ޚަބަރު / ކުޅުދުއްފުށި ހޮސްޕިޓަލް

ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރުގައި ހިންގަން ނިމްސް ހޮސްޕިޓަލާ ހަވާލުކޮށްފި

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ނިމްސްއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނާޒިމް އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފައިޒަލް ސޮއިކުރައްވަނީ: އެ ހޮސްޕިޓަލް، ނިމްސްއާ ހަވާލުކުރީ 50 އަހަރަށް. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކޮށް ހިންގަން އިންޑިއާގެ ނިމްސް ހޮސްޕިޓަލް ހިންގާ ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.

ދިވެހިން އާއްމުކޮށް ފަރުވާ ހޯދަމުން އަންނަ ނިމްސް ހޮސްޕިޓަލް ހިންގާ، ނޫރުލް އިސްލާމް އިންޓަނޭޝަނަލްއާ ކުޅުދުއްފުށީ ހޮސްޕިޓަލް ހަވާލުކުރީ 50 އަހަރަށެވެ. އެ ކުންފުނިން އަންނަ މަހުގެ 10 ގައި ހޮސްޕިޓަލް ހިންގުމާ ރަސްމީކޮށް ހަވާލުވާނެ އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އާއި ނޫރުލް އިސްލާމް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފައިޒަލް ޚާން އެވެ.

އެއްބަސްވުމުގައި ހިމެނޭ ބައެއް ކަންކަން:

- އެކި ދާއިރާތަކުން ސުޕެޝަލިސްޓު ޑޮކްޓަރުންނާއި ސުޕަސުޕެޝަލިސްޓު ޑޮކްޓަރުންގެ ހިދުމަތް ދިނުން.

- ޑައިގްނޯސްޓިކް ހިދުމަތްތައް/ ލެބޯޓްރީ ހިދުމަތާއި ސީޓީ ސްކޭން އަދި އެމްއާރުއައި ސްކޭންގެ ހިދުމަތް ދިނުން.

- އެއްބަސްވުމުގައި ސޮއިކުރާތާ އެއް އަހަރާއި ހަތަރު މަސް ތެރޭގައި 50 އެނދުން 150 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކުރުން.

- މަލްޓި ސުޕަޝަލިޓީގެ އިތުރުން ޖެނެޓިކް ޑިސްއޯޑާސްގެ ދާއިރާ އަށް ހާއްސަކުރުން. އޭގެތެރޭގައި ތެލެސީމިއާގެ މައްސަލަތަކާއި ބޯންމެރޯ ޓްރާންސްޕްލާންޓް ހިމެނުން.

ޒަމާނީ ހޮސްޕިޓަލަކަށް ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ ހުރިހާ ޚަރަދެއް ވެސް ކުރާ ގޮތަށް ހަމަޖައްސާފައި ވަނީ ނޫރުލް އިސްލާމް ކުންފުނިންނެވެ.

ކުޅުދުއްފުށި ހޮސްޕިޓަލް: އަހަރެއްހާ ދުވަހުގެ ތެރޭގައި މިތަން 150 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކުރާ ގޮތަށް ވަނީ ނިންމާފައި. --ފޮޓޯ/ ކުޅުދުއްފުށީ އޮންލައިން

މިނިސްޓަރު ނާޒިމް ވިދާޅުވި ގޮތުގައި ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުން، ނިމްސް ހޮސްޕިޓަލާ ހަވާލުކުރީ، ރާއްޖޭގެ ސިއްހީ ދާއިރާ އަށް ރައީސް އަބްދުﷲ ޔާމީން ގެންނަވާ ބަދަލުތަކުގެ ތެރޭގައި ހިމަނައިގެންނެވެ. ދިގު މުއްދަތަކަށް ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުން އެ ކުންފުޏްޏަކާ ހަވާލުކުރީ، އެތަނުން ހުށަހެޅި ޕްރޮޕޯސަލް އަށް ސޯޝަލް ކައުންސިލްގައި މަޝްވަރާކުރުމަށް ފަހު ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކުރާނީ އެއްބަސްވުމުގައިވާ ގޮތަށް އެކި ފިޔަވަހިތަކަކަށް ބަހާލައި ތަފާތު ޚިދުމަތްތައް ތައާރަފްކުރެވިގެންދާ އުސޫލެއްގެ މަތިން. އަހަރެއްހާ ދުވަހުގެ ތެރޭގައި މި ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުވެގެންދާނެ،" ނާޒިމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ބަދަލުތަކާ އެކު އާސަންދަ މެދުވެރިކޮށް ދިވެހިން ނިމްސް ހޮސްޕިޓަލުން މިހާރު ވެސް ހޯދަމުން އަންނަ ޚިދުމަތްތައް އެ ފެންވަރުގައި ނުވަތަ އެއަށް ވުރެ ވެސް ފެންވަރު ރަނގަޅުކޮށް ކުޅުދުއްފުށިން ލިބޭނެ ކަމަށެވެ. އެ ހޮސްޕިޓަލް ހިންގުން ނިމްސްއާ ހަވާލުކުރިއަސް، ޚިދުމަތުގެ އަގަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.

"އާސަންދަ މެދުވެރިކޮށް މިހާރު ވެސް ޚިދުމަތް ހޯދަމުން އަންނަ އުސޫލުން ޚިދުމަތް ލިބޭނެ،" ނާޒިމް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ނިމްސްއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެ ކުންފުންޏާއި ހެލްތު މިނިސްޓްރީގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެއްބަސްވުމުގެ ތަފްސީލުތައް ކުޅުދުއްފުށީގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި އިއުލާންކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ނޫރުލް އިސްލާމް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފައިޒަލް ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތަށް، ފެންވަރު ރަނގަޅު ޚިދުމަތްތައް ކުޅުދުއްފުށީ ހޮސްޕިޓަލުން ލިބިގެންދާނެ ކަމަށެވެ. އޭގެތެރޭގައި، ކަށީގެ ބަލިތަކަށް ހާއްސަ ފަރުވާ އާއި އެމްއާރުއައި ހެދުމާއި ޖެނެޓިކް ބަލިތަކަށް ހާއްސަ ފަރުވާ އާއި އެ ނޫން ވެސް އެކި ދާއިރާތަކުން މަލްޓިސުޕަޝަލިސްޓުން ފަރުވާދެއްވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންނަ ބަދަލުތަކާ އެކު އެ ތަނަކީ ދިވެހިންނަށް ފެންވަރު ރަނގަޅު ބޭސްފަރުވާ ލިބޭނެ ތަނަކަށް ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވެވި އެވެ.

46 ކޮމެންޓް, 100 ރިއެކްޝަންސް

icon happy icon happy 76%
icon sad icon sad 3%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގާދިރު

07 September 2017

އެއާޕޯޓްތަރައްޤީކުރަން25އަހަރައްކުއްޔައްދިނީމަ ކަމުނުދިޔައީ 50އަހަރައްކުޅުދުއްފުށީހޮސްޕިޓަލްދިނީމައޯކޭ

The name is already taken The name is available. Register?

ޖީއެމްއާރ

20 June 2017

ވިއްކާލީ؟

The name is already taken The name is available. Register?

އަހުމަދު

20 June 2017

ސާބަސް ރައީސް ، ތި ހޮސްޕިޓަލްގެ ޑީލް ވެސް އަދި އެގިދާނެ ތާ ؟ތީ އެސް އީ ޒެޑްގެ ބޮޑް އިންވެސްޓްމަންޓް ތޯ ؟ އައިހެވަން މަސައްކަތް ވެސް ބިއްލޫރި ބާރަށް ކުރިޔަށް ދާތީ ހއ. އަތޮޅު ރައްޔިތުންގެ އާޝޯކްވެ ލޮލުން ތަރިތަށް ބުރާތީ ނުފެންނަނީއެވެ. އާއިލީ ޑަކްޓަރ ޓަކިޖަހާތީ އުދަގޫވަނީއެވެ. 94000 ވަޒީފާތަށް ދީ އިތުރު ވުމުން އެމްޕީއެލްނާއި އެހެނިހެން ކުންފުނި ތަކުން ރައްޔިތުން ވަޒީފާއި ބޭރު ކުރަނީއެވެ. ކުޅުދުއްފުށީ އެއަރޕޯޓްގެ ރަންވޭ ޓާރސަރީ ހޮސްޕިޓަލްއާއި ގުޅާލަނީއެވެ. މިސަރުކާރުން ކުރާ ކޮންމެ ކަމެއްގައި ވެސް ކަރެޕްޝަންނެތި އެއްވެސް ކަމެއް ކުރާނޭ ކަމަށް ރައްޔިތުން ގަބޫލު ނުކުރެއެވެ. ސަބަބަކީ މިހާތަނަށް ކަންތައްތައް ވަމުންދަނީ ވެސް އެހެންކަމަށް ވާތީއެވެ.

The name is already taken The name is available. Register?

ވަޒަންބެ

20 June 2017

ގައުމުގެ މައިނާރު ފިޔަވައި އެހެން ހުރިހާނާރުތަކެއް ބޭރުމީހުންގެ އަތްމައްޗަށް ދޫކޮށްލުން މާރަގަޅުކަމަކަށް ވެގެން މިދިޔައީ؟

The name is already taken The name is available. Register?

ގައުމު

20 June 2017

ގައުމު ރަނުންޖަރީ ކުރިއަސް ތިބުނާ މީހަކަށް އަދި ތިބުނާ މީހާ އާގުޅުން އޮތް މީހަކަށްވެސް ވޯޓު ނުދޭނަން. ވަރަށް ސަލާން.

The name is already taken The name is available. Register?

ޒެޑް

20 June 2017

ތީ ދެން މާބޮޑަށް ޒާތީވަނީ!

The name is already taken The name is available. Register?

ޖޖ

20 June 2017

ޤައުމު ހިންގަންވެސް ބަޔަކާއި ހަވާލު ކުރަންވީ!

The name is already taken The name is available. Register?

ނިންމަންވީ

20 June 2017

ނިމްސް ހޮސްޕިޓަލާއި ކުޅުދުއްފުށީ ހޮސްޕިޓަލް ހަވާލުކުރުމުން އަންނާނެ ރަނގަޅު ބަދަލު ތަކެއް. އެކަމަކު އެކަން ފެންނަން ފަށާނީ އެއީ އަހަރު ދުވަސް ފަހުންނެވެ. އަދި ވެސް އެބަޖެހޭ ކުޅުދުއްފުށީގައި ސިންގަޕޯރގެ ޕޮލިޓެކްނިކް ފަދަ ތަނެއްގެ ފެކަލްޓީސް ތައް ގާއިމް ކުރަން ކުޅުދުއްފުށިން ބޮޑު ބިމެއް ހިއްކާ ސިންގޕޯރގެ ޕޮލިޓެކްނިކް އަށް ދޫކޮށްލަން އެފަދަ ބިމެއް 100 އަހަރު ދުވަހަށް. ސަބަބަކީ ކުޅުދުއްފުއްޓަކީ އުސޫލެއްގެ ގޮތުން ވަރަށް މަސައްކަތް ތެރި އަދި ތެދުވެރިން ގިނަ ރަށަކަށް ވާތީވެ އެމެންގެ މަސައްކަތް ތެރިކަން ކުރިއަރައިގެން ގޮސް އެމެން ރާއްޖޭގެ ރިސޯރޓް ތަކުގެ ޓެކްނިކަލް ޑިޕާރޓްމަންޓްސް ތައް މިހާރު ލަންކާ އަދި އިންޑިއާ މީހުން ފުރަމުންދާތީވެ އެކަމަށް ނިމުމެއް ގެންނަން ސްޓްރެޓެޖީ އެއް އެކުލަވާލައިގެން ސަރުކާރުން ކުރިއަށް ގެންދަން ރާވައިފިނަމަ މި ކަމަކީ މީ ވެސް ކާމިޔާބު ވެދާނެ ކަމެކެވެ. މިރާއްޖޭގެ ރިސޯރޓް ތަކުގެ ޓެކްނިކަލް ޑިޕާރޓްމެންޓް އެއްކޮށް ފުރަނީ މަތީ މަގާމް ތައް އެއީ ލަންކާ އަދި އިންޑިއާ މީހުންނެވެ. މިކަމަށް އެބަޖެހޭ ނިމުން ގެންނަން.

The name is already taken The name is available. Register?

ދަވޭ

20 June 2017

ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރުގައި ހިންގަން ނިމްސް ހޮސްޕިޓަލާ ހަވާލުކުރުން އެއީ ވަރަށް ރަނގަޅަށް ސަރުކާރުން ކުރެއްވި ކަމެކެވެ. ކުޅުދުއްފުށީ ހޮސްޕިޓާ ހިނގައިގަންނަންވާ އިރަށް އެމްޓީސީސީ މެދުވެރިކޮށް ކުޅުދުއްފުށީގައި ހޮސްޕިޓަލް ގޯއްޗާއި ޖެހިގެން 10 ހާސް އަކަފޫޓްގެ ތެރޭގައި ސަރުކާރުން ހައްދަވަންވީ 2 ކޮޓަރީގެ އެޕާރޓްމެންޓް ހިމެނޭ 10 ބުރީގެ އިމާރާތެއް ކޮންމެ ކޮޓަރިއެއްގައި އެޓޭޗް ފާޚާނާ އާއި ބަދިގެ އާއި އަދި ލޯންޑްރީ ހިމެނޭނެ އުސޫލުން. އެއިރުން ކުޅުދުއްފުއްޓަށް ބަލި މީހުން ގޮވައިގެން އަންނަ މީހުންނަށް ކުޑަ އަގުގައި އެތަނުގައި ކުއްޔަށް ތިބެވޭނެ ނޫންތޭ. އަދި އެ ގޯތި ތެރޭގައި ރީއްޗަށް ބަގީޗާ ހައްދާ އަދި ސައި ހޮޓަލެއް ވެސް ހަދާ އެސްޓީއޯގެ ބޭސް ފިހާރާ އެއް ވެސް އެތަނުގައި ބަހައްޓާ ހެދުމުން އެތަނަކީ އެއީ ބަލި މީހުންނަށް އެމީހުންގެ ގެގޭގައި އުޅޭ އިހްސާސް ކުރެވޭނެ ނޫންތޭ. ކަން މިހެން ހުރުމުން މިއުސޫލުން މިކަން ކުރެވޭތޯ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ބައްލަވަންވީ އެވެ. އުސޫލެއްގެ ގޮތުން އައި ޖީއެމްއެޗް 25 ބުރީގެ އިމާރާތް ނިމުމުން އަދި އައިޖީއެމްއެޗަށް އަންނަ ބަލި މީހުން ތިބޭނެ މޮޓެލް އެއް ހެދުމަށް ޓަކައި ދިރާގު ބިލްޑިންގް ހުޅަނގުން އޮތް ބިމުގައި 15 ބުރީގެ ކޮޓަރި ބަރި އިމާރާތެއް ހަދާ ބްރިޖް ތަކުން ހުރިހާ ފްލޯރސް ތައް ޖެހޭނެ ގުޅުވާލަން އައިޖީއެމްއެޗް 25 ބުރީގެ އިމާރާތާއި. އަދި ދުރު މުސްތަގްބަލް ގައި ތާޖުއްދީން ސްކޫލް ވެސް ތަޅާލާ އެތަން ވެސް 25 ބުރި އަށް ހަދާ 3 ބުރި ތާޖުއްދީން ސްކޫލަށް ދިނުމަށް ފަހު ދެން ހުރި ބުރި ތަކުގައި ހޮސްޕިޓަލަށް އަންނަ ބަލި މީހުންނަށް ދޭނެ ކޮޓަރި ހިމެނޭ މޮޓެލްސް އަޅަންވީއެވެ. އަދި މީގެ އިތުރުން އައި ޖީއެމްއެޗްގެ ހުޅަނގުން އޮތް ކަނޑުއޮޅި ހިއްކާލަންވީ ވިލިިގިލި އާއި ވީ ފަޅިއަށް 2 ކިލޯމީޓަރު ދިގު 2 ކިލޯ މީޓަރު ފުޅާމިނުގެ. ދެން އެތަނަށް ހެލްތް މިނިސްޓްރީ އާއި އަދި އަނެއްކާ 25 ބުރީގެ ހޮސްޕިޓާ ތައް އިތުރު ކުރާނީ އެވެ. އެއިރުން ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލު ވެގެން ދާނީ.

The name is already taken The name is available. Register?

ޔާންޓީ އަށް ސަލާން

20 June 2017

ތިހެން ހުވަފެން ދެއްކި އައިޖީ އެމް އެޗް އައްވެސް.. އެއް ކަމެއްވެސް ވީކީ ނޫން.. ތިއުޅެނީ ރައްޔިތުން ގުބޯ ހަދަން ވެގެން

The name is already taken The name is available. Register?

ހިނިއަންނަނީ

20 June 2017

25 އަހަރަށް އެއަރޕޯޓް ދިނީމަ ކަޑަ! 50 އަހަރަށް ހޮސްޕިޓާ ދިނީމަ އޯކޭ! އެހެންވެ ހިނިއަންނަނީ!

The name is already taken The name is available. Register?

ދިސްވޭ

20 June 2017

އެއާރޕޯރޓް ދިނީ އެއް ނޫނޭ. އެއާރޕޯރޓް ދިނީ އެއީ އެމްޑީޕީ އަށް ބޭނުންވާ ފައިސާ ހޯދުމަށް ޓަކައި އިންޑިއާގެ ޖީއެމްއާރަށް ދިއްކޮށްލި ބްލޭންކް ޗެކް ފޮތެކޭ ކެނެރީގެ ނަޝީދު. ތަމެން އެކަން އޮޅުވާލަން އުޅުނަސް އެކަން އޮޅުވާނުލެވޭނެއެވެ. މާލެ ސަރަހައްދުން ތަނެއް ނުދެވޭނެ އިންޑިއާގެ ބަޔަކަށް. އެއީ ގޯހެކެވެ.

The name is already taken The name is available. Register?

ރުޅިއަންނަނީ

20 June 2017

ހިނިއަންނަނީ ފަދަ ބޯކޮހުން ތިބޭތީ ހިތާމަކުރަން. އެއަރޕޯރޓް ދިނީ ޖީއެމް އާރު އިން ހިތު ހުރި ގޮތަކަށް ހަދަން. ހޮސްޕިޓަލް ދިނީ އެހެނެއް ނޫން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454