ޚަބަރު / ކުޑަކުދިންނަށް އަނިޔާކުރުން

ހަތަރު ކުދިންނާ ބެހުނު 75 އަހަރުގެ މީހާގެ މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފި

ތިނަދޫ ކޯޓު: އުމުރުން ދުވަސްވީ މީހާގެ މައްޗަށް ކުރާ ދައުވާތައް ބާތިލްކޮށްލީ ތިނަދޫ ކޯޓުން

ގދ. އަތޮޅުގެ ރަށެއްގައި، އެއްބަނޑު އެއްބަފާ ހަތަރު އަންހެން ކުދިންނާ، 75 އަހަރުގެ ފިރިހެނަކު ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލައިގެ ދައުވާ ބާތިލްކުރުމުން، އެ މައްސަލަ އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.

ޝަރީއަތް ނުފަށައި، ކޯޓުގައި ދިގު ދަންމަމުން އަންނަ އެ މައްސަލައިގެ ދައުވާ، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ބާތިލްކުރީ މި މަހުގެ ހަ ވަނަ ދުވަހު އެވެ. އެ މީހާގެ މައްޗަށް ދެ ދައުވާއެއް ކުރެ އެވެ. އެއީ އެއްބަނޑު އެއްބަފާ ހަތަރު ކުދިންނާ ބެހުމުގެ އިތުރުން، މީހަކާ އިނދެގެން އުޅޭ އަންހެނަކާ އެކި ފަހަރު މަތިން ޒިނޭ ކުރި މައްސަލައެއްގަ އެވެ. އެ އަންހެން މީހާއަކީ އެ ކުދިންގެ މަންމަ އެވެ.

އެ މައްސަލަ އިސްތިއުނާފް ކުރުމަށް ޕީޖީން އިއްޔެ ހައި ކޯޓަށް ހުށަހަޅާފައިވަނީ، އެ ދައުވާ ތިނަދޫ ކޯޓުން ބާތިލްކޮށްފައިވަނީ ޖިނާއީ އިޖްރާއަތާ ހިލާފަށް ކަމަށް ބުނެ އެވެ. އަދި އެ ނިންމުން، ގާނޫނު އަސާސީ އާއި ޕީޖީގެ ގާނޫނާ ވެސް ހިލާފުވާ ކަމަށް ބުނެފައި ވެ އެވެ.

ކޯޓުން މައްސަލަ ބާތިލްކުރީ، ދައުވާކުރުމަށް އޮންނަ މުއްދަތު ހަމަވެފައިވާ ކަމަށް ބުނެ އެވެ.

ހަތަރު ކުދިންނާ ގަދަކަމުން ޖިންސީ ގޯނާ ކުރި މައްސަލައިގައި ދުވަސްވީ މީހާގެ މައްޗަށް ދައުވާ ކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެކަމަކު މިހާތަނަށް އެ މައްސަލައިގައި ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވަ އެވެ. އަދި އެ މައްސަލަ އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ، އެ މީހާގެ އުފަންް ރަށުގެ ކޯޓުގައި ނަމަވެސް، މިދިޔަ ޖޫން މަހު ވަނީ ތިނަދޫ ކޯޓަށް ބަދަލުކޮށްފަ އެވެ. ފިރިހެން މީހާގެ އިތުރުން، ދަރިންނަށް އިހުމާލުވެފައިވާތީ އާއި ޒިނޭކުރި ކަމުގެ ދައުވާ އެ ކުދިންގެ މަންމަގެ މައްޗަށް ވެސް ކުރެ އެވެ. އަދި އިހުމާލުވުމުގެ ދައުވާ، އެ ކުދިންގެ ދޮންބައްޕަގެ މައްޗަށް ވެސް ކުރެ އެވެ. އެކަމަކު މި ހުރިހާ ދައުވާތަކެއް ވެސް މިހާރު ވަނީ ބާތިލުވެފަ އެވެ.

މީގެ 12 އަހަރު ކުރިން ފެށިގެން، އެކި ފަހަރު މަތިން ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި، ފިރިހެންމީހާ ހައްޔަރުކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. އެކަމަކު މަހެއް ނުވަނީސް އޭނާ ދޫކޮށްލި އެވެ. އެނގިފައިވާ ގޮތުގައި އެ މީހާ މުޖުތަމައުގެ ތެރެއަށް ދޫކޮށްލާފައި ހުންނާތީ، ބަންދާ މެދު ގޮތެއް ނިންމުމަށް ދައުލަތުން ހައި ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އަދި ހައި ކޯޓުން ވަނީ އެ މައްސަލަ އަލުން ބަލައި، އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ދަށު ކޯޓަށް މައްސަލަ ފޮނުވައިފަ އެވެ. އެކަމަކު އެ މައްސަލައިގައި ގޮތެއް ނުނިމި، މިހާތަނަށް ވެސް އޭނާ ހުރީ ބަންދުން ދޫވެ، މިނިވަނެއްގެ ގޮތުގަ އެވެ. ރަށުގައި ނުފޫޒު ގަދަ ކަމަށް ބުނާ އެ މީހާ، މީގެ 12 އަހަރު ކުރިއްސުރެ އަންނަނީ އެކި ކުދިންނަށް ޖިންސީ ގޯނާ ކުރަމުން ކަމަށް އޭގެ ތެރެއިން ބައެއް ކުދިން ބުނެ އެވެ. އޭނާ ވަނީ އެ ހަތަރު ބެއިންނާއި އެކުދިންގެ މަންމަ ދިރިއުޅޭ ގެ މަރާމާތުކޮށް، ދިރިއުޅެވޭނެ ގޮތް ހަދައިދީފަ އެވެ. އަދި އެ މީހުން ކައިބޮއި ހެދުމަށް، ދަރަންޏަށް އެއްޗެހި ނަގަނީ އެ މީހާގެ ފިހާރައިންނެވެ. ކުދިންނާ ގުޅުން ހިންގީ އެއީ ސަބަބެއް ކަމަށް ބަލައިގެން ކަމަށް އެ ކުދިން ބުނެ އެވެ.

18 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 5%
icon angry icon angry 84%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަސީ

16 August 2018

މުޖުތަމައަށް ނުރައްކާ މީހުންގެތެރޭގަ މިކަލޭގެ ހިމެނޭވަރެއް ނުވޭދޯ.

The name is already taken The name is available. Register?

ާއައިރިސް

16 August 2018

އަސްލުވެސް..ހިމާޔަތް ކޮށްފަވާ ދޫންޏެކޭ އެއްގޮތް..

The name is already taken The name is available. Register?

ހިކާބެ

16 August 2018

އެކުދިންނާ ބެހުނު ކަމަށް އެއްބަސްވި އެމީހާ ގެންގުޅޭ ބިދޭސީ މީހާގެ މައްސަލަ ކުރިޔަށް ނުދަނީބާ؟

The name is already taken The name is available. Register?

ވެށި

16 August 2018

ސީސަން ފެށުނީމަ ވޯޓު ކޮޅެއްގެ ނޭނުމުގައި ބޮޑެތި ކުއްވެރިން ދޫކޮށްލާނަމަ އެމިހަކަށް ވޯޓެއް ނުދޭނަމެވެ. މިދަނީ ވާނުވާ ބަލަމުންނެވެ.

The name is already taken The name is available. Register?

ފާނަކޮށި

16 August 2018

ތި ބެއްޔާއަށް މިސަރުކާރުން ޤައުމީ އިނާމް ދޭންފެނޭ....

The name is already taken The name is available. Register?

ހާސަރު

16 August 2018

މިބެޔަކަށް މިވެރިކަމުގަ އެއްވެސް ދައުވާއެއް ނުކުރާނެ! މިއީ މިމީހުނަށް މާމުހިއްމު މީހެއް! ދެން ޕީޖީވެސް ދައްކާ ދަޅަމިއީ. އަހަރެން ހަމަ އަޖައިބުވަނީ ޖެންޑަރ މިނިސްޓަރ އިސްތިއުފާ ނުދީ ހުންނަން ލަދުނުގަންނާތީ!

The name is already taken The name is available. Register?

އަހުމަދު

16 August 2018

ޔާމީނު ރަށްރަށަށް އަރާ ކޮންވާހަކައެއް ދައްކާކަށް. ސްޕްރީމް ކޯޓުން ހިތްހަމަ ނުޖެހޭ އަމުރެއް ނެރުނީ ދެފަނޑިޔާރުން ދަމާކޫއްތާފަ ގެންގޮސް ޖަލައްލީ! މީނަގެ މަސްލަހަތު އޮންނަކަމެއްނޫނިއްޔާ އެއްވެސް ކަމެއް ނުވާނެ. ރައްޔިތުން މިތިބަ އަވަދިވަނީ އިންސާފު ނުލިބިގެން.

The name is already taken The name is available. Register?

ހާޖަރާ

16 August 2018

އަހަރެން ހިތަށްއަރަނީ ބައްޕައޭ ކިޔައިގެން، މިއުޅޭ އެންމެން އެކިޔަނީ ހަމަ ހަގީގީ ތެދު ވާހަކަތަކެއްބާއޭ. އެހުރިހާ ދުވަހަކު އެއްބަނޑުއެއްބަފާ ހަތަރު ކުދިންނާ ބައްޕަ ބެހެމުން ދިޔައިރު ހަމަ އެތަނުން އެންމެ ކުއްޖަކަށްވެސް އެކަމުން ސަލާމަތްވާނޭ ގޮތެއް ނެތީބާއޭ. ރައްޓެއްގާތު ނަމަވެސް އެކަމާބެހޭގޮތުން ވާހަކަދައްކާލާނޭ ހިތްވަރެއްވެސް ހަމަ ނުލިބުނީބާއޭ. ހަމަގައިމުވެސް ތިޔަދައްކާ ވާހަކައަކީ ސީދާ ތެދުކަމުގާ ވެއްޖެނަމަ އަހަރެން އަހަރެންގެ ބައްޕައަށް ބައްޕާއޭ ކިޔާފާ ދެނެއް ގޮވައެއް ނުލާނަން.

The name is already taken The name is available. Register?

ހަޖަރާ ބަފާ

16 August 2018

ދަރިޔާ ޚަބަރު ރަގަޅަށް ކިޔާބަލަ. ބައްޕައެއްނޫނޭ ކުދިންނާ ބެހުނީ.

The name is already taken The name is available. Register?

ޏޮން

16 August 2018

ބައްޕައެއް ނުބެހޭ، އަލުން އާޓިކަލް ކިޔާލުން މުހިއްމު

The name is already taken The name is available. Register?

ވާނުވާ 1

16 August 2018

ހާޖަރަ ވާނުވާގަ ދޯ!

The name is already taken The name is available. Register?

ހަތްދިހަފަހެއް2025

16 August 2018

ހަތަރު ކުދިންނާ ބެހުނު 75 އަހަރުގެ މީހާގެ މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފި މިއަށް ކިޔަނީ ޕީޖީން ދެބޯގެރި ދުއްވުން ﷲ ގަންދީ ހުވާކޮށްފައި ބުނަން މިމީހާގެ މައްސަލަ މި އިންތިހާބުގެ ކުރިން އެއްވެސް ކޮޅެއްގައި ނުޖައްސާނެ މީނޫންތޯ އިންސާފަކީ ދެންއަތްޖަހާ

The name is already taken The name is available. Register?

ހިނާޖް ޝަރީފް

16 August 2018

ކައުންސިލަރެއްގެ ބައްޕަ

The name is already taken The name is available. Register?

ކާސިމްބެ.

16 August 2018

މިބެއްޔާގެ ބޮޑުމައްސަލަ އެއްބުރުން، އެއްލަކިން، ބާރަށް ބާރަށް ކުރިޔަށް ގެންގޮސް ނިންމާލާ، އޭނާ ޖަލުގެ އެންމެ ކުޑަގޮޅިޔަށްލާނޭ ވަގުތު އަދިވެސް ނާންނަނީތޯ؟؟؟؟ ހިމާޔަތާ ރައްކާތެރިކަން އޭގެ އިންތިހާއަށް ލިބެންވީ ފަރާތްތަކަކީ މީތޯ؟؟؟؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454