ޕީޕީއެމަށް މެމްބަރުންތަކެއް ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީނާއި މަޖިލިހުގެ ރައީސް މަސީހް: މަޖިލީހާ ދޭތެރޭގައި އާންމުންގެ އިތުބާރު ގެއްލިފައި އޮތް ކަމަށް މަޖިލިހުގެ މައިނޯރިޓީ ލީޑަރު އިބޫ ވިދާޅުވި.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
22 މާޗް 2017 - 19:30
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަގާމުން ދުރުކުރުމުގެ ކަންކަން މިހާރު އޮތީ ނިމިފައި ކަމަށާއި އެކަމުގައި އެއްވެސް ޝައްކެއް ނެތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނާއި އެމްޑީޕީ އާއި ޖޭޕީ އަދި އަދާލަތު ޕާޓީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ވިދާޅުވީ ރައްޔިތުންގެ މަޖިލީހާ ދޭތެރޭގައި ރައްޔިތުންގެ އިތުބާރު ގެއްލިފައި އޮތް ކަމަށް ދިރާސާތަކުން އެނގިފައިވާ ކަމަށެވެ.
މޫކައި ސުއިޓްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވާހަކަ ދައްކަވަނީ: ރިޔާސަތު ބަދަލު ކުރުމަށް ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމަށް އޭނާ ވިދާޅުވި.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
އިބޫ ވިދާޅުވި ގޮތުގައި މަޖިލިސް ހިނގަނީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުތަކާ އެއްގޮތަކަށް ނޫނެވެ. މަޖިލީހުގެ ކަންކަން ޑިމޮކްރަޓިކް އުސޫލުތަކާ ހިލާފަށް ހިނގަމުންދާ އިރު، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތެއް މަސީހް ނުދެއްވާ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސްގެ އިތުރުން ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް މިއަދު ވަނީ ހުށަހަޅައިފަ އެވެ.
- ވަޒީރުންނާ ސުވާލު ކުރުމުގެ މައްސަލަތައް އެޖެންޑާ ނުކުރުން.
- މެމްބަރުންނަށް އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ނުދިނުން.
- މެމްބަރުންނަށް ވަގުތު ދިނުމުގައި ތަފާތު ކުރުން ގެންގުޅޭ.
- ބިލުތައް ދިރާސާ ކުރަން އެކަށީގެންވާ ވަގުތެއް ނުދޭ
- ބިލުތަކަށް ބަހުސް ކުރަން އެކަށީގެންވާ ވަގުތެއް ނުދޭ.
އިބޫ ވިދާޅުވީ މަޖިލީހުގެ ރައީސް އަމަލު ކުރައްވަމުން ގެންދަވަނީ ބޭނުން ގޮތަކަށް ކަމަށާއި މަޖިލީހުގެ ރިޔާސަތަށް ސިޔާސީ ވިސްނުން ވަދެފައިވާ ކަމަށެވެ. އެހެން ކަމުން މަޖިލީހުގެ ރިޔާސަތު ބަދަލު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
މަޖިލީހުގެ ރިޔާސަތު ބަދަލުކުރުމުގެ މަސައްކަތް ކާމިޔާބު ނުވިޔަސް، އިދިކޮޅު ފަރާތްތަކުން އެޅި ބިންގަލުގެ މަތީގައި ކުރަން ޖެހުނު ހުރިހާ ކަމެއް މަޖިލިސް ތެރެއިން ކުރަން ތައްޔާރަށް ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިތިބީ މި އެޅި ބިންގަލުގެ މަތީގައި ކުރަން ޖެހުނު ހުރިހާ ކަމެއް މަޖިލިސް ތެރެއިން ކުރަން ތައްޔާރުވެގެން. އަޅުގަނޑުމެންގެ މަސައްކަތްތައް ފެނިގެންދާނީ އެއް ވިސްނުމެއްގައި،" ރައްޔިތުންގެ މަޖިލިހުގެ މައިނޯރިޓީ ލީޑަރު އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ކާމިޔާބުވެއްޖެނަމަ، ވަރަށް ގިނަ އިސްލާހީ މަސައްކަތްތަކެއް ކުރަން އެބަހުއްޓެވެ. އެ ގޮތުން ގާނޫނުއަސާސީއަށް ގެނައި ދެ އިސްލާހު ކަމުގައިވާ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ހެދުމާއި ބިދޭސީންނަށް ބިންތައް މިލްކު ކުރެވޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނައުމަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި މިނިވަން ކަމާއެކު ހިނގަމުން ނުދާ މުއައްސަސާތަކުގައި ތިބި މެމްބަރުން ވަކި ކުރާނެ ކަމުގެ އިންޒާރު ވެސް އިބޫ ދެއްވި އެވެ. އޭނާ ފާހަގަކުރެއްވި މުއައްސަސާތަކުގެ ތެރޭގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓާ ޖެނެރަލްގެ އޮފީހާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ހިމެނެ އެވެ.
އިސްލާހު ކުރަން ނިންމި ގާނޫނުތަކުގެ ތެރޭގައި އިބޫ ވިދާޅުވި ގޮތުގައި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނާއި މާލިއްޔަތު ގާނޫނާއި ކޯޓުތަކުގެ ގާނޫނު ހިމެނެ އެވެ.
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މިއަދުގެ ނިއުސް ކޮންފަރެންސްގައި: މަޖިލީހުގެ އޮނިގަނޑު މިހާރު އޮތް ގޮތުން އިސްލާހީ މަސައްކަތްތަކެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕާއި ރައްޔިތުންގެ މަޖިލީހުގެ އޮނިގަނޑު މިހާރު އޮތް ގޮތުން އިސްލާހީ މަސައްކަތްތަކެއް ނުކުރެވޭނެ ކަމަށެވެ. އެހެންވެ، ގައުމުގެ ހާލަތު ބަދަލު ކުރަން ޕީޕީއެމްގެ ތެރެއިން ބޮޑު އަޣުލަބިއްޔަތެއް ލިބިފައިވާ ކަމަށާއި އިދިކޮޅު ފަރާތްތަކުން ތިބީ "އެއް ފިޔަވަޅެއްގެ މަތީގައި" ކަމަށް އޭނާ ވިދާޅުވި އެވެ.
"ގައުމުގެ ހާލަތާ މެދު ޕީޕީއެމްގެ އާންމު މެމްބަރުންގެ ތެރެއިން 90 ޕަސަންޓަށް ވުރެ ގިނަ މެމްބަރުންނާ އެކީގައި، ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ތެރެއިން ބޮޑު އަޣުލަބިއްޔަތަކާ އެކުގައި އެހެން ޕާޓީތަކުގެ މެމްބަރުންނާ އެއް ފިޔަވަޅަކަށް މި އާދެވުނީ،" ފާރިސް ވިދާޅުވި އެވެ.
ޕީޕީއެމަށް މެމްބަރުންތަކެއް ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ މަސީހް މަގާމުން ވަކިކުރަން އުޅެނީ އެމަނިކުފާނުގެ މައްސަލައެއް އޮވެގެން ނޫން ކަމަށާއި އެއީ "ގުރުބާންކުރެވޭ ކަންބަޅިއެއް" ކަމަށެވެ. އިދިކޮޅު ފަރާތްތަކުން މި ވޯޓު ނަގަނީ ކުރިން ރައީސްކަން ކުރެއްވި ބޭފުޅުންނާއި ސިޔާސީ ލީޑަރުންނަށް ދިމާވެފައިވާ ބަދުނަސީބުތަކާ ހެދި އުފެދިފައިވާ "ޖަޒުބާތުތަކަކާ"އި ސަރުކާރާ ދޭތެރޭ އޮތް ޒާތީ ހަސަދައަކާ ހެދި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ރައްޔިތުންގެ މަޖިލީހުގެ އަންނަ ހޯމަ ދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތާބޫކް
23 March 2017
މަސީހުއަކީ އެއްވެސް ތަޖުރިބާއެއް ނެތް އެކަމަށް ނާގާބިލު މީހެއް ، ރާއްކޭގެ ބިންތައް ވިއްކާއިރު ގައި މަސީހުވަނީ އެކަމަށް ނުކުޅެދިފައި އަވަހަށް މަސީހު ވަކިކުރޭ މާލަހެއް ވެސް ވެއްޖެ
އިބުރާހީމް ކެލާ
23 March 2017
އިންޝާﷲ ކާމިޔާބު ވާނެ. އަޅުގަނޑުމެން ފޮނިކާ ތަކެތިވެސް ބަހާނަަން މަސީޙު އިތުބާރު ނެތް ކަމަށް ފާސްވާ ދުވަހު..
ފތހﷲ
22 March 2017
ކުރިން ނާކޮޅުގެ ވާހަކަ މިފަހަރު ކަންބަޅި ...މި ޔާމީނަށް ނޭގެނީތަ..ތިމާގެ ސިޔާސީ އަމިއްލަ އެދުމަށްވެސް މި ނޫން ފަދަ މިސާލެއް ޖަހަން..ދީނަށް ފުރައްސާރަ ނުކުރާތި.
ކަރުންމަތީގެ ޑޮކްޓަރު
22 March 2017
ނުވާނެ ކާމިޔާބެއް އިންޝާﷲ. ފުރަތަމަ ކަމަކަށް މަސީހު ވަކިކުރަން ރަނގަޅު ހުއްޖަތެއް ދެއްކިފަ ނެތުން، 65 އަހަރުން މަތީގެ މީހުންނަށް ވެރިކަން ހޯދައިދޭނަމޭ ކިޔައިގެން އެކަމަށް ބޫތު ކައިފަ ތިބި ބައެއްގެ ބޯކާން ކޮންމެހެން އުޅޭނެކަ،މެއް ނެތް. ފާރިސް ކޮއްކޯ ޕީޕީއެމް މިއީ ޑޭޑްގެ ތަރިކައެއް ނޫން. ފާރިޝްމެންނަށް ޕީޕީއެމް ފެނުނީ އިއްޔެ މެންދުރު. ކޮބައިބާ ބޭފުޅާ މިއޮއްހާ ދުވަހު،
ކަރުންތިރި
23 March 2017
ކަލޯ ޕީޕީއެމް އުފައްދަން ހުއްދަދިނީ ފާރިސްއަށް ޖަކަމެއްވެސް ނޭނގޭދޯ؟ ހޭބަލިވިޔަސް ބޮދުވަރު
ޭއޭނާ
22 March 2017
މަގޭ ހުވަފެން ބިލާހަކަށް ނުވިތާދޯ!
އިއްބެ 22
22 March 2017
މަޖިލީހުގަ އިންސާފުވެރި ރައީސަކު ހުރިއިރުގަ ދޯ ރައްޔިތުން މަޖިލިސްކުރާގެ އެމް. ޑީ. ޕީ މެމްބަރެއްގެ ނިދާ ކޮޓަރިއަކަށް ޖަދައިގެން އުޅުނީ؟ ރައްޔިތުން އަދި ހަނދާނެއް ނުނެތޭ. އިންޑިއަން ހައިކޮމިޝަން ބާތުރޫމަކަށް ހަދައިގެން "ހުޅަނގުން އެބުނާ ހިތްވަރުގަދަ ރައީސް" އުޅުނު މުޑުދާރު ސިފަވެސް ރައްޔިތުން ހަނދާން އެބަހުރި. މި ކޮމެންޓް ޝާއިޢު ނުކުރާނެ ކަންވެސް އެނގޭ. ލޮލް
ބުނަނީއޭ
22 March 2017
މަސީހު ވަކި ކުރުމުގެ މައްސަލަ ނުވެސް ނިމޭނެ. އަދި މަމެންގެ ހޯދުން ތަކުން ދައްކާ ގޮތުން އެދުވަހު ވޯޓް ނެގުމުގެ ކުރިން އެމައްސަލަ ހުށައެޅި ފާރިޝް އެމައްސަލަ އަނބުރާ ގެންދާނެއެެވެ. އެޕްޕީއައިޑީ މަމެންނަށް ހާދަ ގިނައިން ޑްރީމް އިން ފެނެއޭ ދޯ. ކަހުރަބު ޖިންނި ބުނަނީ އޭ އޭނާ ކާހިތްވަނީ އެފްޕީއައިޑީ އެއާރފްރައިޓެޑް ރިހާކުރޭ އިނގޭ.
އަހުމަދު
22 March 2017
ފާރިސް މައުމޫނަށް ޕީޕީއެމްގެ ނަމުގައި ވަކާލާތު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. ކަލޯ ތިިެން އުޅެގެންނެއް ސިޔާސީ ގޮތުން ކަލޯއަކަށް ކުރިއެރުމެއް ނެތް. ތިޔައީ ޒާތީ ގޮތުން ދިމާކުރަނީ. ތީގައި ލަދެއްގައި ބެދޭނީ. އަވަހަށް ގޮނޑިން އިސްތިއުފާދީފައިދިއުން ރަނގަޅީ. ރައްޔަތުންވެސް ބުނަނީ ނުގަބޫލޭ.
ބޯބޮޑުޑްރާމާ
22 March 2017
ބޮޑުވެގެންވާ ޑްރާމާއެއް. ރިޔާސީ އިންތިޚާބު ގާތްވާތީ މިއެންމެންވެގެން ޕީޕީއެމް އެމްޑީޕީ ޔާމީން ނަޝީދު މައުމޫނު ގުޅިގެން ކުޅޭ ޑްރާމާއެއް. ބޭނުމަކީ އިންތިޚާބާއި ގުޅިގެން ކޮޅުކޮޅަށް ބޮޑެތިލާރުގަޑު ދެމުން. ދެންވެސް ރައްޔިތުން ލޮލުގައި ނާޅާނެހެން ބޭނުން ކުޅިވަރެއް ކުޅެލުން. ގައުމު އަމާންވީމައި މިމީހުން ކުރާކަންތައް ތަންކޮޅެއް ސާފުކޮއް ފެންނާތީ
ނެތީމުތާ
22 March 2017
ކަލޯމެން ތިކުރަވާ މަސައްކަތުގަ ކާމިޔާބު ނުވެއްޖެނަމަ ކަލޯމެންގެ ދުވަސް ދުއްވާލާނެ ގަޓު ރައީސް ކަން ދައްނާތި