ސްޓޭޝަނަރީގައި ދުނިޔޭގެ މަޝްހޫރު ގިނަ ބްރޭންޑްތަކެއް ވިއްކަމުން އަންނަ އިރާއީ ބުކްޝޮޕުން އެއް މަސް ދުވަހަށް ބޭނުންވާ ޑަބަލް އޭ ޕްރިމިއަމް ކަރުދާސް ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ޑަބަލް އޭ ބްރޭންޑްގެ ރާއްޖޭގެ ޕާޓްނަރުކަން ކުރަމުން އަންނަ ބުކްޝޮޕުން ބުނީ އަންނަ މަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި، އެއް މަސް ދުވަހަށް ބޭނުންވާ ކަރުދާސް ހިލޭ ލިބޭނީ 12 މަސް ދުވަހަށް ބޭނުންވާ ކަރުދާސް އެ ބުކްޝޮޕުން ގަންނަ ފަރާތްތަކަށް ކަމަށެވެ. އަދި ހަ މަސް ދުވަހަށް ބޭނުންވާ ކަރުދާސް ގަންނަ ފަރާތްތަކަށް 15 ދުވަހަށް ބޭނުންވާ ޑަބަލް އޭ ޕްރިމިއަމް ކަރުދާސް ހިލޭ ދޭނެ އެވެ.
ޑަބަލް އޭ ކަރުދާހުގެ ހާއްސަ ކަންކަން:
- ޕްރިންޓް ކޮލިޓީ ރަނގަޅުވުން
- ކަރުދާހުގެ ދެ ފަރާތް ބޭނުން ކުރެވުން
- ޑޮކިއުމެންޓްތައް ޕްރިންޓް ކުރުމަށް ފަހު ގިނަ ދުވަހަށް ރައްކާ ކޮށްފައި ބެހެއްޓޭނެ.
- ޕްރިންޓް ކުރާ އެއްޗެހި ސާފު ވެފައި، ފޮޓޯ ކޮޕީ ކޮލެޓީ ވެސް ރަނގަޅުކޮށްދޭ.
"އަޅުގަނޑުމެންނާ އެކު ޖެހޭނީ އެގްރީމަންޓެއް ހަދަން މިސާލަކަށް 12 މަސް ދުވަހަށް ބޭނުންވާ ކަރުދާސް ގަންނާނީ މިކޮޅުންނޭ. އޭރުން 11 މަހަށް ބޭނުންވާ ކަރުދާސް ގަތީމަ 12 ވަނަ މަސް ހިލޭ ލިބޭނެ. މިސާލަކަށް މަހަކަށް 100 ރީމް ބޭނުންކުރާ ތަނެއް ވިޔަސް އެއް މަހު ލިބޭނެ ހިލޭ،" އިރާއީގެ ޖެނަރަލް މެނޭޖަރު އަހުމަދު ހަބީބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ޕްރޮމޯޝަނުގައި، އަންނަ މަހުގެ ތެރޭގައި ޑަބަލް އޭގެ އާ ކަރުދާހެއް ކަމަށްވާ، "ވަން ކޭ" ރާއްޖެ އަށް ތައާރަފް ކުރާނެ ކަމަށެވެ. ވަން ކޭ އަކީ އޭ4 ސައިޒުގެ، "ސްމާޓް ކޮޕީ ވައިޓް ޕޭޕާ" އެއް ކަމަށާއި، ނަމަ ވެސް އެ ކަރުދާސް އާންމުކޮށް ވިއްކާ ޑަބަލްއޭ ކަރުދާހަށް ވުރެ އަގު ހެޔޮވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކޮލެޓީގެ އިތުރުން ތިމާވެއްޓާ ރައްޓެހިކޮށް އުފައްދާ ކަރުދާހެއްގެ ގޮތުގައި މަޝްހޫރު ޑަބަލް އޭ ބްރޭންޑުގެ އިތުރުން އޮސްޓްރޭލިޔާގެ މަޝްހޫރު ސްމިގަލް ބްރޭންޑުގެ ތަކެތި ވެސް އިރާއީ ބުކްޝޮޕުން އަންނަނީ ފުޅާ ދާއިރާއެއްގައި ވިއްކަމުންނެވެ.