ރާއްޖޭގައި ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސްއެއްގެ މަސައްކަތް ކުރަމުން އަންނަ ބޭފެންސީ ކުންފުނީގެ ޗެއާމަންގެ ޒިންމާއާ ދާދި ފަހުން ހަވާލުވެވަޑައިގެންނެވި ޗެން ޖިއާމިންއަކީ ލީޑަރެއްގެ ހުރިހާ ކޮލިޓީއެއް ފުރިހަމަ ބޭފުޅެއް ކަމަށް ބުނަން ޖެހެނީ ސަބަބުތަކެއް ހުރުމުންނެވެ. ކޮންމެ ކުންފުންޏެއްގެ ވެސް އަމާޒަށް ވާސިލުވުމަށް ހަރުދަނާ، ރަނގަޅު ލީޑަޝިޕެއް ބޭނުންވާއިރު ޗެންގެ ފަރާތުން މުޅިން ވެސް ފެންނަނީ އެ ކަންކަމެވެ. ހާއްސަކޮށް ރިއަލްއެސްޓޭޓް ފަދަ ވާދަވެރި ދާއިރާއަކުން ކުރިއަށް ދިއުމުގައި ވަރުގަދަ ލީޑަޝިޕެވެ.

ތައުލީމާއި ފައިނޭންސް، ހޮސްޕިޓަލިޓީ އަދި ޑައިވާސިފައިޑް ރިއަލް އެސްޓޭޓްގެ ދާއިރާތަކުގެ ލީޑާޝިޕްގެ އެކި މަގާމުތައް ފުރުއްވައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ޗެން އަކީ ދާއިރާގެ ގިނަ ބައެއްގެ އިހުތިރާމް ލިބިފައިވާ ލީޑަރެކެވެ. ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅުގައި ވިޔަފާރީގެ މައިދާނަށް ނުކުމެވަޑައިގެން އޭނާ ވަނީ ޝެންހާއި، ޖިއަންގްޝީ، ފުޖިއަން، މެލޭޝިއާ އަދި ސިންގަޕޫރުގައި ވިޔަފާރިތައް ފައްޓަވައިފަ އެވެ.

ޗެންގެ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ:

1- ޝެންހާއީ ލުހޫ އެސެޓް މެނޭޖްމަންޓް ކޮމްޕެނީ

2- ޖިއަންގްސީ ޓައިޖީ އިންވެސްޓްމަންޓް ޑިވެލޮޕްމަންޓް ކޯ ލިމިޓެޑް

3- ޔިޗުން ސިޓީގެ ޓައިޗީ ޑްރައިވިން ސްކޫލް

4- ހެންގްފެންގް ކައުންޓީ ޝަންގްރާއޯ ސިޓީގެ ޓައިޗީ ޑްރައިވިން ސްކޫލް

5- ޖިއަންގްސީ ޗަންގްޖިއަންގް ސައިންސް އެންޑް ޓެކްނޮލޮޖީ ސެކަންޑަރީ ވޮކޭޝަނަލް ސްކޫލް

6- ޖިއަންގްސީ ޔިޗުން އިންޑަސްޓްރިއަލް ޓެކްނިކަލް ސްކޫލް

7- ބްލިޒާޑް ބިއާ

ޗެންގެ ކުންފުންޏެއްގެ ދަށުން ހިންގާ ތަނެއްގެ މަންޒަރު
ޗެންގެ ކުންފުންޏެއްގެ ދަށުން ހިންގާ ތަނެއްގެ މަންޒަރު

ޗެންގެ ވިޔަފާރީގެ ލެގަސީން އެންމެ ފާހަގަކުރެވޭ އެއް ކަމަކީ އޭނާގެ ފައިނޭންޝަލް ޑިސިޕްލިން އެވެ. ވިޔަފާރީގެ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު ޗެންގެ ކުންފުނިތަކުން ވަނީ ބޭންކު ލޯން ލައިބިލިޓީސް ޒީރޯގައި ދަމަހައްޓައިފަ އެވެ. މިއީ އިންޑަސްޓްރީ އަށް ކުރާ އިތުބާރާއި މެނޭޖްމަންޓުގެ ޒިންމާދާރުކަމާއި ކުންފުނިތައް ސްޓޭބަލް ގްރޯތް ދައްކައިދޭ ކަމެކެވެ.

ޗެން، ރާއްޖޭގެ މާކެޓަށް ޝައުގު އުފެދި, ބޭފެންސީ ކުންފުންޏާ ގުޅުނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ އިންވެސްޓްމަންޓް ލޭންޑްސްކޭޕްގެ ތިން މަސްދުވަހުގެ ދިރާސާއަކަށް ފަހު އެވެ. ރާއްޖެއަކީ އޭނާގެ ތަޖުރިބާ ހުރި މުހިންމު ދެ ދާއިރާ ކަމަށްވާ ތައުލީމީ އަދި ޓޫރިޒަމް ދާއިރާގައި ފުރުސަތުތައް ގިނަ ގައުމެއް ކަން އެ ދިރާސާ އިން ޗެން އަށް ފެނިވަޑައިގަތެވެ.

ޗެންގެ އަމާޒަކީ އިންވެސްޓްކުރުމުގެ އިތުރުން, ރާއްޖެ އަށް ދިގު މުއްދަތަކަށް ފައިދާކުރާނެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަތުމެވެ.

ޗެންގެ ކުންފުންޏެއްގެ ދަށުން ހިންގާ ތަނެއް.
ޗެންގެ ކުންފުންޏެއްގެ ދަށުން ހިންގާ ތަނެއް.

ރާއްޖޭގެ މާކެޓަށް ވަދެވަޑައިގަތުމަށްޓަކައި ޗެންގެ އެންމެ ފުރަތަމަ ސްޓްރެޓީޖިކް އިންވެސްޓްމަންޓުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ބޭފެންސީ ރެޒިޑެންސެވެ. މި ޕްރޮޖެކްޓު އޭނާ ހިޔާރު ކުރައްވާފައި ވަނީ ކުރިމަގަށް ފައިދާ ކުރާނެ ފަދަ ގޮތަކަށް ފަރުމާ ކޮށްފައިވާ ޑިޒައިނާއި މެނޭޖުމަންޓުގެ ޑިސިޕްލިން އާއި ލަގްޒަރީ ދިރިއުޅުމެއް ބިނާކުރުމަށް އެ ކުންފުނިން ގެންގުޅެ ސިޔާސަތުގެ ސަބަބުންނެވެ.

މި ޕްރޮޖެކްޓާ ގުޅިވަޑައިގަތުމަށް އެ ކުންފުނީގެ ހިއްސާދާރުންނާ އެކު މި އަހަރުގެ އޮކްޓޯބަރު މަހު އެއްބަސްވުމަކަށް އައުމަށް ފަހު, ޗެން ވަނީ ބޭފެންސީ ރެޒިޑެންސަށް ބޭނުންވާ އިތުރު ކެޕިޓަލް އިންޖެކްޓުކޮށް, ކުންފުންޏަށް ބޮޑު މާލީ އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ. މީގެ ސަބަބުން ވަގުތަށް ނިންމުމަށް ބޭނުންވާ އިތުރު އެހީ އެ ކުންފުންޏަށް ވަނީ ލިބިފަ އެވެ. އަދި މިއީ މި ޕްރޮޖެކްޓުގައި ކަނޑައަޅާފައިވާ ވަގުތަށް މަސައްކަތްތައް ނިންމައި, ކަނޑައަޅާފައިވާ ތާރީހަށް އެ ތަނުގެ އެޕާޓްމަންޓު ގަންނަ ފަރާތްތަކަށް އެ ތަން ހަވާލުކުރުމަށް ލިބުނު އިތުރު ބާރެކެވެ.

ޗެންގެ އިތުބާރު މި ޕްރޮޖެކްޓަށް ލިބިފައި ވަނީ ޕްރޮޖެކްޓުގެ އިނޮވޭޓިވް އާކިޓެކްޗަރަލް އަދި ލައިފްސްޓައިލް ޕްލޭނިން އާއި މެނޭޖްމަންޓާއި އޮޕަރޭޝަންސް ޓީމުން ދަމަހައްޓާފައިވާ ޕްރޮފެޝަނަލިޒަމްގެ ސަބަބުންނެވެ. ޗެން ފަދަ ތަޖުރިބާކާރު ވިޔަފާރިވެރިއެއް މި ޕްރޮޖެކްޓަށް އިންވެސްޓު ކުރުމަކީ މި ޕްރޮޖެކްޓަކީ ރާއްޖޭގެ ފުރަތަމަ ހަގީގީ ލަގްޒަރީ ރެޒިޑެންސަށް ވުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ހިތްވަރެކެވެ.

ޗެންގެ ލީޑާޝިޕާ އެކު، ބޭފެންސީއަކީ ރާއްޖޭގެ ރެޒިޑެންޝަލް ޑިވެލޮޕްމަންޓަށް ހުޅުވުނު އާ ބާބެކެވެ. އެ ކުންފުންޏެކޭ އެއްފަދައިން, ޗެންގެ އަމާޒަކީ ވެސް އެނާޖީ އެފިޝަންޓު, ރައްކާތެރި ދިރިއުޅޭނެ މާހައުލެއް ގާއިމުކޮށްދިނުމާއި ރަނގަޅަށް ޕްލޭން ކޮށްފައިވާ ތަނެއް ފަރުމާކުރުމެވެ.

ބޭފެންސީގެ މަސައްކަތްތައް ނިންމަން ކަނޑައަޅާފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހަށެވެ. ޗެންގެ ލީޑާޝިޕުގެ ދަށުން މި މަސައްކަތްތައް ނިންމަން ޖެހޭ ވަގުތަށް, ނިންމައި ހަވާލުކުރުމަށް, މިހާރަށް ވުރެ ހަލުވި ސްޕީޑުގައި މަސައްކަތްތައް ރަނގަޅަށް ރޭވި ކުރިއަށް ދާނެ އެވެ. ޗެންއާ އެކު، ބޭފެންސީން ގާއިމުކުރި ޕާޓްނާޝިޕްގެ ސަބަބުން މި ޕްރޮޖެކްޓަކީ ޒަމާނީ ތަރައްގީ ރާއްޖެ އަށް ގެނެސްދޭނެ ބައިވެރިއަކަށް ވާނެ އެވެ.

ނޯޓު: މިއީ ބޭފެންސީގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.