އަންނަ މަހު ރާއްޖޭގައި ފަށާ 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ޓީމުގެ ފުރަތަމަ މެޗުގައި ލަންކާއާ ދެކޮޅަށް ވާދަކުރަން ޖެހިއްޖެ އެވެ.
އަންނަ މަހު 23 ގައި ފަށާ މުބާރާތުގެ ގުރު މިދިޔަ މަހު ނެގި އެވެ. ރާއްޖެ އާއި ލަންކާއާ އެކު ގުރޫޕް އޭ ގައި ދެން ލައްވާލީ ބޫޓާނާއި ނޭޕާލެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މާޗް 23 ވަނަ ދުވަހުގެ ހަވީރު ކުޅޭނީ ނާޕާލާއި ބޫޓާނެވެ. އެ ރޭ، ރާއްޖެއާ ލަންކާ ވާދަކުރާ މެޗު އޮންނާނެ އެވެ. ބެލެވޭ ގޮތުގައި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނީ އެ ރޭގަ އެވެ.
20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގެ މެޗުތަކުގެ ތާވަލު
ސާފްގެ ހަތް ގައުމުން ވެސް ވާދަކުރާ މުބާރާތުގެ ގުރޫޕް ބީގައި ލައްވާލީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި ބަންގްލަދޭޝް އަދި ޕާކިސްތާނެވެ. އެ ގުރޫޕްގެ ފުރަތަމަ މެޗުގައި މާޗް 24 ވަނަ ދުވަހުގެ ހަވީރު ވާދަކުރާނީ ބަންގްލަދޭޝާއި ޕާކިސްތާނެވެ.
ރާއްޖޭގެ ދެވަނަ މެޗގައި ޖެހިގެން އަންނަ މާޗް 25 ވަނަ ދުވަހުގެ ރޭ ބުޓާނާ ދެކޮޅަށް ކުޅޭނެ އެވެ. ޗެމްޕިއަން އިންޑިއާގެ ފުރަތަމަ މެޗުގައި މާޗް 26ވަނަ ދުވަހު ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.
ގުރޫޕް ސްޓޭޖްގައި ރާއްޖޭން ކުޅޭ ފަހު މެޗުގައި މާޗް 27 ވަނަ ދުވަހުގެ ހަވީރު ނޭޕާލާ ދެކޮޅަށް ކުޅޭނެ އެވެ. މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގުރޫޕެއްގެ ވެސް ގަދަ ދެ ޓީމެވެ.
އޭޕްރީލް އެއްވަނަ ދުވަހު ސެމީ ފައިނަލުގެ ދެ މެޗު ވެސް އޮންނާނެ އެވެ. ފައިނަލު މެޗު އޮންނާނީ އޭޕްރީލް ތިންވަނަ ދުވަހުގެ ރޭ ފައިނަލު މެޗު ކުޅޭނެ އެވެ.