ޚަބަރު / އަބްދުﷲ ޝާހިދު، ފޮރިން މިނިސްޓަރު

ކޮމަންވެލްތުގައި ދިވެހި ދިދަ ނަގަން ޝާހިދު ލަންޑަނަށް

މިނިސްޓަރު ޝާހިދު، އިނގިރޭސި ވިލާތަށް ފުރާވަޑައިގަތުމުގެ ކުރިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގައި، މެމްބަރު އަލީ އާޒިމާ އެކު.

ރާއްޖެ، ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް އަލުން ހަމަޖެއްސުމާ ގުޅިގެން، ކޮމަންވެލްތުގެ ސެކްރެޓޭރިއަޓްގައި ދިވެހި ދިދަ ނަންގަވަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ފަހު، އެ ޖަމިއްޔާގެ މެމްބަރުކަން މި މަހުގެ އެކެއްގައި ރާއްޖެ އަށް އަލުން ވަނީ ލިބިފަ އެވެ. ރާއްޖެ އަކީ މިހާރު ކޮމަންވެލްތްގެ 54 ވަނަ މެމްބަރު ގައުމެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ، އިނގިރޭސި ވިލާތުގެ ލަންޑަނަށް ޝާހިދު ވަޑައިގެން، މަލްބަރޯ ހައުސްގައި ރާއްޖޭގެ ގައުމީ ދިދަ މާދަމާ ނަންގަވައި ދެއްވާނެ ކަމަށެވެ. އަދި އެ ރަސްމިއްޔާތަށް ފަހު، ލަންޑަންގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ވަޑައިގެން، އެތަނުގެ ނަން ބޯޑަކަށް ރަސްމީކޮށް ބަދަލު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ލަންޑަނަށް ފުރާވަޑައިގަތުމުގެ ކުރިން ޝާހިދު މިއަދު ކުރެއްވި ޓުވީޓް

ކޮމަންވެލްތުގެ މެމްބަރުކަން ރާއްޖެ އަށް ލިބުމުން، އެ ޖަމިއްޔާގެ އެހެން މެމްބަރު ގައުމުތަކުގައި ހިންގާ ރާއްޖޭގެ އެމްބަސީތައް ހައި ކޮމިޝަންގެ ނަމަށް ބަދަލުވާނެ އެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި ޝާހިދުގެ އެ ދަތުރުގައި، ކޮމަންވެލްތްގެ އިސްވެރިންނާ ބައްދަލު ކުރައްވައި، އެ ޖަމާއަތުގެ އެހެން މެމްބަރު ގައުމުތަކާ ގުޅިގެން ރާއްޖެ އިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާނެ އެވެ. އަދި އެ ދަތުރަށް ފަހު، ކޮމަންވެލްތުގައި ހަރަކާތްތެރި ރޯލެއް ރާއްޖެ އިން އަދާ ކުރާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ޔާމީންގެ ވެރިކަމުގައި ކޮމަންވެލްތްގެ މެމްބަރުކަމުން ވަކިވީ 2016 ވަނަ އަހަރު އޭރު ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ޖަމާއަތުން ދީފައި ވަނިކޮށެވެ. އެ ޖަމިއްޔާގެ މެމްބަރުކަން އަލުން ހޯދުމަކީ މި ސަރުކާރުގެ ވައުދެކެވެ.

20 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަހޭ ފޭން

06 February 2020

ދެންފަހެ އެއްކަލް އަބުޅޯ އަނެއްކާ މޮޔަގޮވަން ފަށައިފޫއެވެ.. މި ފަހަރު ކިޔާނެ އެއްޗެެއް ނޭގިގެން ދިދަ ނަގާނީ ޔޭ ކިޔައިގެން ރައްޔިތުން އަނެއްކާ ވެސް ލޫޓްވާ ލަނީއެވެ،، ވިސްނާ ދިވެހިން ވިސްނާ

The name is already taken The name is available. Register?

ާއުނިމާ

05 February 2020

މީދެން ބޮޑުވަރު، އެތާ ހުންނަ އެންބެސެޑަރަށް ދިދަ ނުނެގެނީތޯ؟

The name is already taken The name is available. Register?

އަޙްމަދު ޒަކީ

05 February 2020

މިއަދު ސާކިއުލަރއެއް ނެރުނީ ބޭކާރު ހަރަދުތައް ނުކުރަން. ދައުލަތުން ލަންޑަނުގައި ސަފީރެއް ހުއްޓަ ކީއްވެ މިނިސްޓަރު ދިދައެއް ނަގަން ތިދަނީ. ހަރަދު ކުޑަގޮތް ހިޔާރުކުރައްވާ ރައްޔިތުންނަށް މިސާލު ދެއްކުމަށް ގޮވާލަން.

The name is already taken The name is available. Register?

ކާޅު ފިނި

05 February 2020

ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް މަސައްކަތް ފަށައިފި

The name is already taken The name is available. Register?

ސަލްމާން

05 February 2020

ދައުލަތުގެ ހަރަދު ކުޑަކުރަން، ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫން ވެއްޖެއްޔާ ނުކުރަން، ފިނޭންސް މިނިސްޓަރު އަންގަވާފައި އޮއްވާ، ޝާހިދު ފުރައިގެން ދިޔަދީގެން ނުވާނެެ، މިފަދަ ދަނޑިވަޅުތަކުގައި ތިގޮތަށް ރައްޔިތުންގެ ފައިސާ ހޭދަކުރާކަށް ނުޖެހޭ

The name is already taken The name is available. Register?

ރުޅި

05 February 2020

ޚަރަދުކުޑުރުމަށް ބިޒިނަސްކްލާހުން ދަތުރެއްކޮށްލަނީ. ތިޔަ ދިދަ ޝާހިދު ނުދިޔަޔަސް ނަގާނެ. ފެށުނީ

The name is already taken The name is available. Register?

ކަކުނިބޯ

05 February 2020

ހަރަދު ކުޑަކޮށް އެހެންނު

The name is already taken The name is available. Register?

ބޭނުމެއްނޫން

05 February 2020

އަހަރެމެން ދިވެހި އާއްމު ރައްޔިތުން ބޭނުމެއްނޫން ތިފަދަ އިސްތިއުމާރީ ތަނެއްގައި ދިވެހި ދިދަ ވިހުރޭކަށް. މުޅި ދުނިޔޭގެ ތިންބައިކޮށްފަ ދެބަޔަށްވުރެ ގިނަ ސަރަހައްދު އިސްތިއުމާރުކޮށް، އެކަމުގެ މައްޗަށް ބޮޑާބަސް ބުނެ އުޅުނު ބައެއް އިނގިރޭސީންނަކީ. ގައުމުތަެް މިނިވަންވީމާވެސް ހީލަތުން އަނެއްކާވެސް އެ ގައުމުތައް އަޅުވެރިކުރަން ހެދި ތަނެއްތީ.

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

05 February 2020

ތި ކޮމަންވެލްތުން ލިބޭ އެއްޗަކަށް ވުރެ ބޮޑު ޙަރަދެއް ކޮށްފައި ޝާހިދު ދިދަ ނަގަން ލަންޑަނަށް ވަޑައިގަންނަވާނަމަ އެއްގޮތަކަށް ވެސް ކަމުދާކަމެއް ނޫނޭ ދެންނެވޭނީ.

The name is already taken The name is available. Register?

ގައުމުގެ ދޫ

05 February 2020

ޙަރަދު ކުޑަކުރަން ސިވިލްށަވަންޓުންނަށް އިތުރުގަޑިީގައި މަސެއްކަތް ނުކުރަންވީ ! މިމީހުން ހަމަ ހަބޭސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454