ރޯދަ މަހުގެ ދުވާލު ވަގުތުގައި މަގުމަތީގައި ކެއި ދިވެއްސަކު 15 ދުވަހަށް ބަންދުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތުން މި މައްސަލާގައި ބަންދުކޮށްފައި ވަނީ 26 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އަންނަ މަހުގެ 13 އާ ހަމައަށް ކަސްޓޯޑިއަލް ޖަލުގައި އޭނާ ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
އަމުރުގައި ބުނީ ތުހުމަތުކުރެވޭ މިންވަރެއްގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށާއި، ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި ތުހުމަތުކުރެވޭ ފަރާތުން ތަހުގީގަށް ދީފައިވާ ބަޔާން ވެސް ހުށަހަޅާފައިވާ ކަމަށެވެ.
މި ރޯދަ މަހު ދުވާލު ކެއުމުގެ މައްސަލަތަކުގައި ދެތިން މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވެ އެެވެ. އަދި ކޮންމެ އަހަރެއްގެ ރޯދަ މަހު މީގެ މައްސަލަތަކުގައި މީހުން ހައްޔަރުކުރެ އެވެ.