ޚަބަރު / ހެލްތު ޕްރޮޓެކްޝަން އެޖެންސީ

މަރުވި ބިދޭސީ މީހާގެ 66 ކޮންޓެކްޓެއް ހޯދިއްޖެ: އެޗްޕީއޭ

އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އއަފްޒަލް ޕްރެސް ބްރީފިން އެއްގައި ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ ބިދޭސީ މީހާގެ އިތުރު ކޮންޓެކްޓްސް ހޯދަން އަދިވެސް މަސައްްކަތްކުރަމުން އަންނަ ކަމަށް.. ފައިލް ފޮޓޯ

ކޮވިޑް-19ގެ ރާއްޖޭގެ ދެ ވަނަ މަރުގެ ގޮތުގައި ބަލާ ބަންގްލަދޭޝްގެ އުމުރުން 33 އަހަރުގެ މީހާއާ ކޮންޓެކްޓްވެފައިވާ 66 މީހަކު މިހާތަނަށް ދެނެގަނެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސް ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މިއަދު މަރުވި މީހާގެ ކޮންޓެކްޓްސް ހޯދަން އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންވެ އޭނާއާ ކޮންޓެކްޓް ވެފައިވާ އިތުރު މީހުންތަކެއް އަދި ފެނުން އެކަށީގެންވާ ކަމަށް އަަފްޒަލް ވިދާޅުވި އެވެ.

"އޭނާ އަކީ ކަޅުތުއްކަލާ ކޮށީގައި މަސައްކަތްކުރާ މީހެކޭ އަދި އޭނާގެ ކޮންޓެކްޓް ޓްރޭސިން އިން މިހާތަނަށް 66 މީހަކު އަޑެންޓިފައި ވެފައިވޭ. އެހެން ނަމަވެސް އޭނާގެ ކޮންޓެކްޓް ޓްރޭސިން އަދި ދަނީ ކުރިއަށް،" އަފްޒަލް ވިދާޅުވި އެވެ.

މަރުވި މީހާގެ އުމުރަކީ ޑރ. އަފްޒަލް މިރޭ ވިދާޅުވި ގޮތުގައި 33 އަހަރެވެ.

އެނގިފައިވާ ގޮތުގައި އޭނާ އަކީ ކަޅުތުއްކަލާ ކޮށީގައި ތިބޭ ސިފައިންނަށް ކެއްކުމަށް އެ ތަނުގެ ބަދިގޭގައި މަސައްކަތް ކުރާ މީހެކެވެ. ސިފައިންނަށް ކެއުންބުއިމުގެ ކަންކަންކަން ކޭކޭގައި ހަމަޖައްސަނީ ސިފައިންގޭގައި ހަދާފައި އޮންނަ ކުންފުނި ސިފްކޯ އިން ކަމަށް އެނގިފައިވެ އެވެ.

މަރުވި މީހާ އައިޖީއެމްއެޗަށް ގެންދިޔައީ ފިޓް ޖެހިގެން ސެނެހިޔާ ހޮސްޕިޓަލަށް ގެންދިއުމަށް ފަހު އެވެ.

މިއަދު މެންދުރު ފަހު ބޭއްވި ޕްރެސް ބްރީފިންއެއްގައި އައިޖީއެމްގެ އިންޓާނަލް މެޑިސިން ސްޕެޝަލިސްޓް ޑރ. މުހައްމަދު ފައިޝަމް ވިދާޅުވީ ބިދޭސީ މީހާގެ ސިކުނޑި އަށް ވަރަށް ބޮޑަށް ލޭ އަރާފައިވާކަން އެ ހޮސްޕިޓަލުން ހެދި ސީޓީ ސްްކޭނުން ދައްކާ ކަމަށެވެ.

ހަމަ އެ ޕްރެސް ބްރީފިންގައި އައިޖީއެމްއެޗުގެ ޑރ. މޫސާ ހުސައިން ވެސް ވިދާޅުވީ ބިދޭސީ މީހާ މަރުވީ ކޮވިޑް-19 ޖެހި، އެ ބަލި ބޮޑުވުމުގެ ސަބަބުން ކަމަށް ބެލެވޭނެ އެއްވެސް އަލާމާތެއް ނެތް ކަމަށެވެ. ކޮވިޑްގައި ބަލި ބޮޑުވެ، މީހުންގެ ފުރާނަ އަށް އާންމު ގޮތެއްގައޮ ނުރައްްކާ ވަނީ ނިއުމޯނިއާ އަށް ބަދަލުވެ، އޮކްސިޖަން މަދުވުމުގެ ސަބަބުންނެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅުން ހުރި، ލޭ ގަނޑުވެ ސްޓްރޯކް ޖެހުމުގެ ބައެއް ކޭސްތައް އެމެރިކާގައި ރިޕޯޓްކޮށްފައިވާ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުގައި ބުނެފައިވެ އެވެ.

ބިދޭސީ މީހާ ކޮވިޑް-19 އަށް ޓެސްޓްކުރީ މިހާރު އަމަލުކުރަމުން އަންނަ އުސޫލަކީ ބަލިވެގެން ޑޮކްޓަރަށް ދައްކަން ދާ ހުރިހާ އެންމެން ވެސް ކޮވިޑް-19 އަށް އަށް ޓެސްޓްކުރުން ކަމަށްވާތީ އެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ މިހާރު 573 އެވެ. އޭގެ ތެރެއިން ދެ މީހަކު މަރުވި އިރު ހަ މީހަކަށް އަންނަނީ އައިސީޔޫގައި ފަރުވާދެމުންނެވެ.

12 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 79%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލާބަދޫ

06 May 2020

ގިނަ މިނިސްޓަރުންގެ ކާރު ދުއްވަނީވެސް ބިދޭސިން. ޢެހެންވީމާ ތިކަމާ ހައިރާންވާކަށް ނުޖެހޭ. ޗީޕް ލޭބަރ.

The name is already taken The name is available. Register?

މަކުރަމް

06 May 2020

ތި ދިމާވުމުގަ ގިނަވާނި ސިފައިންގެ ބޭކަލުން ނޫންބާ؟ ކީއްކިރަންތަ ސިފައިންގެ ތެރޭގަ ބަންގާޅީން ގެންގުޅެނީ

The name is already taken The name is available. Register?

އާރީ

06 May 2020

ކޭކޭގަ ވެސް ބިދޭސީން ގެންގުޅޭތަ. ތީ ގައުމީ ސަލާމަތަށް ހުރި ހާދަ ބޮނޑް ނުރަށްކަލެކޭ.

The name is already taken The name is available. Register?

Ali Gasim

06 May 2020

ޟީ މީ ލޮކްޑައުން ކޮށްގެން އުޅޭއިރު ވާވަރު ކީއްކުރާނީ ދައުލަތުގެ ހުރިހާ މުއައްސަސާގަވެސް މިބޭފުޅުން އުޅުއްވާތޯ

The name is already taken The name is available. Register?

ހަމްދާން

06 May 2020

ހެލްތު މިނިސްޓްރީ އަދި އެޗްޕީއޭގެ މަސައްކަތްތަށް ރަނގަޅު. އެހެންވީމަ އަދިވެސް މި އޮތީ ކޮންޓްރޯލް ކުރެވިފައި. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ގައުމު ކަމުގައިވާ އެމެރިކާގައި މިހާރު އެއް މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެ ކޮންޓެކްޓް ޓްރޭސިން ވެސް ނެހެދޭ ހިސާބަށް ގޮސް އެވަނީ ކުރީބައިގައި ރަނގަޅު ފިޔަވަޅު ނޭޅުމުގެ ސަބަބުން. އެހެންވީމަ ރާއްޖެއަށް އަދިވެސް އުއްމީދު އެބައޮތް. ތި މަސައްކަތުގައި ﷲ ބަރަކާތްލައްވާށި.

The name is already taken The name is available. Register?

ފަމީހު

06 May 2020

އެހެން ގައުމުތަކާ ދިވެހިންނާ އަޅާނުކިޔޭނެ ސަބަބު. އެހެން ގައުމުތަކުގަ އަމިއްލައަށް މަރުވާ މީހުންވެސް ގިނަ. ސިންގަޕޫރުގަ އަހަރަކު 400. ޕާކިންސަން ބަލިވެސް ގިނަ، އަލްޒޭމަރ ވެސް މި ތަރައްގީ ގައުމުތަކުގަ ގިނަ. މިއީ ހައްތާވެސް އީމާންކަމާ ގުޅުން ހުރި މައްސަލަތައް. ގިނައިން އިސްތިޢުފާރު ކުރީމަ މީހާގެ ކިބައިގަ ހުރި ބޮޑެތި މައްސަލަތައް ހައްލުވާނެ

The name is already taken The name is available. Register?

މައިކް

06 May 2020

ޤައުމީ ދިފާއީބާރު ބަދިގޭގަ ހުސް ބަންގާޅިން މަންޒަރު ވަރަށް ރީތި... މުޅިޤައުމަށް ހުތުރު ....... ކުރިން އެތާގަ ތިބޭނީ ދިވެހިން

The name is already taken The name is available. Register?

ާބައްޕަ މައިކް

06 May 2020

ޢެއީ ކޮންއިރަކު

The name is already taken The name is available. Register?

ރަޓު މީހާ

06 May 2020

ފިޓްޖެހޭ ހިސާބަށް ދާއިރުވެސް ބަލިޖެހިފައި ހުރިކަން ސިއްރު ކުރުމަކީ މައްސަލައެއް. އެމީހާ ގާތުގައި އުޅޭ ބަޔަކަށްވެސް ކަމެއް ފާހަގަ ވެއްޖެނަމަ ލަސްނުކޮށް އަންގަންޖެހޭ. ބިދޭސީ މީހުން ހާއްސަކޮށް ބަނގުލަދޭސް މީހުންގެ މިބައި ވަރަށް ބޮޑު. ބަލި ނެތީ ބޮރޯބަރު ތިބެނީ. ބަލިވެގެން ގޮސް މަރުވާ ނުވާ ހިސާބަށް ދިޔައީމަ ދެން ގޮސް ޑޮކްޓަރަށް ދެއްކީމަ ދެން ޑޮކްޓަރުންނަށްވެސް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ. މާސްކު އަޅުއްވާ. ގިނައިން އަތް ދޮންނަވާ. ގޭގަ ތިއްބަވާ.

The name is already taken The name is available. Register?

އައްޔު

06 May 2020

ދިވެހި ޑޮކްޓަރުން ކޮވިޑް ޖެހުމުގެ ސަބަބުން ނޫންކަމަށް ކޮންކްލޫޑް ނުކުރުން ރަގަޅުކަމަށް ދެކެން އެހެނީ ކޮވިޑް ރިސާރޗްކުރާ ފަރާތްތަކުން ބްލަޑް ގައި ކްލޮޓް ހެދުން ބައެއް ޕޭޝަންޓްއިންނަށް ކުރިމަތި ވެފައިވުމަކީ މީޙުން މަރުވާންޖެހޭ އެއް ސަބަބު ކަމަށް ފާހަގަކޮށްފައިވާތީ.

The name is already taken The name is available. Register?

ޢިޙްސާސް

06 May 2020

ކޭކޭ އެއްކޮށް ޓެސްޓުކުރަން ފެނޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454