ޚަބަރު / ކުދިންނަށް ޖިންސީ ގޯނާކުރުން

ދެ އަހަރުގެ އަންހެން ކުއްޖާ ޖެންޑާގެ ބެލުމުގެ ދަށަށް

މާލެ: ޖެނުއަރީ 24، 2017: އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމަށާއި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކާ ދެކޮޅަށް މާލޭގައި މީގެކުރިން ބޭއްވި އެއްވުމެއް..-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެކުނުގެ ރަށެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި ދެ އަހަރުގެ އަންހެން ކުއްޖާ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޖެންޑަ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ދެކުނުގެ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާއެއް ލިބުނު ކަމަށް ބުނެ، އެ މައްސަލަ މިނިސްޓްރީ އަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. މިނިސްޓްރީން ބެލި ބެލުމުން ހިނގާފައި ވަނީ ޖިންސީ އަނިޔާގެ މައްސަލައެއް ކަމަށް ޖެންޑާ އިން ބުންޏެވެ.

އެހެންވެ، އެ ކުއްޖާ އަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އެ ކުއްޖާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމާ ގުޅުން ހުރި އިދާރާތަކުގެ މަޝްވަރާ އެކު، އެ ކުއްޖާ އާއިލާއާ ވަކިކޮށް ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި މި މައްސަލައިގައި މިނިސްޓްރީ އާއި ފުލުހުން ގުޅިގެން މަސައްކަތް ކުރާ ކަމަށް ޖެންޑާ އިން ބުންޏެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި ޖެންޑާގެ ބެލުމުގެ ދަށުން އެ ކުއްޖާ ވަނީ މާލެ ގެނެސްފަ އެވެ. އެ ކުއްޖާ އެންމެ ފަހުން ހުރީ ބޮޑުދައިތަ ކައިރީގައި ކަމަށްވެ އެވެ.

އެކަން ހިނގި ރަށުން މައުލޫމާތު ދިން ބައެއް މީހުން ތުހުމަތު ކުރި ގޮތުގައި އަންހެން ކުއްޖާ "ރޭޕް" ކުރީ އެ ކުއްޖާގެ ބައްޕަ އާއި ކާފަ އާއި މުނިކާފަ ބައިވެރިވެގެންނެވެ. އަދި އެކަން ފަޅާ އެރީ އަންހެން ކުއްޖާ ފެންވަރުވަން އުޅުމުގެ ތެރޭގައި ބޮޑުދައިތަ އަށް ކަމަށް އެމީހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން އަދިވެސް ދިރިއުޅެނީ އެ ކަން ހިނގި ރަށުގަ އެވެ. އަދި މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

ރަށުން ވާހަކަ ދެއްކި މީހުން ބުނީ ކުއްޖާގެ ބައްޕަ އާއި މަންމައަކީ ވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ދެ މީހުން ކަމަށެވެ. އެހެންވެ، ކުއްޖާ އަށް ދޭން ޖެހޭ އަޅާލުމާއި އެހީތެރިކަން ދެ މީހުންގެ ފަރާތުން ވެސް އެއްވެސް ވަރަކަށް ނުލިބޭ ކަމަށްވެ އެވެ.

އެ ރަށު މީހުން ތުހުމަތު ކުރާ ގޮތުގައި އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރީ ސިއްހީ ސަބަބަކާ ހުރެ، އެ ކުއްޖާގެ މަންމަ މިދިޔަ ހޯމަ ދުވަހު މާލެ ދިޔަ ފަހުންނެވެ. ކުއްޖާ ދިރިއުޅޭ ގޭގައި އެ ކުއްޖާގެ މައިންބަފައިންގެ އިތުރުން ކާފަ އާއި މުނިކާފަ ވެސް ދިރިއުޅޭ ކަމަށްވެ އެވެ.

ދެކުނުގެ ރަށެއްގައި ހިނގި އެކަމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން ވަނީ އެކަން ކުރި މީހުންނަށް އަމާޒުވެފަ އެވެ.

Offenders | Child Sex Offenders Registry

Offenders | Child Sex Offenders Registry

ޖިންސީ ގޯނާކުރި މީހުންގެ ރަޖިސްޓަރީ

6 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 28%
icon angry icon angry 55%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޡާ123

17 January 2020

މަސްތުވާއެއްޗެހި ގެންގުޅޭ އަދިއެބޭނުންކުރާ މީހުން އުޅޭ ތަންތަން ފާސްކުރަން އެބަޖެހޭ..ކިތައްކުދިން އެމީހުންގެ މައިންބަފައިން ކުރާ ނުބައިކަންތަކުގެ ޝިކާރަޔަކަށްވަނީ.. ޔަގީން މަސްތުގެ ހާލަތުގައިތިބެ އެމީހުން ނުބައިކަންތައް ހިންގާނެކަން

The name is already taken The name is available. Register?

ނަން

17 January 2020

ވާނެ އެއްޗެއްވީމަ ތެޅިބާލަން ސިދާތާއަށް އެނގެނި. ޢެކުއްޖާގެ ކާފަ އަކީ އެކަހަލަ ރެކޯޑެއް އޮތް މީހަކަށް ވާއިރު އެވަރު މީހަކަ އެއްގެއެއްގަ ކުޑަކުއްޖެއް ގެންގުޅުނަ ދީގެންނުވާނެ. އެމީހާއަށް މިހާތަނަށް އައިއިރު ހައްގު އަދަބު ނުދިނީމަ މިހިސާބަށް މިކަންމިއައީ. ސިސްޓަމް ބދަލު ކުރޭ.

The name is already taken The name is available. Register?

ތުއްތުނާ

17 January 2020

އެއްގޮތަކަށް ވެސް އެމީހާ ކުށްވެރި ނުވާކަމަށް ބުނާކަށް ނެތިން........ އެކަމަކުވެސް އިސްލާމީ ޝަރީޢަތް ހިނގަނީ ބޭރުފުށަށް ........ ކުށް ސާބިތު ނުވާ ނަމަ ސިދާތާ އަށް އެއްވެސް ފިޔަވަޅެއް އެޅޭކަށް ނޯންނާނެ........

The name is already taken The name is available. Register?

ޔޫރިނޭޓް

17 January 2020

ޖެންޑާރ އަކީ ހަމަ ނަމެއް، އެއްވެސް ކަމެއްވާ ބަޔަކު އުޅޭ ތަނެއްނޫން. ތިތަނާއި ހަވާލުކުރާ ކުދިންނަށްްވެސް ރައްކާތެރިކަމެއް ލިބޭނެ ކަމަކަށް ނުބެލެވޭ، އެހެންނަމަ ކުޑަކުދިންގެ ހިޔާގަ ތިބޭ ކުދިން ފުރާޅުނަތިން ފުންމާލައިގެން ނުފިލާނެ

The name is already taken The name is available. Register?

ނެކްސްޓް

17 January 2020

ވާނެ ހައެތިވީމަ؟ ކުޑަކުއްޖަކަށް އަނިޔާވަމުން ދާތީ ތިޖެންޑާއަށް ރިޕޯޓްކުރާތާ އަހަރެއްވަނީ މީކަމެއް ހަރާން

The name is already taken The name is available. Register?

އަދާލަތު 1

17 January 2020

ބެލޭނެބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454