ސޯލްޓް ކެފޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވާހަކަ ދައްކަވަނީ. - ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
30 ޖުލައި 2018 - 13:00
މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ޕީޕީއެމުން ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން އެ މައްސަލަ ފުލުހުންނާއި ކަމާ ބެހޭ އެހެން ފަރާތްތަކަށް ހުށަހަޅައިފި އެވެ.
ޕީޕީއެމުން ތައްޔާރުކުރި "އަތޮޅު ޖަގަހަ" ހުޅުވުމުގެ ހަފުލާގައި އެ ޕާޓީގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ދެ ވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން ހޮވާނީ ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުން ވެސް ބޭނުންކޮށްގެން ކަމަށެވެ.
ސޯލްޓް ކެފޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ތަރުޖަމާނު، ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އަބްދުއްރަހީމްގެ ވާހަކަތަކާ ގުޅިގެން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
މާރިޔާ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ހުށަހެޅިި މައްސަލައާ މެދު ފުލުހުން ވިސްނާނެ ކަމަށް އުއްމީދުކުރައްވަ އެވެ.
ޕީޕީއެމްގެ ގިނަ ހަރަކާތްތަކެއް ދައުލަތުގެ ތަންތަނުގައި މިހާރު ވެސް އަންނަނީ ހިންގަމުންނެވެ. އެގޮތުން ދަރުބާރުގެ މުޅިން ވެސް ބޭނުންކުރަނީ ޕީޕީއެމްގެ ކަންކަމަށެވެ. އެމްޑީޕީގެ ކޮންގްރެސް ބާއްވަން ދަރުބާރުގެ ލިބޭތޯ އެ ޕާޓީން މަސައްކަތްކުރި އެވެ. އެކަމަކު ހައުސިން މިނިސްޓްރީން ކޮންމެވެސް ސަބަބުތަކެއް ދެއްކުމަށް ފަހު އެ ތަން ދުލެއް ނުކުރި އެވެ.
ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތަކަށް ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މިހާރު ނެރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްލާ
05 August 2018
ސަރުކާރުގެ ވަސީލަތް ބޭނުން ނުކޮށްލަންޑަނުގާ ހުންވީ އުތަ ؟
ރުމާލު10
30 July 2018
ތިހުށައެޅެނީ ޕީޕީއެމް ޖަގަހަ އަކަށް!
އަބްދުﷲ
30 July 2018
ސަރުކާރުގައިތިބި ބަޔަކު ސަރުކާރުގެ ވަސީލަތްތަޢް ބޭނުންކުރާނެ. މިސާލަކަށް ސަރުކާރުގެ ވަޒީރުންނަށް ދީފަ އޮންނަ ކާރު ބޭނުންކުރެވޭ އަމިއްލަ ބޭނުންތަކަށް ތަންތަނަށް ދާންވެސް. ރައީސްމީހާގެ ކާރާ ލާންޗް ފަހަރުވެސް މިއުސޫލުން ބޭނުންކުރާނެ ނޫންތޯ. މިކަހަލަ ވަޞީލަތްތައް ބޭނުން ކުރުމަކީ މައްސަލައެއްތޯ؟!!
ކާރު
18 October 2018
އެސް ޕްލެޓް ޖަހާފަވެސް އެ ހުންނަނީ ވަޒީރުންނާ ރައީސް މީހާގެ ޕިކަޕް ތޯ ؟ ހައުސިން މިނިސްޓްރީއާ އެސްޓީއޯއާ ސްޓެލްކޯަޢާ އެޗްޑީސީގެ މުއައްޒަފުންނާ ވެހިކަލްތައް އެއީވެސް ހަމަ ވަޒީރުންނާ ރައީސް މީހާގެ ހަރުމުދާތޯ ؟ ކެމްޕޭނުގައި ބޭނުން ކުރީ ހަމަ އެކަނި ވަޒީރުންނާ ރައީސް މީހާގެ ކާރާ ގޭގަ ގެންގުޅޭ ނޯކަރު އެކަނިތޯ ؟
އިއްބެ
30 July 2018
ޕޮލިހުން ތިޔަ މައްސަލަބަލާނީ ކިހިނެއް... ކުރިންރޭވެސް ސޯސަންމަގުގަ ދިދަ ދަމާދިނީ ޕޮލިހުން... އެސް ބޯރޑް ޖެހި ޕިކަޕެއްގަ އެއްޗިހި ގެންގޮސްދިނީ ފަތިސް ގަޑީގަ....
ހާލިދާ
30 July 2018
ތިޔަ ތަނަށް އެއްޗެއް ލުމެކޭ ވެމްކޯ ކުދިންނާ ހަވާލުކުރުމެކޭ މިހާރު ވަނީ ހަމަހަމަ.
ތުނިޔަ
30 July 2018
މާރިޔާއަށްވެސް އެނގޭނެ ތިމައްސަލަ ހުށަހެޅި ތަންތަނެގޭ ޕީޕީއެމް ޖަގަހަ ތަކެކޭ ތަފާތެއް ނެތްކަން!
އެހެންތޭ
30 July 2018
އެއީ އެއްވެސް މައްސަލަ އެެއް ނޫނޭ ތަމެން ގޮރު ކޮށި އަރައިގަނެގެން ނޫޅުނިއްޔާ މާތާހިރު ވާނެއޭ މަމެން ބުނަން ނެތީމު ދޯ.
މުރާސިލް
30 July 2018
އިންތިޚަބު މިހާ ކައިރިވެފައި އޮއްވާ ތިކަހަލަ ކޫސަނިކަންކަމާއި އުޅުމުގެ ބަދަލުގައި ކެްޕެއިންކުރުމުގައި އުޅުން މާ ރަނގަޅުވާނެއެވެ. ރައީސްޔަމީނާ ވާދަކުރާ ވަދަވެރިން ތަންކޮޅެއް ތަސައްރަފު ފުދެން ޖެހެއެވެ.
އިޚްލާސް
30 July 2018
މިކަމަކީ ހުއްޓުވަންޖެހޭނެ ކަމެކެވެ. ނަމަވެސް މައުމޫނު ވެރިކަމުގައި ހޭދަވި 30 އަހަރު ދުވަހުގެ ތެރޭގައި، އައި އިންތިޚާބުތަކާއި، މުޙައްމަދު ނަޝީދުގެ ވެރިކަމުގެ 3 އަހަރު ތެރޭގައި އައި އިންތިޚާބުތަކާއި، ވަހީދު ސަރުކާރުގެ 2 އަހަރުގެ ތެރޭގައި އައި އިންތިޚާބާއި، ޔާމީނުގެ ވެރިކަމުގެ 5 އަހަރުގެ ތެރޭގައި އައި އިންތިޚާބު ތަކުގައި، އެއިރެއްގައި އޮތް ސަރުކާރަކުން ދައުލަތުގެ ވަސީލަތްތައް އިންތިޚާއަށް ވަނީ ބޭނުންކޮށްފައެވެ. ޑިމޮކްރަސީގެ ބައްޕަގެ ލަގަބުޖަހައިގެން ވެރިކަމަށް ވަޑައިގެންނެވި، މުޙައްމަދު ނަޝީދުގެ ސަރުކާރުން، ރައްޔިތުންގެ މަޖްލިހަށާއި، ކައުންސިލްތަކަށް މީހުން ހޮވުމަށް ދައުލަތުގެ އެތައް ވަސީލަތެއް ބޭނުންކުރިއެވެ. އެކަން ކަމަނާއަށްވެސް ވަރަށް ރަނގަޅަށް އެނގިލައްވާނެއެވެ.
މޯލްޑިވިއަން
30 July 2018
ބަލަ ހުއްތވަންވީ ވަހަމަ..އެކަމަކު މެގަމޯލޑިވްސް މާރިޔާމެން އާޢިލާއަށް އަންނި ސަރުކާރުން ދިންގޮތް ބެލުން މާރަނގަޅު ވާނެވެ. ދައުލަތަށް ލިބުނު އިންވެސްޓްމަންޓް މާރިޔާ ގެ އާޢިލާއަށާއި ހަސަން ލަތީފުގެ އާޢިލާއަށް ދޭންވީ އެއްވެސް ސަބަބެއް ނެތެވެ.
އަވަސް.
30 July 2018
މާރީ ހަމަ ކީއްވެތަ ތިޔަ ތެޅިބާލަނީ؟ އިންތިޚާބުގައި ބަލިވާނެކަމުގައި މިހާރު ޔަޤީވަނީތަ؟ ހަމަ ގައިމުވެސް މަށާއި މަގޭ ރަށާއި މަގޭ އަތޮޅާއި މަގޭ ޢާއިލާގެ އެއްވެސް ވޯޓެއް ލާދީނީ ފިކުރަކަށް ނާޅާނެ!!!