާ ފެންވަރަން ޖެހޭނީ ސައިބޯނި ލައިގެންތޯ ނޫނީ ގަޔަށް ޖަހަންޖެހޭނީ ވަކި ވައްތަރެއްގެ ސެންޓެއް ތޯ ބަލާކަށް ނޫން ވިއްޔަ. ޙީވާކަހަލަ މި ގައުމަކީ އޭނާގެ އަމިއްލަ ތަރިކަ މުދަލެއްހެން.
ލޮލީތާ
12 March 2017
މީ މާމޮޅު މީހެއް