ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް (ވ) ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/މިހާރު
26 ޖެނުއަރީ 2018 - 10:50
މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން ބޭނުންފުޅުވާކަން ދޭހަވާ ގޮތަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވާހަކަފުޅު ދެއްކެވި މައްސަލާގައި ސަރުކާރާއި ޕީޕީއެމްގެ އިސްބޭފުޅުން ހޫނު ރައްދު ދެއްވަން ފައްޓަވައިފި އެވެ.
އިދިކޮޅު ހަރަކާތުން ކުނޫޒްގައި ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވެފައި ވަނީ، މިހާރުން މިހާރަށް ވެސް ކަންކަން އިސްލާހު ކުރަންޖެހޭ ކަމަށާއި "ވަކި އިރެއް އަންނަންދެން މަޑުކުރާނެ ކަމެއް ނެތް" ކަމަށެވެ.
"ކީއްކުރަންތޯ މަޑުކުރަންވީ؟ އަދި ތި ބުނާ އިންތިޚާބަކީ ބޭއްވޭނެ އިންތިޚާބެއް ކަމެއް ވެސް ނޭނގޭ. އަދި އިންތިޚާބު ބޭއްވިޔަސް ކިހިނެއް ކަމެއް ނަތީޖާ ދާނީކީ ނޭނގޭ. ކޮން ކަހަލަ ކަމެއް ކަމަށް އޭގެ ތެރޭގައި ހިމެނިގެންދާނީކީ ނޭނގޭ. އެހެންވީމާ އިންތިޚާބެކޭ ކިޔާނެ ކަމެއް ނެތް،" މި އަހަރުގެ ރިޔާސީ އިންތިޚާބާ މެދު އުންމީދެއް ނެތް ރާގެއްގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވި އެވެ.
އިދިކޮޅު ހަރަކާތުގެ އިސް އެއް ލީޑަރު މައުމޫންގެ އެ ވާހަކަފުޅާ ގުޅިގެން، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާނޫނީ ވެރިކަމެއް ރިޔާސީ އިންތިޚާބުގެ ކުރިން ވައްޓާލުމަށް ފާޅުގައި ގޮވާލެއްވުމަކީ ގާނޫނީ ގޮތުން ކޮން ކަހަލަ ކަމެއްތޯ ސުވާލު އުފެދޭ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި ޖަލްސާގައި މައުމޫން ބައިވެރިވެވަޑައިގަންނަވަނީ،--. ފޮޓޯ:ނިޝާން އަލީ/މިހާރު
"ގާނޫނީ ގޮތުން އުފެދިފައި (އޮތް) ސަރުކާރެއް ވައްޓާލަން ފާޅުގައި ގޮވާލުމަކީ ތަހުގީގުކޮށް ބަލަން ޖެހޭ ކަމެއް. މިއީ ސަމާސާ ކަމެއް ނޫން،" ކުރިން މައުމޫންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާގެ އެހެން ޓުވީޓެއްގައި ވިދާޅުވީ ގައުމާއި ރައްޔިތުންގެ ލާބަ އާއި މަންފާއަށް މަސައްކަތް ކުރާ ކަމަށް ބުނާ ލީޑަރުންގެ ފޮރުވިފައިވާ އެޖެންޑާ [މައުމޫންގެ ވާހަކަފުޅުން] ހާމަވާ ކަމަށެވެ. އެހެންވެ މިއީ "މަވެތި ކަމުގެ އިންތިހާ" ނޫންތޯ ވިދާޅުވެ އަބްދުއްރަހީމް ވަނީ ސުވާލު އުފައްދަވައިފަ އެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ ވެރިކަން ވައްޓާލުމުގެ ފެންވަރާއި ތަޖުރިބާ ހުރި އެކަކު ވެސް އިދިކޮޅު އިއްތިހާދުގެ "ކޮކްޓެއިލް ކޯލިޝަން" ގައި ނެތް ކަމަށެވެ. އަދި އެއީ ވަރަށް ވާހަކަ ކަމުގައި ނިހާން ވިދާޅުވި އެވެ.
Verikan Vahttaalumuge Fanvaraa, Thajribaa Huri Ekaku ves MUO ge Cocktail Coalition aku neiy. Miee Varah Vaahaka!
— Ahmed Nihan (@ahmed_nihan) January 25, 2018
ނިހާނު ކުރެއްވި ޓުވީޓު،
މައުމޫންގެ ވާހަކަފުޅަށް ރައްދު ދެއްވައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ތާއީދު އޮތް ބަޔަކު އިންތިހާބަކާ ނުލައި ވެރިކަން ބަދަލު ކުރާ ވާހަކައެއް ނުދައްކާނެ ކަމަށެވެ.
Rayyithunge thaaeedh oi bayaku inthikhaabakaa nulaa verikan badhalu kuraa vaahakaeh nudhakkaane.
— Dr.Mohamed Muizzu (@MMuizzu) January 26, 2018
މުއިއްޒު ކުރެއްވި ޓުވީޓު،
ސަރުކާރު ވައްޓާލަން އުޅޭ ކޮންމެ ބަޔަކާ މެދު ވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް، ވަނީ މައުމޫނާއި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ރޭ އިންޒާރު ދެއްވައިފި އެވެ.
ޕީއެސްއެމާ ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ގާނޫނުގެ ބޭރުން ދިވެހި ސަރުކާރު ބަދަލުކުރުމަށް ސިފައިންނާއި ފުލުހުން ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި ވިދާޅުވީ ބަޣާވާތް ކުރުމުގެ ފުރުސަތެއް ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުން
07 October 2018
ޔާމީނު ހޮވަން ހެދިހާ އުކުޅުންވެސް ފެއިލްވެ ވޯޓުން ލެޑި ފިއްކެޑުނީ، މިއީ ޔާމީނުގެ އަމަލުތަކުން ލިބިގަތް ނަތީޖާއެއް. ޖަލުތައް ހުރީ އަމާން ކަމާއިއެކު މަރުހަބާ ކިޔަން ހެވި ދިއްލިފައި،
އަޙުމަދު
07 October 2018
އަދުރޭ. ވިސްނާލަބަލަ. އަދުރޭ ކުރި ވިޔާނުދާ ކިތަށް ކިންތަކަށްތޯ މައުމޫނު ކަލެއަށް މަޢާފުދީ ސަލާމަތްކޮށްދިނީ ؟ ޓީތުތަކެއް ނަގައިގެން މައުމޫނު އަރުވައެއް ނުލަ. އަތޮޅުއޮފީހެއްގެ ފައިސާތަކެއްގެ މައްސަލައިގަ މައުމޫނު ގެއްކަށްވެސް ފޮނުއެއް ނުލަ. އަދުރޭއަކީ މައުމޫނަށް ކުޑާއިމިސް ބައެއް ބުނެވޭފެންވަރުގެ މީހެއްނޫން، ތިޔަތިބީ އިންތިހާބުން ބަލިވީމަ މޮޔަ ބޮލަށްއަރާފައި. ދެން އަތްޖަހާ.
ހޫނު
30 March 2018
ޓިނޭ މަހައްދޭބަލަ
ާއައްޑޫއަހުމަދު
27 January 2018
ރައީސް މައުމޫނައް ރައްދުދެވޭފެންވަރު މީހުން ތިޔަބުނާ ޕއ،ޕޕމ ގައެބަތިބިތަ؟؟ ކެކެކެކެކެ ރޯނުއެދުރުންނަށް ރައީސް މައުމޫނަށް ރައްދުދެވޭތަ؟ ސާބަސް
އަލްޖިބްރާ
27 January 2018
ޤާނޫނީ ވެރިކަމެއް މިރާއްޖޭގައި އޮށްވާ ބަޣާވާތް ކޮށްގެން ވެރިކަން ވައްޓާލީވެސް ކަލޭމެން ! އެހެންވީމާ އަދުރޭމެން ވަރަށް ބިރުގަންނާނެ ! މާ އަޑުގަދަ ނުކޮށް ހުރެވޭތޯ ބަލާ ! ކަލޭވެސް މައިތިރިކުރާނެ ދުވަސް އެބައާދޭ !
އަޝްރަފް
27 January 2018
ތި ޕީޕީއެމްގަ ނެތް މައުމޫނާދިމާއަށް އެއްޗެއް ބުނެވެ ފެންވަރުގެ އެކަތިވެސް.
ޤުއްޓޭ
27 January 2018
އަދުރޭއެވެ. ރަޢީސް މަޢުމޫނު ބޭނުންފުޅު ވާހަކައެއް ދެއްކުމުގެ ފުރިހަމަ ޙައްގު އެމަނިކުފާނަށް ލިބިގެންވެއެވެ. މިހެނޭ ކިޔާފައި ތަމެން މަޢުމޫނާއި ކުޅެން ނޫލުވައްޗެވެ. މި ޤައުމުގާ އޮތީ ދެ ފިކުރެކެވެ. ރަޢީސް ނަޝީދާއި ރަޢީސް މައުމޫނެވެ. މިއީ ބަފަޔަކު ދަރި އަކަށްވެސް ނުދޭ ވަރުގެ ރަގަލު ހެޔޮ ނަސޭހަތެކެވެ. މިކަން ޖެހޭނީ ތަމެން ޤަބޫލު ކުރަންށެވެ.
ކަލީލު
26 January 2018
ކޮންމެ އެއްޗެއް ކިޔައް މަުމޫނު ހައްޔަރުކުރާކަށް ލާހިކެއްނޫން . މަވެސް މިހުރީ މައުމޫނާ އެކުގަ .
ހަސަނު
26 January 2018
ތާއީދު ކުރާ ބަޔަކު ނެތް މިސަރުކާރަކަށް.. ރައްޔިތުން، މުޅި ހުރިހާރަށެއްގެ އެންމެން ވަނީ މި ސަރުކާރަށް ނޫނެކޭ ބުނެފަ އެންމެ ފަހުން ބޭއްވިއިންތީހާބުގަވެސް.. ޕޮލްޕޮޓް މެން، އިދީއަމީން މެން، ހެޓިލަރުމެން ފަދަ ދުނިޔެގާ ނަން މަޝްހޫރު ޑިކްތެތަރުން ވެސް ވެރިކަމުގާ ދެމިތިބީ ގިނަ ބައެއްގެ ތާއީދު ލިބިގެން... ޢެ ގައުމުތަކުގާ އެމީހުންނަށް ތާއީދު ކުރިބަޔަކުވެސް ތިބި... ޔާމީނަކަށް ތާއީދެ ނެތް ގައުމުގެ ހަތަރު ކަނުންވެސް... މިހާލުގާ އޮތް ބައެއްގެ ދިފާއުގާ ނުކުނާނީ ކާކުތޯ، ގެއްލުން އަމިއްލައަށް ބޮލުގާ އަޅަން... ރައްޔިތުންގެ ވިންދު، ރައްޔިތުންހެ އިހުސާސް މިއަދު ނުފެނަންނީ ގަދަ ބާރުން ރައްޔިތުން ތަޅުއަޅުވަފަ ތިބީމަ.. ޢެކަމަކު އަބަދު އެހެން ތިބެވޭތޯ؟؟
އިންސާނާ
26 January 2018
އިންތިހާބުގެ ނަތީޖާ މައުމޫނު ކޮޅައް ބަރު ނުވެދާނެތީ ހާދަ ބިރެކޭ ތިގަންނަނީ އިންތިާބެއް ބޭއްވިޔަސް މަގޭ ވޯޓު މައުމޫނަކައްވެސް އަދި މައުމޫނުގެ ދަރިއަކައްވެސް އަދި ކިއް މައުމޫނު ތާއީދު ކުރާމީހަކައްވެސް ނުދޭނަން ވަރައް ސަލާމްް