ޚަބަރު / ކޮވިޑް-19

ލ. އަތޮޅަށް ދިޔަ ފްލައިޓުގައި ޑޮކްޓަރު އަދާކުރީ އޭނާގެ ޒިންމާ: މެޑިކަލް އެސޯސިއޭޝަން

ޑރ. ސާރިއު: އޭނާ އަށް ފުުރައްސާރަކުރި ފަސިންޖަރުންގެ އަމަލު މެޑިކަލް އެސޯސިއޭޝަނުން ވަނީ ކުށްވެރި ކުރޭ.

ކޮވިޑް-19އަށް މާލެއިން ޕޮޒިޓިވްވި މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހަކު ލ. އަތޮޅަށް ދަތުރުކުރި ފްލައިޓެއްގައި އިންކަމުގެ މައުލޫމާތު އެޗްޕީއޭއަށް ދެއްވި ޑޮކްޓަރު. ސާރިއު އަލި ދީދީ އަދާކުރެއްވީ އޭނާގެ ޒިންމާ ކަމަށާއި އެ ޑޮކްޓަރާ މެދު ފަހުރުވެރިވާ ކަމަށް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން މިއަދު ބުނެފި އެވެ.

މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާއާ ކޮންޓެކްޓްވި މީހަކު ފްލައިޓްގައި އިން ކަމަށް ބުނެ، ސ. މަރަދު އަށް އުފަން ޑރ. ސާރިއު ދެއްވި މައުލޫމާތާ ގުޅިގެން އެ ފްލައިޓް އެނބުރި އައިސް ޖެއްސީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށެވެ.

ފްލައިޓްގައި އިން އަންހެންމީހާ ފޯނުން ވާހަކަ ދައްކަމުން ބުނި ކަމަށް ވަނީ، ޕޮޒިޓިވްވި އަންހެންމީހާ އަކީ އޭނާގެ އޮފީހުގެ އަންހެން މުވައްޒަފެއްގެ ފަހަރި ކަމަށާއި އޭނާގެ އޮފީހަށް ވެސް އެ އަންހެން މީހާ ދިޔަ ކަމަށެވެ. އަދި "ތިމަންނަ ދާން ޖެހޭނީ ހޮސްޕިޓަލް"އަށޭ ވެސް ބުނި އޭނާ ކަމަށް، ޑޮކްޓަރުގެ ދިފާއުގައި، ފޭސްބުކްގައި ދިގު ޕޯސްޓެއް ލިއުނު އެހެން ދަތުރުވެރިޔަކު ބުންޏެވެ.

އޭނާ ލިއުނު ގޮތުގައި އަންހެންމީހާ ދެއްކި ހުރިހާ ވާހަކައެއް އޭނާ އަށް އިވުނެވެ. އޭނާ ވާހަކަ ދެއްކީ ވަރަށް މޮޅު ކަމެއް ކަމަށް ދޭހަވާ ގޮތަށް ކަމަށާއި، އަދި "މިހާރު މިއިނީ ޓެކްސީގައި ކަމަށް" ވެސް ފޯނުން ވާހަކަ ދައްކަމުން ބުނި ކަމަށް، އެފްބީ ޕޯސްޓްގައިވެ އެވެ.

"މި ދަނީ ހޮސްޕިޓަލް އަށް،" އަންހެން މީހާ ބުނި ކަމަށް، އެ ޕޯސްޓްގައި ލިއުނެވެ.

ފަހަތު ގޮނޑިއެއްގައި އިންނެވި ޑރ. ސާރިއު އެ މައުލޫމާތު ދިނީ އެހެން މީހެއް ކަމަށް ވެ އެވެ. އަދި ޑޮކްޓަރު ވަގުތުން، އޭނާގެ އިސް ޑޮކްޓަރުންނަށް އެންގެވި އެވެ. ބޯޓު އަނބުރައިލީ، ކައްދުއަށް ޖައްސަން ފަސް ވަރަކަށް މިނިޓަށް ވެފައި ހުއްޓާ ކަމަށް ވެ އެވެ.

އެ ދަތުރުވެރިޔާ ލިއުނު ގޮތުގައި، ބޯޓު އަނބުރާލީ އެ މީހާ ދެއްކި ވާހަކައާ ގުޅިގެންތޯ، އަންހެންމީހާ، އެހެން ފަސިންޖަރެއް ކައިރީ އެހި އެވެ. ދެން އޭނާ އުޅުނީ ވާހަކަ އޮޅުވައިލަން ކަމަށް ވެސް، އޭނާ ބުންޏެވެ.

"މި ޑޮކްޓަރު އޭނާގެ ދިފާއުގައި ހަމަ އެއްވެސް އެއްޗެކޭ ނުބުނެ އެވެ. ކުރިމައްޗަށް އަރާ ފޮޓޯ ނެގި އިރު ވެސް އެ މާޔޫސްކަމުގައި ތިބީ އެމީހުންގެ އަނގަ ނެތީމައެއް ނޫނެވެ،" ވީއައިއޭ އަށް އެނބުރި އައިސް، ބައެއް ދަތުރުވެރިންގެ އަމަލްތައް ހުރި ގޮތަށް އިޝާރަތްކޮށް، އެފްބީ ފޯސްޓްގައި ލިއެފައިވެ އެވެ.

https://web.facebook.com/photo.php?fbid=10157271314240493&set=a.10154250852010493&type=3&theater

ލ. އަތޮޅުގައި ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގަވަން ދަތުރުކުރެއްވި ޑރ. ސާރިއުގެ ދިފާއުގައި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ބުނީ ހުރިހާ އެންމެންގެ ރައްކާތެރިކަމަށް ސިއްހީ ހިދުމަތްތެރިން ނަގާ ފިޔަވަޅުތަކާ ގުޅިގެން އެ ބޭފުޅުންނަށް ފުރައްސާރަކޮށް ބިރުދެއްކުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި ލ. އަތޮޅަށް ދިޔަ ފްލައިޓުން ޑޮކްޓަރަށް ފުުރައްސާރަކުރި ފަސިންޖަރުންގެ އަމަލު އެސޯސިއޭޝަނުން ވަނީ ކުށްވެރި ވެސް ކޮށްފަ އެވެ.

މަތިންދާ ބޯޓުގައި ދަތުރުކުރާ އިރު ޓެރަރިޒަމްގެ ވާހަކަތަކާއި ބޮމާއި ހަތިޔާރާ ބެހޭ ވާހަކަ ދެއްކުމުން، އެހެން ދަތުރުވެރިން ވަރަށް ސީރިއަސްކޮށް މައްސަލަ ނަގައި، އެބަޔާ ދެކޮޅަށް ފިޔަވަޅު ވެސް އަޅަ އެވެ. ހަމަ އެގޮތަށް މިހާރު ރާއްޖެ ވެސް އޮތް ހާލަތުން، ކޮވިޑް-19 އާ ގުޅޭ ވާހަކަ ދައްކާ އިރު ވެސް ސަމާލުވާން ޖެހެ އެވެ.

މިދިއަ ބުދަދުވަހު މާލެ ލޮކްޑައުންކުރަން އުޅުނު ވަގުތު އެސްޓީއޯ ސުޕަމާޓްގެ ކިއުގައި ހުރި ޑޮކްޓަރަކަށް ދިވެއްސަކު ވަނީ ހަމަލާދީފަ އެވެ. އޭނާ ރުޅިއައީ، ކިއުގައި ހުންނަ އިރު ގައިދުރުކުރަން ޑޮކްޓަރު އިރުޝާދު ދިނުމުންނެވެ.

44 ކޮމެންޓް, 260 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 78%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަނު

19 April 2020

އަންހެން މީހާއަށް އަދަބު ދޭން ޖެހޭ...

The name is already taken The name is available. Register?

ޑރފަލަޑޭ

18 April 2020

އެސްޓީއޯ ސުޕަމާޓްތެރޭ ހުރި ޑޮކްޓަރވެސް ހަމަ މިގޮތައް ކަމާއި ބެހޭފަރާތަކަށް އެންގިނަމަ އެހުރުހާ ކަމެއް ދިމާނުވީސް. ދިވެހި ޒުވާނުން ކޮންބައެއްކަން ނޭގޭ ލަންކާމީހަކަށްވީތީ ދެރައީ

The name is already taken The name is available. Register?

އަލްމާ

18 April 2020

ސެލިއުޓް ޓުދަ ޑޮކް. ހެޔޮދުއާ ސަލާމް

The name is already taken The name is available. Register?

ހާމަ333

17 April 2020

ޑރ.ސާރިއު އަށް އައްޑޫ ކީއްކުރަން ރާއްޖޭގެ ގިނަ ރައްޔިތުން މިއަދު ފަހުރުވެރިވާނެ....މިއަދު ތި ސަލާމަތްކޮށްދިނީ އެތައް ބައެއް އެތައް އާއިލާއެއްގެ ފުރާނަ...މިއީ ހީރޯއިންނަކީ މިއީ ބްރޭވަރީއަކީ....ސެލިއުޓް ކުރަން ތިޔަ ދެއްކެވި ހިއްވަރަށް....ދެން ބަލިވެދާނެ ކަން އެނގިހުރެ ތިޔަ އަންހެންމީހާ ތިމާގެ ބޭޑް ގަޓުދައްކަން ތިކުރީ ނާތަހުޒީބު ދަށުދަރަޖައިގެ އަމަލެއް...

The name is already taken The name is available. Register?

ރަޝީުދު ަ

17 April 2020

ﷲ ހަމްދުހުރި.. ޑރ. އެތާއިންނެވީތީ ކިހާ ބަޔެއް ސަލާމަތް އެވީ.. އެހެން ނޫންނަމަ އެރަށަށް ތިވައިރަސް ވަދެގަންނާނީ.. ނޭގެ ދޯވާނެ ގޮތެއް.. އިތުރު ރަށެއް ލޮކް ކުރަން ޖެހޭނީ..!

The name is already taken The name is available. Register?

ފުރާވަރު ޖިންނިއެއް

17 April 2020

ކައްދޫ ފޯނުރޭންޖު ލިބޭ ހިސާބުގަ އޮންނަ ބޯޓުގަހުރި ފަސިންޖަރަކު ކޮންޓެކްޓްވެފަހުރެގެން ބޯޓު ނުޖައްސާ ގެންދަންޖެހެނީ ކ.މާލެއަށް. އޭގެމާނައަކީ މީހަކު އެކަހެރިކޮށްލެވޭނެވަރުވެސް އެހިސާބުގަނޑުގަ ނެތޭ ހުރިހާކަމެއް މާލޭމީހުން ރަށަށް ފުނިޖަހަނީއޭ އަދިވެސް.

The name is already taken The name is available. Register?

ކީކޭ

18 April 2020

ޙިތައް އަަރާ ވިސްނޭނީ މަރުތައް ގިނަ ވީމަ ބާއޭ؟

The name is already taken The name is available. Register?

އަސްލު

17 April 2020

ތިފަދަ ދަށުދަރަޖައިގެ މީހުންނަށް ޤާނޫނީ ފިޔަޅު އަޅަންޖެހޭ

The name is already taken The name is available. Register?

އަހުމަދު

17 April 2020

ލޮކްޑައުންގެެ ހާލަތުގައި މޯލްޑިވިއަން އަށް ފަސިންޖަރުން ގޮވައިގެން ދަތުރުކުރެވެނީ ކިހިނެއް.

The name is already taken The name is available. Register?

ސްޓާފުން

17 April 2020

ދިވެހިން ނަކީ އެހެން މިހަކުބުނާ އެއްޗެއް ގަބޫލު ކޮއްފިޔާ ދައްބައެއް ގޮތުގަ ދެކުނީމަ ވާނެ ގޮތް ތިޔޮތިފެންނަން ، މުޅިރައްޖެ ރޯދަމަހައް ވަރައް ތައްޔާރައް ތިއްބާ ، އަނެއްކާ އަޑިގަނޑަކައް ވެއްޓުނީ ، ދެންވެސް ސިއްހީއެހީތެރިން ދެއްވާ ބަސް ގަބޫލު ކޮއްގެން ގޭގަތިބެވޭތޯ ބަލާ

The name is already taken The name is available. Register?

އައްސަރިބަހާއި ސާބަސް

17 April 2020

ޑޮކްޓަރުގެ ހިތްވަރު ކަމަށްޓަކައި އައްސަރިބަހާއި ސާބަސް ދަންނަވަން. މި ގައުމު ހަލާކުވެގެން މިދަނީ އަދަބާއި ސަދަބާއި އަޚުލާޤާއި ގޮތާއި ފޮތާއި ގެއްލި ކޮންމެ މީހަކަށް ލިބެގެން އުޅޭ މާ މަތީ ހައްގެއްގެ ސަބަބުން. ކޮންމެ ފަދަ ވާހަކައެއް ދެއްކުމަކީ ހައްގެއް ކަމަށް ދައުވާކޮށް އެކަމަށް އެތައް ބަޔަކު ތަރުބިއްޔަކުރުމުން. ބަޔާނަކުން ފުއްދާނުލައި ޑޮކްޓަރަށް ފުރައްސާކުރި މީހުންނާމެދު ހަރު ފިޔަވަޅެއް އެޅުމަށް ގޮވާލަން.

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
25%
ނުފެނޭ
75%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454