ޚަބަރު

ރާ އެތެރެކުރެވެނީ ރޯޔަލް އަށް އެކަނި؛ ހުސްވެދާނެ: ވިލާ

ސަން އައިލެންޑް ރިސޯޓުގައި ޓޫރިސްޓުންތަކެއް ހިނގާފައި ދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެކި ކުންފުނިތަކުން ހިންގާ ފަސް ރިސޯޓުގެ ތެރެއިން، ސަރުކާރުން ދިން ވަގުތީ ހުއްދައިގެ ދަށުން ބަނގުރަލާއި އޫރު މަސް އެތެރެކުރެވެނީ ހަމައެކަނި ރޯޔަލް އައިލެންޑް ރިސޯޓަށް ކަމަށާއި ދުވަސްކޮޅެއްގެ ތެރޭގައި އެ ހުރިހާ ރިސޯޓަކުން ބަނގުރާ ހުސްވެދާނެ ކަމަށް ވިލާ އިން މިއަދު ބުނެފި އެވެ.

ވިލާ އިން ދައުލަތަށް ދައްކަން ޖެހޭ 2.9 ބިލިއަން ރުފިޔާ ނުދައްކައިގެން ކަމަށް ބުނެ، ގާސިމްގެ ރިސޯޓުތަކަށް ދީފައިވާ އޫރުމަހާއި ރާ ވިއްކުމުގެ ހުއްދަ ސަރުކާރުން ހިފެހެއްޓީ މިދިޔަ މަހު އެވެ.

ސަރުކާރުން ހުއްދަ ހިފެހެއްޓުމަށް ފަހު، ޓޫރިޒަމް އިންޑަސްޓްރީގެ ޕްރެޝަރާ ހެދި، ރަލާއި އޫރުމަސް އެތެރެކުރަން ސަރުކާރުން ވިލާއަށް ދިން 14 ދުވަހުގެ ލައިސަންސް އަންނަ ހަފުތާގައި ހަމަވާނެ އެވެ.

ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ގުރޫޕް ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް "މިހާރު" އަށް ވިދާޅުވީ، ގާސިމްގެ ފަސް ރިސޯޓަށް ވެސް ބަނގުރަލާއި އޫރު މަސް އެތެރެ ކުރުމުގެ ވަގުތީ ހުއްދައެއް އިކޮނޮމިކް މިނިސްޓްރީން ދިން ނަމަވެސް، ކަސްޓަމުން އެތަކެތި ދޫކުރަނީ ހަމައެކަނި ރޯޔަލް އައިލެންޑް ރިސޯޓަށް ކަމަށެވެ.

ސަން އައިލެންޑް ރިސޯޓުގެ ބީޗުގައި ދެ ކުދިން ކުޅޭއިރު، ދެ ޓޫރިސްޓުން ހިނގާފައި ދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް ހިންގަވާ ފަސް ރިސޯޓަކީ ރޯޔަލްގެ އިތުރުން ސަން އައިލެންޑާއި ފަން އައިލެންޑާއި ހޮލިޑޭ އައިލެންޑާއި ޕެރެޑައިސް އައިލެންޑް ރިސޯޓެވެ. ކަސްޓަމާއި ފުލުހުން އަރައި ފަން އައިލެންޑުގައި ހުރި ރާ ސްޓޮކް ވަނީ ގެންގޮސްފަ އެވެ.

"...ދެން ހުރި ރިސޯޓުތަކަށް ކަސްޓަމުން ޕްރޮސެސް ނުކޮށްދިން. މިއީ ވަރަށް ދެރަ ކަމެއް،" ސަން އައިލެންޑްގެ ރިސޯޓުގެ ޖެނެރަލް މެނޭޖަރުކަން ކުރައްވާ ގައިސަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން، ބައެއް ރިސޯޓުތަކުން ރާ ހުސްވާން ކައިރިވެފައިވާ ކަމަށެވެ. އެގޮތުން ސަން އައިލެންޑާއި ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ހުރި ރާ ސްޓޮކް ގާތްގަނޑަކަށް ހުސްވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ޓޫރިސްޓުން ޝަކުވާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ރިސޯޓުތަކުން ބިޔަރު އެއްކޮށްހެން ހުރީ ހުސްވެފައި،" ގައިސަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ވިލާގެ ރިސޯޓުތަކުގެ މުވައްޒަފުން ތިބީ މާޔޫސްކަމާއި ހިތްދަތިކަމެއްގެ ތެރޭގަ އެވެ.

ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީން ދައުލަތަށް ދައްކަން ޖެހޭ ފައިސާއިން ބައެއް މި ހަފުތާގައި ދައްކައި ވަނީ ހަލާސްކޮށްފަ އެވެ. އެކަމަކު، ޓޫރިޒަމް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވިލާ އިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާނެ ކަމުގެ އުންމީދުގައި، އެ ކުންފުނީގެ ރިސޯޓްތަކަށް، ރާ ވިއްކުމުގެ ވަގުތީ ލައިސެންސެއް ދީފައި ވިޔަސް، އެ ފައިސާ ދެއްކުމުގައި ވިލާ އިން އެއްބާރުލުން ނުދޭ ކަމަށެވެ.

އެ ކުންފުނީގައި ރަނގަޅު ނިޔަތެއް ނެތް ކަން ހާމަވާތީ ކުރިމަގުގައި އިތުރު ލުއިތަކެއް ނުދޭނެ ކަމަށާއި ރާ ވިއްކަން ދީފައިވާ ވަގުތީ ހުއްދައިގެ މުއްދަތު ހަމަވުމުން އިތުރު މުއްދަތެއް ނުދޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އެކަމާ ގުޅިގެން ވިލާގެ ރިސޯޓުތަކުން ދެމުން އަންނަ ހިދުމަތްތައް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީރާއިން މި މަހުގެ 21 ގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ވިލާ ޝިޕިންގެ ފަރާތުން ހިންގާ ހަތަރު ރިސޯޓަކުން މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން ޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ ކަމަށާއި އެ އަދަދު 5.1 މިލިޔަން ޑޮލަރަށް އަރާ ކަމަށެވެ.

24 ކޮމެންޓް, 47 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 11%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޭ.އެން

02 February 2018

ރަލާއި އޫރު މަސް ވިއްކުން ކޮންޓްރޯލް ކުރުމުން ނުވަތަ މަނާކުރުމުން ގާސިމަށް އެވީ ކިހާރަނގަޅުކަމެއްތަ. އުފަލެއްނު ކުރަންވީ އެކަމާ. އެހެން މީހުން އެ އުޅެނީ އެކަމުން ސަލާމަތް ނުވެވިގެން. އަދިވެސް ޝުކުރުކުރާކަށް ނުވޭތަ ގާސިމޫ

The name is already taken The name is available. Register?

ފަޅުވެރިން

01 February 2018

ބަނގުރަލޭ، އޫރުމަހޭ، ވިލާގެ 5000 މުއައްޒަފުންނޭ ކިޔައިގެން ވާހަކަ ދިގުކުރާނެ ކަމެއް ނެތޭ! ސަރުކާރަށް ދައްކަން އޮތް 200 މިލިއަން އެމެރިކާ ޑޮލަރު އަވަހަށް ދައްކާލާށޭ، އޭރުން ހުރިހާ ކަމެއް ހަމަޖެހުނިއްޔޭ! ވިލާގެ ހުރިހާ ރިޒޯޓެއް ވިއްކާލައިގެން ނަމަވެސް މިކަން މިފަހަރު ނިންމަންވާނެ! ލައްކަ ދުވަހު އޮޅުވާލައިގެން އުޅެފި! ރިޒޯޓްތައް ވިއްކާލިއަސް އެރިޒޯޓްތައް ހުންނާނީ ހަމަ ރާއްޖޭގައި، އެތަންތަނުގައި 5000 މުއައްޒަފުންވެސް ހަމަ ތިބޭނެ، އެއްވެސް ބަޔަކަށް އެއްވެސް ގެއްލުމެއް ނެތް! ހުރިހާ އެންމެނަށްވެސް އޮތީ ފައިދާ!! ހުސް ފައިދާ! ހުސް ފައިދާ!!

The name is already taken The name is available. Register?

ރެޓޭ

01 February 2018

މީ ވަރަށްރަނގަޅު ފުރުސަތެއް ރަލާނުލާ ރިސޯޓްތައްހިންގޭތޯ ބެލުަމަށް!

The name is already taken The name is available. Register?

ހަސަންސައީދު

01 February 2018

ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާ ނިންމާށެވެ. އަހަރަމެންނަކީ ދައުލަތަށް މަހަކު ވަރަށް ކުޑަކޮށް ފައިސާ ދައްކަންޖެހޭ މީހުންނެވެ. އެކަމަކު ބާރަކަށް އަޅުގަޑުމެން އެފައިސާކޮޅު ދައުލަތަށް ދައްކަމަވެ. ނުދައްކާފިނަމަ އަޅުގަޑުމެންނާއި މެދު ގާނޫނުގައި އޮންނަތަށް ފިޔަވަޅު އަޅުއްވައެވެ. އެހެންކަމުން ދައުލަތުން ނުހަނުބޮޑު އިމްތިޔާޒުލިބިގެން ވިލާކަހަލަ ކުންފުނިތަކުން ދައުލަތަށް ފައިސާނުދައްކަވާ ބަހަނާ ދައްކަވައިގެން ރެކެންކުރައްވާ މަސައްކަތް ހުއްޓުވައި އަޅުއްވަންޖެހޭ ފިޔަވަޅު ވަގުތުން އެޅުއްވުމަކީ އަޅުގަޑުމެން އާދައިގެ ވިޔަފާރިވެރިންނަށް ލިބޭނެ ކުރިއެރުމެއްކަމުގައި ދެކޭތީ މިވާހަކަ ދެންނެވީމެވެ.

The name is already taken The name is available. Register?

ލަކުޑި ހަމީދު

01 February 2018

ރާ ވިއްކުން ހަރާމް ނޫންތަ؟

The name is already taken The name is available. Register?

‫1234

01 February 2018

‫ރަލާއި އޫރުމަސް ނުވިއްކާ ހަލާލު ޓޫރިޒަމަކަށް ގާސިމްގެ ރިޒޯޓްތައް ބަދަލުކޮށް ދުނިޔެއަށް ނަމޫނާ ދައްކާލަބަލަ!

The name is already taken The name is available. Register?

ހަތްދިހަފަހެއް

01 February 2018

މީރަގަޅު ފުރުސަތެއް ވިލާ ގުރޫޕްގެ ފަރާތުން ހެލްތީ އަދި ނޮން އަލްކޮލިކު ޓްރިޒަމް ކުރިއެރުވުމަށް މަސައްކަތްފަށަން އިންޝާﷲ މިކަމުން ވިލާ ގުރޫޕަށް ވާނީ ފައިދާ ހަރާމް އެއްޗެއް ނުއްކައިގެން ލިބޭނެ ގެއްލުމެއް ނޯންނާނެ

The name is already taken The name is available. Register?

ބޮރޯ

01 February 2018

ވަރަށް ރަގަޅު ހިޔާލެއް ތީ، ވިލާ ހީކުރީ ސިޔާސީ ޕާޓީއެއް ކޮމްޕެނީގަ އޮތީމަ ގީއެސްޓީ ދައްކާކަށް ނުޖެހޭ ކަމަށް!

The name is already taken The name is available. Register?

ކެކުރި

01 February 2018

ބަލަ ތިއީ އަމިއްލައިހުމާލުން ވެގެންއުޅޭކަމެއް އެެހެންމީހުންހެން ދައުލަތަށްދައްކަންޖެހޭ އެއްޗެހި ދައްކާފަ ކުރާކަމެއް ކޮށްބަލަ. އޭރަކުން ތިޔަހެނެއްނުވާނެ.ތިއީއަމިއްލަ ކަމެއް ތިކަންތައް އަމިއްލައަށް ހަމަޖައްސާލާ އޭރުން ރަނގަޅުވާނެ.

The name is already taken The name is available. Register?

ގާއްޓޭ

01 February 2018

ހުސްވީމަ ދެން ބޯނީ ސައި.. އޯކޭ އެއްނު..

The name is already taken The name is available. Register?

އިންސާނާ

01 February 2018

ރޯޔަލްއައް އެތެރެކުރާ ރާ އެހެން ރައްތަކައް ގެނދަން ނަހަދާ ގަވާއިދު ބުނާހެންް ވިލާގެ ހުރިހާ ރަށަކަށް ރާއެތެރެކުރުމުގެ ހުއްދަ ނެގުމައްފަހު ހުރިހާރަށަކައް ރާ އެތެރެކުރަން ފަށާބަލަ އޭރުން އެއްވެސް ރަށަކުން ރާ ހުސްވުމުގެ ބިރު ހީވާކައް ނުޖެހޭނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454