އެންމެ އަވަހަށް ވެސް ސްކޫލްތައް ހުޅުވޭނީ އަންނަ މަހުގެ 14 ގައި

ސްކޫލްތަކުގައި ކިޔަވައިދޭން ފެށުމަށް ތިން ސިނާރިއޯއެއް ސަރުކާރުން ވަނީ ހަދާފައި. އެކަމަކު، އޭގެ ތެރެއިން އަމަލުކުރާނެ ސިނާރިއޯއެއް ކަނޑައަޅާނީ ކޮވިޑް-19 އާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާދޭ ޓެގްގެ ނިންމުންތަކަށް ރިއާޔަތްކޮށް ކަމަށް މަބްރޫކް ވިދާޅުވި. އެ ޕްލޭންތައް ފައިނަލް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ގެންދަނީ ކަމާ ގުޅޭ ފަރާތްތަކާ ވާހަކަ ދައްކަމުން.

ކޮވިޑް-19 އިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލްތައް ބަންދުކުރުން ނިމުމަކަށް ގެނެސް އެންމެ އަވަހަށް ވެސް ކިޔަވައިދޭން ފެށޭނީ އަންނަ މަހުގެ 14 ގައި ކަމަށް ސަރުކާރުން ރޭ ބުނެފި އެވެ.


ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެންމެ އަވަހަށް ވެސް ސްކޫލްތައް ހުޅޭނީ ކުރިއަށް އޮތް ބަންދު ދުވަސްތަކަށް ފަހު ކަމަށެވެ. އޭނާ އެ އިޝާރާތް ކުރައްވަނީ މި އަހަރުގެ އެކަޑެމިކް ކަލަންޑަރުގައި ބުނާ ފުރަތަމަ ޓާމްގެ ބަންދު ދުވަސްތަކަށެވެ.

އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމަށް ފަހު ސްކޫލްތައް ބަންދު ކުރާނީ މި މަހުގެ 31 ން އަންނަ މަހުގެ 11 އެވެ. އެ ބަންދަށް ފަހު ދެ ވަނަ ޓާމަށް ސްކޫލްތައް ހުޅުވަން ކަލަނޑަރުގައި ކަނޑައަޅާފައި ވަނީ އަންނަ މަހުގެ 14 އެވެ.

މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން މަބްރޫކް ވިދާޅުވީ، ކޮވިޑް-19 އަށް ފަހު އިއުލާން ކުރާ "ނިއު ނޯމަލް" ގައި ސްކޫލްތައް އެންމެ އަވަހަށް ވެސް ހުޅުވޭނީ ކުރިއަށް އޮތް ބަންދަށް ފަހު ކަމަށެވެ.

"އެހެން ނަމަވެސް ޑޭޓްތައް ފްލެކްސިބްލްކޮށް ބާއްވައިގެން މިނިސްޓްރީން މަސައްކަތް އެ ކުރައްވަނީ. ހުޅުވޭނެ ޑޭޓްތައް ބަލާނީ ކުރިއަށް އޮތް ދުވަސްތަކުގައި ކަންތައް ދާ ގޮތަށް ރިއާޔަތްކޮށް،" އޭނާ ވިދާޅުވި އެވެ.

ރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއާ ހަވާލާ ދެއްވައި މަބްރޫކް ވިދާޅުވީ، ސްކޫލްތަކުގައި ކިޔަވައިދޭން ފެށުމަށް ތިން ސިނާރިއޯއެއް ހަދާފައިވާ ކަމަށެވެ. އެކަމަކު، އޭގެ ތެރެއިން އަމަލުކުރާނެ ސިނާރިއޯއެއް ކަނޑައަޅާނީ ކޮވިޑް-19 އާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) ގެ ނިންމުންތަކަށް ރިއާޔަތްކޮށް ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެ ޕްލޭންތައް ފައިނަލް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ގެންދަނީ ކަމާ ގުޅޭ ފަރާތްތަކާ ވާހަކަ ދައްކަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް އެންމެ އަވަހަށް ހުޅުވިޔަސް ހުޅުވާނީ ކުރިއަށް އޮތް ސްކޫލް ބަންދު ނިމުމަށް ފަހު،" މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދުކުރީ މިދިޔަ މާޗް މަހުގެ ކުރީކޮޅެވެ.

"އެހެން ނަމަވެސް ޑޭޓްތައް ފްލެކްސިބްލްކޮށް ބާއްވައިގެން މިނިސްޓްރީން މަސައްކަތް އެ ކުރައްވަނީ. ހުޅުވޭނެ ޑޭޓްތައް ބަލާނީ ކުރިއަށް އޮތް ދުވަސްތަކުގައި ކަންތައް ދާ ގޮތަށް ރިއާޔަތްކޮށް،" މަބްރޫކް

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު މިހާރު އޮތް ގޮތަށް ބެލުމަށް ފަހު ސަރުކާރުން ނިންމާފައި ވަނީ ލުއިތަކެއް ދެމުން ގެންދިއުމަށެވެ. އެގޮތުން ލޮކްޑައުން އާއި މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގައި މިއަދުގެ ހުކުރު ނަމާދާ އެކު، ޖަމާއަތުގައި ނަމާދު ކުރަން ފަށާނެ އެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން އޮތީ މެދުކަނޑާލައިފަ އެވެ.

ސަރުކާރުން ނިންމާފައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ފިޔަވަހިތަކަކަށް ބަހާލައިގެން ލުއި ދިނުމަށެވެ.

ވެރިރަށް މާލެ އިން ކޮވިޑް-19 ޖެހިފައިވާ މީހަކު މިދިޔަ މަހުގެ 15 ގައި ފުރަތަމަ ފަހަރަށް ފެނުމާ އެކު، މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ ވަނީ އެ ދުވަހުން ފެށިގެން ލޮކްޑައުން ކޮށްފަ އެވެ. އޭޕްރީލް 15 ން ފެށިގެން ފުރަތަމަ 24 ގަޑިއިރަށް މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށް ފަހު، ފަހުން ވަނީ ކޮންމެ 14 ދުވަހަކުން ލޮކްޑައުން ދަންމައިފަ އެވެ. އެންމެ ފަހުން ކަނޑައެޅި ލޮކްޑައުންގެ މުއްދަތު ހަމަވާނީ އަންނަ ބުރާސްފައްޗަށެވެ. އެކަމަކު، ހާލަތަށް ބެލުމަށް ފަހު، އެ ދުވަހުން ފެށިގެން ލޮކްޑައުން އަށް ލުއިތަކެއް ސަރުކާރުން ދޭނެ އެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ ކޮވިޑް-19 އަށް 1،216 މީހުން ޕޮޒިޓިވްވެފަ އެވެ. މިހާތަނަށް ރަނގަޅުވީ 104 މީހެކެވެ. ހަތަރު މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ.