އަސާސީ ބޭނުންތައް ފުއްދަން ދަތި 200 އަށް ވުރެ ގިނަ ކުދިންގެ އާއިލާތަކަށް އަމާޒުކޮށް ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް، އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އެއިޑުން ހިންގާ ހަރަކާތުގައި ބީއެމްއެލްގެ މުވައްޒަފުން ވެސް ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އެއީ ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިންގެ އާއިލާތަކާއި އެކަނިވެރި މައިންގެ އާއިލާތަކުގެ އަސާސީ ބޭނުންތައް ފުއްދައި ދިނުމަށް އެހީތެރިވުމުގެ ގޮތުން އާކުން ހިންގާ ޕްރޮގްރާމެކެވެ.
ބީއެމްއެލް އިން މިއަދު ބުނީ، މި އަހަރުގެ ޕްރޮގާރްމަށް އެ ބޭންކުގެ މުވައްޒަފުން ދިން އެހީތެރިކަމާ އެކު، 200 އަށް ވުރެ ގިނަ ކުދިންގެ އާއިލާތަކަށް އަސާސީ ކާބޯތަކެތި ހިމެނޭ 100 އަށް ވުރެ ގިނަ ޕެކް ހަދިޔާކުރި ކަމަށެވެ.
ބީއެމްއެލްގެ މުވައްޒަފުން ރޯދަމަހާ ދިމާކޮށް ކޮންމެ އަހަރަކު ވެސް އެކި ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް އެ ބޭންކުން ބުންޏެވެ. މީގެ ކުރިން ވެސް އާކް އަށް އެހީތެރިކަން ފޯރުކޮށްދީފައި ވާއިރު، މިދިޔަ އަހަރު މަމްސް އެއިޑަށް އެހީތެރިވި އެވެ.