30 ޖުލައި 2018 - 21:15
ގާނޫނުލްއުގޫބާތުގައި ރިޝްވަތުގެ ކުށް ކަނޑައަޅާފައިވާ މާއްދާ އުވާލެވޭ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށަހަޅާފައިވާ މައްސަލާގައި އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔަން ފަށައިފި އެވެ.
ފޭދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ދީދީ، ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާ އަށް ހުށަހެޅުއްވި އިސްލާހު މިހާރު ވަނީ ރައްޔިތުންގެ މަޖިލިހަށް ބަލައިގަނެ، ދިރާސާކުރަން ކޮމިޓީ އަށް ވެސް ފޮނުވައިފަ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެ ބިލް ފާސް ކުރުމާ މެދު މަޖިލިހުގެ ތަޅުމުގައި ވޯޓު ނަގާނެ ކަމަށް ބެލެވެ އެވެ.
އެކަމަކު، އިބްރާހިމް ދީދީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާއަށް ހުށައެޅުއްވި އެ އިސްލާހުގައި އެ މާއްދާގައި މިހާރު ބުނާ ރިޝްވަތުގެ ވާހަކައާ އެއްވެސް ކަހަލަ ގުޅުމެއް ނެތް ބައިތަކެއް ހިމެނޭތީ އެއީ އަރާފައި އޮތް އޮޅުމެއްތޯ ވެސް ސުވާލު އުފެދެ އެވެ.
އިބްރާހިމް ދީދީގެ އިސްލާހުތައް އަމާޒުކުރައްވާފައި ވަނީ "ކޯޓުތަކުގެ ހުރުމަތް ކެނޑުމާ" އެވެ.
Dhaulathuge mudhalunna faisaain vakkan kurun eyee kushe noonkama kadaalhan massakai kuriyas, dhivehi rayyithun thibee e furusathu Raees Yameen ah dhehgothakah noon! https://t.co/IGFQ4PObEI
— Hisaan ؟🎈 (@hisaanhussain) July 30, 2018
ހިސާން މިއަދު ކުރެއްވި ޓުވީޓު.
މި މައްސަލާގައި، ގާނޫނީ ވަކީލް ހިސާން ހުސެއިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދައުލަތުގެ މުދަލުންނާއި ފައިސާ އިން ވައްކަން ކުރުމަކީ ކުށެއް ނޫން ކަމަށް ކަނޑައަޅަން މަސައްކަތް ކުރި ކަމުގައި ވިޔަސް، ދިވެހިން ތިބީ އެ ފުރުސަތު ރައީސް އަބްދުﷲ ޔާމީނަށް ދޭ ގޮތަކަށް ނޫން ކަމަށެވެ. އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ސިފަ ކުރެއްވި ގޮތުގައި ޕީޕީއެމުން އުޅެނީ ރިޝްވަތަކީ ކުށެއް ނޫން ކަމަށް ކަނޑައެޅުމަށެވެ.
Today in B.Kudarikilu, coalition candidate highlighted this Govt’s corruption as major scourge.
— Eva Abdulla 🎈❓ (@evattey) July 30, 2018
“Country makes enough money to provide basic services; we need a Govt that will not steal from the State.”@ibusolih
Over in the Yameen camp, Govt moves to decriminalise corruption. pic.twitter.com/fKFIAWjYXh
އީވާ މިއަދު ކުރެއްވި ޓުވީޓު.
މިކަމާ ގުޅިގެން، ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ ޓުވިޓާގައި އާންމު ކުރެއްވީ ބ. ކުޑަރިކިލުގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ދެއްކެވި ވާހަކައެކެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ވިދާޅުވީ، ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފައިސާ ލިބޭއިރު، އެ އަށް ހިޔާނާތްތެރި ނުވާނެ ސަރުކާރެއް ބޭނުންވާ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާނޫނުލްއުގޫބާތަށް ގެންނަން އުޅޭ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ހުށަހެޅުމެއް ކަމަށެވެ. ރިޝްވަތުގެ އަމަލަކީ ބޮޑުވެގެންވާ ފާފައެއް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
Mi Islāh akee QA aai khilāfu husha helhumeh. Rishwathu ge amalakē bodu vegen vaa fāfa ey. Islam Dheen Harām koh fai vā kameh huhdha kuran Masaikah kohgen nuvāne, adhi Dheen āi khilāfah Qānoon hadhan QA jāga nudhey. Uvāliyas Kuhverinnah Nufileyne! https://t.co/f1obSEdDLr
— Mohamed Jameel Ahmed (@MJameelAhmed) July 30, 2018
ޖަމީލް މިއަދު ކުރެއްވި ޓުވީޓު.
"އިސްލާމް ދީން ހަރާމް ކޮށްފައިވާ ކަމެއް ހުއްދަ ކުރަން މަސައްކަތް ކޮށްގެން ނުވާނެ. އަދި ދީނާ ހިލާފަށް ގާނޫނު ހަދަން ގާނޫނުއަސާސީ ޖާގަ ނުދޭ. އުވާލިޔަސް ކުށްވެރިންނަށް ނުފިލޭނެ،" ޖަމީލް ވިދާޅުވި އެވެ.
އިބްރާހިމް ދީދީ މިހާރު ހުށައަޅާފައިވާ ގޮތަށް އެ އިސްލާހު ފާސްކޮށް 510 އުވާލައިފި ނަމަ ރާއްޖޭގައި ރިޝްވަތު ހިފުމާއި ދިނުން ކުށަކަށް ވުން ހުއްޓޭނެ ކަމަށް، ގާނޫނީ ދާއިރާގެ މީހުން ދެކެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީން
31 July 2018
ޔާ ﷲ މިފަދަ ނުބައިކަންކަން ކުރަން ހިތްވަރު ލިބޭފަރާތްތަކުގެ ކިބައިން އަޅަމެން ސަލާމަތްކޮށްދެއްވާންދޭވެ.
ޝޮކްތެރަޕީ
31 July 2018
މިކަން ކޮއްފީޔާ ޔާމިނަކަ ވޯޓްނުދޭނަން އަހަރެން.
ތަރަބެ
31 July 2018
ސަހީމްގެ ޖަވާބަކީ ކޮބާ؟ ތިސުވާލު ރިޝްވަތާ ކުރޭ،.
ގޮހެލަނީ
31 July 2018
ކޮރަޕްށަންފޮހެލަނީ
ޠަޔާޠީޞް
31 July 2018
އެހެންވެޔޭ ޕީ ޕީ ކުދިންކޮޅު އެ ކިޔަނީ މީ ދީނީ ސަރުކާރެކޭ. ދީންވެރިކަމުން ނަހީ ކުރެއްވި ކަންކަން ކުށަކަށް ނަހަދަނީ.
ޖިނަ
30 July 2018
ސުވާލަކީ މިކަމުގައި ޝަހީމް ދެކެނީ ކިހިނެއްތޯ؟؟
ހަރާމް
31 July 2018
ޖަވާބު: ތިޔަ ސުވާލު މަޖިލީހާ ކުރޭ؟
ވާލުސޮރު
30 July 2018
މަސީހު ގެ އިތުބާރު ނެގިޔަނުދިނަސް "އެތެރޭގަ" ތިބެގެން މި ސަރުކާރަށް ރައްޔިތުންގެ ނަފްރަތު އުފެދޭ ބާވަތުގެ "އިސްލާހު" ތައް ގާނޫނަށް ހުށަހަޅާ ފަރާތްތަކަށް އިދިކޮޅު ކޯލިޝަނުން ޝުކުރު އަދާކުރަންޖެހޭ. ރިޔާސީ އިންތިޚާބެއް ބޯމަތިވެފަ އޮއްވާ ކަނޑައެޅިގެން ދީނާ ޚިލާފް އިސްލާހެއް ހުށަހެޅުމަކީ ގުޅިފަވާ ޕާޓީތަކުގެ މަޖިލިސް މެންބަރަކުވެސް ނުކުރާނެކަމެއްކަން ކަށަވަރު. ރައީސް ޔާމީނު ވިދާޅުވީ ހަމަ ރަނގަޅަށް އެމަނިކުފާނާ އެންމެ ދެކޮޅު މީހުން ތިބީ އެމަނިކުފާނުގެ އެންމެ އަރިހުގަ.
ތުނިޔަ
30 July 2018
މުސްލިމްނޫން ގައުމުތަކުގައިވެސް ރިޝްވަތަކީ އެއްމެ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭކަމެއް! ލައްކަ ފައިސާ ގޯނި ގޯންޏަށް ލެވުނީމަތާ ބަޔަކު މިވަރަށް "ސަލާމަތް" ނުވެވިގެން އުޅޭނީ!