ފޮރިން މިނިސްޓަރު ޝާހިދު (ވ)، އިންޑިއާގެ ބޮޑުވަޒީރު މޯދީއާ މިއަދު ސަލާމްކުރައްވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ
11 އެޕްރީލް 2020 - 11:18
މެލޭރިއާގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ ހައިޑްރޮކްސީކްލޮރޯކްއީން ރާއްޖެ އަށް ގެންދިއުމުގެ ހުއްދަ އިންޑިއާ އިން ދީފި އެވެ.
ހައިޑްރޮކްސީކްލޮރޯކްއީން އަކީ ކޮވިޑް-19 އަށް ފަރުވާ ދިނުމުގައި ވަރަށް ބޮޑަށް އިތުބާރު ހިފޭ ބޭހެއް ކަމަށް ސިއްހީ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.
އިންޑިއާ އިން މި ބޭސް އެކްސްޕޯޓް ކުރުން ކުރިން މަނާކޮށްފައި އޮތް ނަމަވެސް އެ ގައުމުން ދާދި ފަހުން ވަނީ އެމެރިކާ އަށް ގެންދިއުމުގެ ހުއްދަ ވެސް ދީފަ އެވެ.
ރާއްޖެ އަށް ވެސް ހައިޑްރޮކްސީކްލޮރޯކްއީން ގެންދިއުމުގެ ހުއްދަ އިންޑިއާ އިން ދިނުމާ ގުޅިގެން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ކުރެއްވި ޓުވީޓެއްގައި އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރެއްވި އެވެ.
"ބޭނުން ޖެހިފައިވާ ވަގުތެއްގައި އެހީވާ ރައްޓެއްސަކީ ހަގީގީ ރައްޓެއްސެއް،" ޝާހިދުގެ ޓުވީޓުގައި ވިދާޅުވި އެވެ.
Thank you government of India, for approving Maldives’ request for Hydroxychloroquine, which is being called a game changer in the fight against #Covid19. A friend in need is truly a friend indeed! @narendramodi @DrSJaishankar@MEAIndia
— Abdulla Shahid (@abdulla_shahid) April 10, 2020
މިނިސްޓަރު ޝާހިދުގެ ޓުވީޓް
މެލޭރިއާ ބޭސް އެކްސްޕޯޓް ކުރަން ރާއްޖޭގެ އިތުރުން 12 ގައުމަކަށް އިންޑިއާ އިން ހުއްދަ ދިނެވެ. އެއީ އެމެރިކާ، ސްޕެއިން، ޖަރުމަނު، ބަހްރެއިން، ބްރެޒިލް، ނޭޕާލް، ބޫޓާން، ސްރީ ލަންކާ، އަފްޣާނިސްތާން، ބަންގަލަދޭޝް، ސީޝެލްސް އަދި ޑޮމިނިކަލް ރިޕަބްލިކް އެވެ.
ކޮވިޑް-19އަށް ފަރުވާ ދިނުމަށް ބައެއް ގައުމުތަކުގައި ހައިޑްރޮކްސީކްލޮރޯކްއީން ބޭނުން ކުރަމުން އަންނައިރު، މި ބޭހާ ގުޅިގެން ސިއްހީ މާހިރުންގެ ތެރޭގައި ދެބަސްވުންތައް ވެސް އުފެދިފައި ވެ އެވެ. ނަމަވެސް ކޮވިޑް-19އަށް ހާއްސަ ވަކި ބޭހެއް މިހާތަނަށް ފެނިފައި ނުވާއިރު، ހައިޑްރޮކްސީކްލޮރޯކްއީން ބޭނުންކޮށްގެން ބައެއް މީހުންނަށް ފަރުވާދީ ރަނގަޅު ވެސް ވަނީ ވެފަ އެވެ.
ރާއްޖޭގައި ވެސް ބައެއް ހާލަތްތަކުގައި ބަލި މީހުންނަށް ފަރުވާ ދިނުމަށް މި ބޭސް ބޭނުންކުރާނެ ކަމަށް ކޮވިޑް-19އަށް ހާއްސަ ޑޮކްޓަރުންގެ ޓީމުން ވަނީ ބުނެފަ އެވެ. އަދި މި ބޭސް ބޭނުންކުރާނީ މާބޮޑަށް ބަލި މީހުންނަށް ކަމަށް ވެސް ބުނެފައި ވެ އެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ގެ 19 މީހަކު ފެނިފައިވާއިރު، އޭގެ ތެރެއިން 13 މީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ. ބާކީ ފަރުވާ ދެމުން އަންނަނީ އިނގިރޭސި ވިލާތުން ރާއްޖެ އައި ފަހުން ޕޮޒިޓިވްކަން އެނގުނު ހަތަރު ދިވެހިންނަށެވެ. އަދި ދެން ތިބި ދެ މީހުންކީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުން ޕޮޒިޓިވްކަން އެނގުނު އިޓަލީގެ ޓުއަރިސްޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ. ރާމީ ހަސަން މ.ވައިނުޖެހޭގެއާގެ
11 April 2020
ފޮރީން މިނިސްޓްރީ ބަރާބަރު. 100 އިން 100 ދެވޭވަރުވޭ ! ތެންކްޔޫ، ޝާހިދު !
ޖިންނިއާދަނު
11 April 2020
ތިވާހަކަ ތިންމަސް ވަންދެން ކޮންމެދުވަހަކު ހަބަރުގަ ކިޔަންފެނޭ މީވާ ނުފުއްސުވި ކަމެއް
މަންޑޭލާ
11 April 2020
އިންޑިޔާ އެކަމިތަ ބެސްއުފައްދަނީ.؟
ކަސަބު
11 April 2020
މިބޭސް ގިނަގައުމުތަކުގައި ނު އުފައްދާވާހަކައެއްނޫން މިދައްކަނީ. މިބޭސް އެންމެ ފުޅާދާއިރާއެއްގައި އުފައްދަނީ އިންޑިއާގައި. މިބޭސް މީގެކުރިންވެސް އެމެރިކާއަށް އެކްސްޕޯރޓްކުރޭ. މިދަނޑިވަޅުގަ ހުއްޓާލީ. ބައެއް ތަކެތި ގައުމުތަކުން އިމްޕޯރޓް ކުރަނީ އެތަކެތި ނުއުފެއްދޭތީއެއްނޫން. އެގައުމުތަކުގައި އުފެއްދުމަށްވުރެ ބޭރުން ގެނައީމަ ފާއިދާ ބޮޑުވާތީ.
އިބިރިހިންބެއްޔާ
11 April 2020
ލަޑަޔާ ވާނީ ލަޑަޔާ. މާތްﷲ އާއި ވަކީލު.
ޜރ344
11 April 2020
ތިޔަ ބޭނުންކޮށްގެން ގެއްލުންވާކަމަށްވެސް ވޭ..ދެން ތރަންޕު ތިޔަޔަކާ މާވަރަކުން އުޅެނީ އޭނާ އެއެއްޗެހި އުފައްދާ ކުންފުނިތަކުގެ ޝެއަރގަނެފަ އޮންނާތީ..
ރެޓޭ
11 April 2020
ދެން ރާއްޖެއަށް ތިޔަ ބޭސް ގުޅަ ގެންނާނީ އިންޑިޔާގެ އަސްކަރީ މަތިންދާ ބޯޓެެއްގަ! ގެނެސް ބޮޑު ބެނާއެއް ދަ މާ އޭގެ ދަށުގަ ޝާހިދު ހުންނަން ވާނެ! އޭރުންތާ ބޮޑުބޭބެގެ ދީލަތިކަން ދިވެހިންނަށް ވިސްނޭނީ!
ޝޮކްތެރަޕީ
11 April 2020
އިސްލާމީ މުސްސަދި ޤައުމުތައް ހުއްޓާ. އިންޑިޔާ އިސްކުރަނީ ޕާޓީއައް ހަރަދު ކުރާތީ. ވެރިކަން ދިފާއުކޮއްދޭން ފަންޑުކުރާތީ.
ޑޮކްޓަރ ނާން
11 April 2020
އެތަން ތަނުން އެކްސްޕޯޓު ނުކުރިޔަސް ހެޔޮ؟
ނަން
11 April 2020
މި ބޭސް އުފައްދާ އިސްލާމީ ގައުމެއް އެބައޮތްތަ؟ އެމެރިކާއިންވެސް މީތި ހޯދަނީ އިންޑިޔާއިން.
ޑެލްބޯއި
11 April 2020
މި ބޭހަކީ ރާއްޖޭގެ ފާރމަސީތަކުގައި ހަތަރު ރުފިޔާ އަށް ގުޅައެއް ވިއްކަމުންދާ ބޭހެއް. މިބޭހަކީ މީގެ 50 އަހަރު ކުރިން ރާއްޖޭގައި ވަރަށް ގިނައިން ބޭނުން ކުރި ބޭހެއް. މި ބޭސް ބޭނުން ކުރުމުން ވަރަށް މަދު ބައެއްގެ ހާރޓްގެ ކިޔުޓީ އިންޓަރވަލް ދިގުވެގެންދޭ. އެކަން ބަލައިގެން މިބޭސް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާގެ މަތިން ޒިންކު އަދި އެޒިތްރޮމައިސިން އާއެކު ބޭނުން ކުރުމުން ކޮވިޑް އަށް ވެސް ރަގަޅުވާނެ ކަމަށް ބައެއް ދިރާސާތަކުން ދައްކާ
ކިޔެވެލި
11 April 2020
ޢިންޑިޔާނޫނަސް ކިތަންމެ ގައުމެއްގާ ތިބޭސް އުފައްދާ! ތިޔައީ ވަރަށް އާއްމުކޮށް ރާއްޖޭގާ ބޭނުންކުރި ބޭހެއް!ކޯވިޑުގެ ބަލިބޮޑު މީހުނަށް ދިނުމުން ލުއިވާކަމަށްވޭ!
ބޯނެތްވެލި
11 April 2020
އަނެއްކާ ކަލޭ ގޭގަ މި އުފައްދަނީތަ؟ ބަލަ މިބޭސް އުފައްދާތަންތަން ގިނަ ކަމުންތަ އެއްވެސް ގޮތެއް ނެތިގެން އެމެރިކާއިން އިންޑިއާގައި އެދުނީ މި ބޭސް އެމީހުންނަށް ފޯރުކޮށްދޭން؟
ޢަބްދުﷲނާފިޒް
12 April 2020
އިންޑިއާ ނޫން އެހެން ޤައުމެއްގަ މިބޭސް ނުއުފައްދައޭ އެބަކިޔާތަ، ވަރެއްވެފަ ދޯ ތިހުންނަވަނީ. ގެއްލުނު އެއްޗެއްގެ ބޮޑުކަމުން ހިލުނު ބަލިގަނޑު އަދިވެސް މައިތިރި ނުވަނީއުތަ. ބަލަގަ ކުރީންވެސް، ވަރަށް އާއްމުކޮށްވެސް ރާއްޖޭގަ ބޭނުންކުރީ އިންޑިއާއިން ގެނެސްގެން، ރާއްޖޭގަ އުފައްދައިގެނެއް ނޫން، އިންޑިއާއިންވިއަސް އަދި އެހެން ޤައުމަކުންވިއަސް ރާއްޖެއަށް ތިބޭސް ލިބޭނެގޮތްވީމަ އެކަމާ ޝުކުރު ކޮށްބަލަ.