މަޖިލިހުގެ ޖަލްސާއެއް: އެޗްޕީއޭއިން ހުއްދަ ނުދެނީސް މަޖިލީހުގައި ޖަލްސާ ނުބޭއްވޭނެ ކަމަށް ބައެއް ގާނޫނީ ބޭފުޅުންނާއި މެމްބަރުން ވަނީ ވިދާޅުވެފައި -- ފޮޓޯ/މިހާރު
25 މެއި 2020 - 22:36
މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހާޒިރުވެގެން ޖަލްސާތައް ބޭއްވުން ގާނޫނާ ޚިލާފް ކަމަށް ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވެ، އަދި ބައެއް މެމްބަރުން ވެސް އެގޮތަށް ޖަލްސާ ބޭއްވުމާ ދެކޮޅު ހައްދަވައިފި އެވެ.
ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދު ލޮކްޑައުންކޮށް، މަގުތަކަށް ނުކުމެ އުޅުން މަނާކޮށްފައިވާތީ މަޖިލީހުގެ ޖަލްސާތައް މީގެކުރިން ބާއްވަމުން ދިޔައީ މެމްބަރުން ގޭގައި ތިބެގެން އޮންލައިންކޮށެވެ. އެކަމަކު މާދަމާގެ ޖަލްސާ ވަކި ޚާއްސަ އިންތިޒާމެއްގެ ދަށުން މެމްބަރުން މަޖިލީހަށް ހާޒިރުވެގެން ބާއްވާ ގޮތަށް މަޖިލީހުުގެ ރައީސް މުހަައްމަދު ނަޝީދު ވަނީ ނިންމަވައިފަ އެވެ.
އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ޚާއްސަ ފިޔަވަޅުތައް އެޅުމުގެ ބާރު އޮންނަ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އިއުލާން ކުރައްވާފައިވާ ލޮކްޑައުންގެ އުސޫލުން އިސްތިސްނާ ކޮށްފައިވަނީ ސަލާމަތީ ބާރުތަކާއި ސިއްހީ ޚިދުމަތް ދޭ މުވައްޒަފުންނާއި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހުއްދަ ދޭ ފަރާތްތަކާއި އެ ސެންޓަރުން ފާސް ދޫކޮޮށްފައިވާ މީޑިއާތަކާއި ޒަރޫރީ ބޭނުންތަކަށް ފުލުހުން ހުއްދަ ދޭ އާންމުންނަށް އެކަންޏެވެ. އޭގެ ތެރޭގައި މެމްބަރުން ހިމަނާފައެއް ނުވެ އެވެ.
މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެމްބަރުން މަޖިލީހަށް ހާޒިރުވެގެން ޖަލްސާ ބޭއްވޭނީ އެޗްޕީއޭގެ ހުއްދަ ލިބިގެން ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ގާނޫނީ އަމުރުތަކަށް ތަބާވާން ޖެހޭ،" އުޝާމްގެ ޓްވީޓްގައިވެ އެވެ.
މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޗްޕީއޭ ނުވަތަ ފުލުހުން ހުއްދަ ނުދެނީސް، ޖަލްސާ އަށް ހާޒިރު ނުވެވޭނެ ކަމަށް މަޖިލީހުުގެ އިދާރާއަށް މިހާރު އަންގަވާފައިވާ ކަމަށެވެ. އަދި މީގެ ކުރިން އޭނާ ތިމަރަފުށީގައި ހުންނެވުމަށް ފަހު ފުލުހުންގެ ހުއްދައާ އެކު މާލެ ވަޑައިގެން މައްސަލަ މަޖިިލީހުގެ ސުލޫކީ ކޮޮމެޓީން ބަލާފައިވާއިރު، ހުއްދަ ނެތި މަޖިލީހަށް ވަޑައިގެންނެވި މައްސަލަ އެހެން މުއައްސަސާއަކުން ވެސް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނީ ބައެއް ބޭފުޅުން ވެސް ވިދާޅުވީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ހުއްދަ ނުދެއްވަނީސް، މެމްބަރުން ހާޒިރުވެގެން ޖަލްސާތައް ބާއްވާ ނަމަ، އެކަން ހުއްޓުވަން ޖެހޭނެ ކަމަށެވެ. ގާނޫނުގައި ބަޔާންކޮށްފަައިވާ ކަމަކާ ދެކޮޅަށް އެއްވެސް މުއައްސަސާއަކަށް އަމަލު ނުކުރެވޭނެ ކަމަށާއި އެއާ ޚިލާފްވާ ނަމަ، އާންމުންނެކޭ އެއްގޮތަށް މެމްބަރުންނާ މެދު ވެސް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
"ބޭރަށް ނުކުންނަ މެމްބަރުން އަދި މުވައްޒަފުންނާ މެދު ވެސް ފިޔަވަޅު އަޅަން ޖެހޭނެ. އެޗްޕީއޭގެ ހުއްދަ އެ މީހުންނަށް ލިބިގެން އެކަން ކުރެވޭނީ. އަދި ޕްރޮސެކިއުޓާ ޖެެނެރަލް ޖެހޭނެ އެކަން ތަހުގީގުކުރަން ފުލުހުންނަށް ވެސް އަންގަން،" އެއް ވަކީލަކު ވިދާޅުވި އެވެ.
ލޮކްޑައުން އިއުލާން ކުރިއިރު، މާލޭގައި ތާށިވި އެތައް ބަޔަކު ރަށަށް ނުދެވި ތިބިއިރު އަދި ލޮކްޑައުންއާ ޚިލާފްވެގެން އެތައް ބަޔަކު ޖޫރިމަނާ ކުރަމުން ދާއިރު، އެގޮތަށް އަމަލުކުރާ މެމްބަރުންނާ މެދު ވެސް ފިޔަވަޅު އެޅޭނެ ކަމަށް ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
"ގާނޫނުގެ ކުރިމަތީގައި އެންމެން ވެސް ވާނީ ހަމަ ހަމަ،" އެހެން ވަކީލަކު ވިދާޅުވި އެވެ.
މެމްބަރުން މަޖިލީހަށް ހާޒިރުވެގެން ޖަލްސާ ބާއްވަން ނަޝީދު ނިންމެވީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ނުބާއްވައި، މަޑުކުރެވެން ނެތް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރަށް އަންގަވާފައިވާނެ ކަމަށް ވިދާޅުވުމަށް ފަހު އެވެ. އަދި ޖަލްސާތައް ބާއްވާނީ މާސްކް އަޅައިގެން ފަހަރަކު 42 މެމްބަރުން ތަޅުމަށް ވަންނަ ގޮތަށް ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ.
ލޮކްޑައުންގެ އުސޫލާ ޚިލާފްވާ މީހުން ފުރަތަމަ ފަހަރު ޖޫރިމަނާކޮށް އަދި ދެވަނަ ފަހަރު އެކަން ތަކުރާރު ކޮށްފި ނަމަ، ގާނޫނުލް އުގޫބާތުގެ ދަށުން އެ މީހެއްގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގާނެ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. އަދި ލޮކްޑައުންއާ ޚިލާފްވެގެން ބައެއް މީހުން ހައްޔަރު ވެސް ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަޓް ބްރޯ
26 May 2020
ދެން މަށަށް ބުނެވޭނީ "މެކުނު ފުމުނަކަސް ގާހަކަ އަކަށް ނުފުމެވޭނެ"
ޕޮން ޕޮން
26 May 2020
މަޖްލީހަށް ކޮންމެހެން ދާން ޖެހެނީ ކީއްވެބާ... ޖަލްސާ ބާއްވާ ގާނޫނުތައް ފާސް ކުރެވޭ އޮންލައިންކޮށް. ލޮކއޑައުން ކުރިން މަޖއލީހުގަ ގަންނަ ސިއްރު ގަނޑު އާހެ ދި ނިގަނެވޭތީ މަހްލީހުގެ އެތެރޭގަ ސިއްރު ގަޑުތަކެއް ގަންނަން ތޯއްޗެއް.
އަލީ.
27 May 2020
އޮންލައިންކޮށް ގާނޫނެއްްިސްލާހުކުރުމަކީ ކުރަންވާވަރުކަމެއްނޫން.
ސާލިހު
26 May 2020
ގާނޫނުގެކުރިމަތީ އެންމެންވާނީހަމަހަމަ ކުށެއްކޮފިނަމަ ފިޔަވަޅު އަޅަން ޖެހޭނެ ނައަޅާފިނަމަ ކުޑަކުދިންނަށް ކަންތަށްދަސްވަނީ ބޮޑެތިމީހުން ކުރާތަންފެނުމުން ކަމައްވާއިރު ގައުމަށް ތިކަމުގެއަސަރު ވަރައްބޮޑަށްކުރާނެ އެހެންވީމާކުރުމައްވުރެން ރަނގަޅީ މިދެދުވަހު މދުކޮށްލިއްޔާ
ނިރު
26 May 2020
ރައީސް ނަޝީދު ގެ ނިންވެވުން ރަގަޅު. ރައްޔިތުންގެ މަޖިލިސް ތަޅުއަޅުވާފަކާ ނުބޭއްވެވޭނެ.
ވަހުތާން
26 May 2020
ނަށީދު އަދިވެސް ހަރެއް ނުވޭ ހަރުދަނާކަމެއް ނެތީމަ ވާނެގޮތް ވެ ނިމިފަ ކައިރީގަ ރަނގަޅު ތަޖުރިބާހުރި ގާނޫނާ ގަވައިދަށް އިހްތިރާމްކުރާ ދުނިޔޭގަ ކަންހިނގާ އުސޫލްތަކާ މެނުެަލއތައް އެނގޭ މީހުން ލަފާދޭން ނެތުނީމަ ލަގާ މިލިބެނީ ނަށީދށް
ދިއްދޫ ހަންދަރު ޙަސަނު
26 May 2020
ޢަބްދުﷲ ގާޒީ ހައްޔަރކުރީ ކޯޓ އަމުރު ނެތި ޅައެއްޗެއް އެޅީމަ އެވެ މިފަހަރުވެސް ގާނޫނަށް ތަބާވުމެއް ނެތި ކަލެއަށް ވެއްޖެ މަށަށް ވެއްޖެ ކިޔާ ޅާނބު ނުލާ ރުކަށްއަރާ ޅައިހަލަކުން އަޅަން ދިމާ ކުރުމުން ދެރަމީހުންގެ މަލާމާތާ އަވައިނުވާކޮށް އާގަމަ އެބަ މޮށެއެވެ ރަށުތެރޭގަ އަޑު ހުރި ގޮތަށް ބަލާއިރު މުޅި ރަށްގޮވާއަޑު އިވެނީ ހޯހޯ އެވެ ނަށީދު އެވެ ނަށީދަކީ މުސާރަވެރި އެކެވެ ކުރަނީ ބަންޑާރަ މަސައްކަތެވެ ގަވައިދަށް ފެތެން ޖެހެއެވެ އަމިއްލަ ކަންކަން އެގޮތުގަ ކުރޭ
ޖާބިރު
26 May 2020
ބަލަ މަޖީދީ މަގުގެ ފޮތި ފިހާރަތަކާ، ފޯނުވިއްކާ ތަން ތަނާ، ތިލޭރުކަންކުރާ ތަންތަން ހުޅުވަން ހުއްދަދީ، ރޯދަވިއްލަންކަަމަށް ބުނެ ފްރޮންޓްލައިން ސްޓާފުން އެއްތަނަކަށް އެއްވެ ސަކަރާތް ޖަހާއިރު ރައްޔިތުންގެ މަޖިލިސް މަދު މެމްބަރުންނާ އެކު ނުބޭއްވެންވީ ސަބަބެއް ނެތް. ހަމަ އައިޖީ އެމް.އެޗް ގޮތަށް ބޮއްސުންލާފަ އޮތް ކަމެއް ކޮވިޑަކީ. ހަމަ އެތާނގެ އިސް މީހުން މިކަމުގަވެސް.
މުލޭ
26 May 2020
ތިކަންވެސް ކުރަން އޮންނަ ގޮތަށް ރީތިކޮށް ކުރަން އުޅުނީމަ ވާނެ. ގަދަ ބަސް ބުނެގެން ކުރަންޖެހޭ ކަނަކަމެއް ނޫން ތިހުންނަނީ. ގާނޫނު ހަދާ މީހުންނަކީ ގާނޫނަށް ތަބާވާން ނުޖެހޭ ބަޔަކީތަ؟
ޖާބިރު ބޭބެ
26 May 2020
ހަމަ ހުސް އަނގަތަޅާލަން ތިބުނާ ގެއަށް ދާނޭކަމެއްނެތެއްނުންތަ. ކަމެއްކުރާ ބައެއްނޫން. އެއްޗެއް ވިއްކާ ބައެއްނޫން. ރައްޔިތުންނަށް އެއްވެސް ޚިދުމަތެއްދޭ ބައެއް ނޫނީ ތަނެއްނޫން ތިޔަކީ. ފިހާރަތަކުން، ނޫނީ ކެފޭތަކުން ވާ ރައްޔިތުންބޭނުން ވީމަ ބޭނުންވާ އެއްޗެހި ގަންނަން ލިބިދާނެތާ. ތިތަން ހުޅުވައިގެން ރައްޔިތުންނަށް ލިބޭނެ ހަމަ އެކަށްޗެއްވެސް ޖާބިރަކަށްވެސް ނުބުނެވުނެއްނުން. ފުލުހުންވެސް ހުއްދަ ދޭން ވާނީ ޒަރޫރީ ކަންކަމަށް. އަނގަތަޅާލާ ސިނގިރެޓް ބޯކަށްނޫން.
ޖާބިރު ގެ ރައްދު
26 May 2020
ބަޔަކު ކަމެއް ކުރި އޭ ކިޔާފަ ގައުމު ތަމްސީލް ކުރަން ތިބި މީހުން ޖެހޭތަ މިކަން ކުރަން؟ މިހާރު ވެސް މިދަންކަނީ މީހުން ނުހިފެހެއްޓިގެން އުޅޭ ވާހަކަ. އެފަދަ މީހުންނަށް ހިތްވަރު ލިބޭ ގޮތަށް ގާނޫނު ހަދާ މީހުން އުޅޭކަން ނުޖެހޭ. އޭރަށް ކަލޭ ތިކިޔާހެން މަޖުލިސް ވެސް ބޭއްވިއްޔޭ މަށަށް ވެސް ދެވޭނެއޭ ކިޔާ މީހުންތައް އޮބި ނޯންނާނެ
ގަރަހިތަ2
26 May 2020
މާބޮޑު ކަމަކަށް މިކަން ހަދަނީ މީޑިއާއިން. ބަލަ ފުލުން ހުއްދަ ދޭ މިހާރުވެސް އޮފީސްތަކުގެ ވެރިންނަށްވެސް އެއޮފީހެއް ހުޅުވަން. އަދި ދައުލަތުގެ ވެހިކަލް މިހާރުވެސް ނުހުއްޓުވާ ފުލުހުންނެއް. ދެން އެހެންވީމަ، މީގަ ހުއްދައަކަށް އެދުނީމަ ހުއްދަނޭނ ފުލުހުން. ދެން އެއޮތީ އެކަން ނިމިފައެއްނު. ތިބުނާ އެޗް.ޕީ.އޭގެ ހާލަތުގައި މިހާރުވެސް ކޮންމެ ދުވަހަކު ބައެއް މުވައްޒަފުން ހާޒިރުވާ އޮފީސް އެބަހުރި. މައްސލައަކީ ކޮބާ؟ ސިޓީ އަށް ލިބޭނެ ޖަވާބަކީ ރައްކާތެރިވެ ނުކުންނަވަން.
ކޮރަންޓީން
26 May 2020
ސީދާ ދެކޮޅުވެރި ވުމުގެ ގޮތުން ކޮށްފިނަމަ ގޯހެއް. ނަމަވެސް މިހާރުވެސް ބައެއް މުވައްޒަފުން ކޯޓުތަކަށާއި އަދި ސުޕްރީމް ކޯޓަށް ދެވޭ ގޮތައް އޮންނަނީ. ފުލުހުން ބެނެފައެބައޮތް ރަސްމީކޮށް، ގަވރަމެންޓް ވެހިކަލް ނުހުއްޓުވާނެ ކަމަށް ވަނީ ވިދާޅުވެފަ. އެހެންވީމާ، ފުލުހުން ހުއްދަ ދިނީމަ މައްސަލަ ހައްލުވީ. ފުލުހުން ހުއްދަ ދޭ މިހާރުވެސް ވަރަށް ގިނަ ކަންކަން ކުރަން މުވައްޒަފުން ނުުކުންނަން. އެހެންވީމަ ސުރުޚީ އަށް އަރައިގެން މިއުޅެނީ ނަޝީދު ވީމަ. ހަމަޖެހޭ.
އެންދެރި
26 May 2020
މަޖްލިސް ދޮށައް ގާނޫނު ހިމާޔަތް ކުރަން ފުލުހުންނާ ސިފައިން މާދަމާ ނިކުންނަން ޖެހެ އެވެ.