ޕީޕީއެމަށް އަލަށް ގުޅުނު މެމްބަރުންތަކެއްގެ ފޯމު ހަވާލުކުރަން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން، ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެން ވަހީދު/ މިހާރު
22 މާޗް 2017 - 16:10
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރަން އުޅެނީ އެމަނިކުފާނުގެ މައްސަލައެއް އޮވެގެން ނޫން ކަމަށާއި މަސީހަކީ "ގުރުބާންކުރެވޭ ކަންބަޅިއެއް" ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމާ އަލަށް ގުޅުނު ބައެއްގެ ފޯމު ހަވާލުކުރަން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ މަސީހުގެ ވޯޓާ ގުޅެނީ "ތަފާތު އެތައް ކަންތައްތަކެއް" ކަމަށެވެ. އިދިކޮޅު ފަރާތްތަކުން މި ވޯޓު ނަގަނީ ކުރިން ރައީސްކަން ކުރެއްވި ބޭފުޅުންނާއި ސިޔާސީ ލީޑަރުންނަށް ދިމާވެފައިވާ ބަދުނަސީބުތަކާ ހެދި އުފެދިފައިވާ "ޖަޒުބާތުތަކަކާ"އި ސަރުކާރާ ދޭތެރޭ އޮތް ޒާތީ ހަސަދައަކާ ހެދި ކަމަށް ވެސް ވިދާޅުވި އެވެ.
"މި އުޅެނީ އުއްމީދަކާއި އެއަށް ވުރެން ވެސް ބޮޑަށް ސަރުކާރާ ދޭތެރޭގައި ހަސަދަވެރިވުން. އެ ނޫން އެއްވެސް ކަމެއް އަޅުގަނޑަކަށް މީގެތެރެއަކުން ނުފެނޭ. މިއުޅެނީކީ މަސީހުގެ މައްސަލައެއް ނޫން. އެއްގޮތަކަށް ވެސް މަސީހުގެ މައްސަލައެއް ނޫން. ދެން ކޮންމެވެސް އެއްޗެއް ކަތިލަން ޖެހޭތީ އެ ކަހަލަ ކަމެއް ކަންނޭނގެ މި އުޅެނީ،" މަސީހް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މަސީހް ވަކިކުރަން އުޅެނީ ކީއްވެގެން ކަން ސަރުކާރަށް ނިސްބަތްވާ ޕީޕީއެމާއި އެމްޑީއޭ ކޯލިޝަންގެ ޕާލަމެންޓްރީ ގްރޫޕުން ވިސްނާނެ އެވެ. އެއާއެކު، ރައްޔިތުން ވެސް މި ވޯޓުގެ ހަގީގީ ސަބަބު ހިޔާލަށް ގެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޕީޖީ ގްރޫޕަކީ ނަޒާހަތްތެރި ޕީޖީ ގްރޫޕެއް. ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ބޭފުޅުންނަކީ ނަޒާހަތްތެރި ބޭފުޅުން. އަޅުގަނޑުމެންގެ އިންޓަގްރިޓީ ހުންނަންވާނެ ކަންކަން ކުރާއިރު. ތަނެއްގައި، ޗެމްބަރެއްގައި އިންނަވާ މަޖިލީހުގެ ރައީސްގެ ވޯޓު ނެގުމަކީ އެހާ ފަސޭހަ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ޕީޕީއެމަށް އަލަށް ގުޅުނު މެމްބަރުންތަކެއްގެ ފޯމު ހަވާލުކުރަން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް މަސީހު ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެން ވަހީދު/ މިހާރު
ރައީސް ޔާމީން ވިދާޅުވީ މަސީހް މަގާމުން ދުރުކުރަން ޖެހޭ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާފައި ހުރި އެއްވެސް ވާހަކައެއްގެ ހަގީގަތެއް އަދި އަސްލެއް އެކުލެވިގެން ނުވާ ކަމަށެވެ. ގަވާއިދާ ހިލާފަށް މަޖިލީހުގެ ރައީސް ކަންކަން ކުރައްވާފައިވާ ނަމަ، މިއަށް ވުރެ މާ ކުރިން އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި އެޖެންޑާކުރެވެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
މަސީހު ވަކިކުރަން އިދިކޮޅު ފަރާތްތަކުން ބޭނުންވާއިރު، ޕީޕީއެމް އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ބޭފުޅުން އެމްޑީޕީގެ ފިކުރަށް ދީލާލާފައިވާ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
"މީގެ ހިތާމައަކީ އަޅުގަނޑުމެން ދުވަހަކު ވެސް އެއްދާން ނުކުރާނެ ކަމަށް ހީކުރާ ފަރާތްތައް އަދި އެވަރުގެ އަބުރުވެރި މުރުއްވަތްތެރި ކަމަށް ގަބޫލުކުރި ފަރާތްތައް ވެސް މީގެ ތެރޭގައި ޝާމިލްވާތީ. އެހެންވީމަ އެބަ އެނގޭ ފިކުރުގެ ގޮތުން މިހާރު ދެ ފިކުރެއް ނޫން ކަން މިއޮތީ. މިހާރު އޮތް ފިކުރަށް ނިސްބަތް ކުރަންޏާ ކިޔަންވީ ތޯހިރު ފިކުރާއި ނުތާހިރު ފިކުރެއް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ހަގީގީ ފިކުރުގައި، އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރަން ދުވަހަކު ވެސް ޖާގައެއް ނުދެވޭނެ އެވެ. ޕީއޭ އިން "ބައިގަނޑެއް" އައިސް ޕީޕީއެމް އުފެއްދިއިރު، އެ ބައިގަނޑުގެ ފިކުރަކަށް އަދިވެސް ބަދަލު ނާންނަކަން މަސީހުގެ ވޯޓާ ގުޅިގެން ވެސް ސާބިތުކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ޕީޕީއެމްގެ އިސް ފަރާތްތަކަކުން އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރައްވާއިރު، އެމްޑީޕީގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމުން 22 ރޭ ވަންދެން މުޒާހަރާ ކުރުމާއި ރާއްޖޭގައި ތިބި ދީނީ މީހުންނަކީ ވިޔާނުދާ މީހުން ކަމަށް ވާހަކަ ދައްކައި އަގު ވައްޓާލި ހަނދާން ހިޔާލަށް ނުގެންނެވިގެން މި އުޅެނީ ކީއްވެތޯ ރައީސް ސުވާލު ކުރެއްވި އެވެ.
ރައީސް ޔާމިން ވިދާޅުވީ އެމްޑީޕީގެ މި ފިކުރުތަކާ ދެކޮޅަށް މަސައްކަތް ކުރި މީހުންގެ ފިކުރު ބަދަލުކުރެވޭ ވަރުގެ ބޮޑު ގޯހެއް އެމަނިކުފާނުގެ ސަރުކާރުން ހަދާފައި ނުވާނެ ކަމަށެވެ. މައްސަލައަކަށް ވަނީ ވަކި މީހަކު އިސްތިސްނާނުކޮށް މި ސަރުކާރުން ގާނޫނު ތަންފީޒުކުރާތީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ރައްޔިތުންގެ މަޖިލީހުގެ އަންނަ ހޯމަ ދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްލާ އަލީ
23 March 2017
މަސީހް ވަކިކުރަން ޖެހުމަކީ ހިތާމަވެރި ކަމެއް .އެކަމަކު ކެންސަަރު ޖެހިއްޖެނަމަ ބޭހުން ރަނގަޅު ނުކުރެވޭނަމަ އެ ގުނަވަނެއް ބުރިކޮށްލައިގެން ފަސޭހަ ކުރަނީ ހިތްހަމަ ޖެހިގެނެއްނޫން ހިތާދެކޮޅަށް ނަމަވެސް ސިފާ ބޭނުންވޭ ،މިހާރު ދިވެހިގައުމަށް ދިމާވެފައިވާ ވައިރަސް ކޮންޓްރޯލް ކުރުމަށް ސިފާ ބޭނުންވޭ އެގޮތުން މަސީހް ވަކިކޮށްގެންނަމަވެސް ގައުމަށް ހަމަޖެހުން ގެންނަން ބޭނުންވޭ
އަާދަނު
23 March 2017
ތިޔާ ކަމެއްނުވާނެ ﷲ އިރާދަކުރެއްވިއްޔާ! 2018 ނުކިޔާ 2017 އިން ފުއްދާލާ ނުވާނެ 2018 ިއންޝާ ﷲ
ޙިޔާލު
23 March 2017
ތެދު ވާހަކައެއް މިހާރަކަށް އައިސް ނުފެނޭ ޔާމީންޢާއި އެއްކޮޅައް ވާހަކަ ދައްކާ ބައެއް އެކަމަކު 2018 ގެރެންޓީ.... މީ ލައްކަ ވާހަކަ......
އަލީ
23 March 2017
"ކަންބަޅި އެއް" ؟ ބުނާނެ އެއްޗެއް ނޭގުނު.
ރަމޭ
23 March 2017
އަޅެ މިލިއުމަށް ކޮމެންޓް ކުރި އެއްވެސް މީހެއް ނެތޭ މި ރައީސާއި އެއްކޮޅަށް އެއްޗެއް ބުނެފަ. އެކަމުވެސް ރައްޔިތުންގެ ވަރަށް ސަޕޯޓް އެބައޮތޯ...މަ ހީހީ ހަލާކު
ދޫރެސް
23 March 2017
މިފަހަރު އެބަހީވޭ ކަމެއްހެން. ގުޑަމުން ގުޑަމުން ގޮސް ވެއްޓޭނީ. މުއުމިނުންގެ ދުޢާ ﷲ ގެއްލުނަނުކުރައްވާށިއެވެ.
ޙުއްބުލްވަޠަން
23 March 2017
ސަރާސަރު ރީތި ތަނަވަސް އަލިމަގެއް ފެންނަމުންދާތީ ،،، ފަރާތެއް ދެން އެހެން ނުބަލާ ދެވޭނީ ވޯޓް މަސީޙު ވަކިކުރަންތާ !!!!!!!!!!
ހާޖީ
23 March 2017
އަސްލުކަތިލަންޖެހޭއެތި އޮތީ އަތުނުޖެހޭހިސާބުގައޭދޯތިބުނީ އެކަން އެނގޭއެންމެންނަށްވެސް
ބަކަރި
22 March 2017
އަދި މި އެނގުނީ މި އުޅެވެނީ ޒޫ އެއްގަ ކަން. މިތަނުން ރައްކާވާނެ ޕުލޭން އެބަ ހަދަންޖެހޭ
ލޮލީތާ
23 March 2017
ހަހަހަ ރަނގަޅު ވާހަކައެއް ތިބުނީ
ޢޮޕޮޗުނިސްޓް
22 March 2017
ރައީސް ގަބޫލުފުޅު ކުރެއްވީތޯ ކަނބަޅި ކަތިލެވޭނެކަމަށް. އެއްބަސްވެ ވަޑައިގަތުމުން ދައްކާނެ އިތުރު ވާގަޖައެއް ނެތް