މަޖިލީހަށް ސިފައިން ވައްދާކަށް ނޭދެން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މެމްބަރަކު ނެރުން ފަދަ ކަމަކަށް ސިފައިން ވަޑަައިގަންނަަވަން އެދިވަޑައިނުގަންނަވާ ކަމަށާއި މަޖިލީހުގެ ކަންތައްތައް ނިންމަން ވާނީ މަޖިލީހުން އަމިއްލަ އަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


މަޖިލީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިން ގައި ނޫސްވެރިއަކު ކުރި ސުވާލަަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ މަޖިލީހަށް ސިފައިިން ވައްދަން ޖެހިއްޖެ ނަމަ އެކަން ވާނީ މަޖިލީހުގެ ރައީސްގެ ވަރަށް ބޮޑު ފެއިލްވުމަކަށް ކަަމަށެވެ. އެހެންވީމާ އެގޮތަށް ކަންތައް ނުކުރައްވަން ވަރަށް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ކުޑަކޮށް ވެސް ނޭދެން މި މަޖިލީހަށް ސިފައިން ވަޑައިގަންނަވާކަށް. އަޅުގަނޑު ވަރަށް މަސަައްކަތްކުރާނަން [އެކަން އެގޮތަަށް ނުކުރަން]. އަޅުގަނޑު ދެކޭ ގޮތުގައި އެއީ ދެން ހަމަ ވަރަށް ބޮޑު ފެއިލިއާ އަކަށް ވާނީ މަޖިލީހުގެ ރައީސަކަށް، ބަރުހަތިޔާރާ އެކީގައި މަޖިލީހަށް ސިފައިން ވަންނަން ޖެހުން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެހެން ނަމަވެސް މަޖިލީހަށް ސިފައިން ވައްދަން ޖެހޭ ހާލަތެެއް އައިސް އެގޮތަށް އެކަން ކުރައްވަން ޖެހިދާނެ އެވެ. އެކަމަކު އެގޮތަށް އެކަން ކުރަން ޖެހުން ވާނީ ދެރަ ކަމަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ކުޑަކޮށް ވެސް ނޭދެން މި މަޖިލީހަށް ސިފައިން ވަޑައިގަންނަވާކަށް. އަޅުގަނޑު ވަރަށް މަސަައްކަތްކުރާނަން [އެކަން އެގޮތަަށް ނުކުރަން]. އަޅުގަނޑު ދެކޭ ގޮތުގައި އެއީ ދެން ހަމަ ވަރަށް ބޮޑު ފެއިލިއާ އަކަށް ވާނީ މަޖިލީހުގެ ރައީސަކަށް، ބަރުހަތިޔާރާ އެކީގައި މަޖިލީހަށް ސިފައިން ވަންނަން ޖެހުން،" ނަޝީދު

ސިފައިން ނުވައްދައި މަޖިލީހުގެ ކަންތައްތައް ބެލެހެއްޓޭނެ ކަމަށާއި ސާޖަންޓް އެޓް އާމްގެ އިތުރު މުވައްޒަފުން އެބަ ތިބި ކަމަށް ވިދާޅުވި އެވެ. އެހެންވީމާ މަޖިލީހުން މެމްބަރަކު ނެރެން ޖެެހިއްޖެ ނަމަ ސިފައިން ނުވައްދާ އެކަން ކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސްތަކަކީ (ޕާލަމެންޓް ތަކަކީ) ވަރަށް ބާރުވެރިކަމާ އެކު އަމިއްލައަށް ކަންތައްތައް ނިންމާ ތަނެއް ކަމަށް ވިދާޅުވެ މިސާލެއްގެ ގޮތުގައި ނަޝީދު ދެެއްކެވީ އިނގިރޭސިވިލާތުގެ ހައުސް އޮފް ކޮމަންސް އެވެ. އެކަމަކު ބާރުގަދަކަމުން ކުރި ކަމެއްގެ ގޮތުގައި ގެންނެވީ ވަރަށް ނުބައި މިސާލެކެވެ.

"އަޅުގަނޑުމެންނަށް ދެން މަޖިލީހެއްގެ ސަގާފަތް އެންމެ ބޮޑަށް ދައްކައިދީފަައި އޮންނަނީ [އިނގިރޭސިވިލާތުގެ]ހައުސް އޮފް ކޮމަންސުން. އެބޭފުޅުން އެއް ދުވަސްވަރެއްގައި ތިބި އެ މީހުންގެ ރަސްގެފާނުގެ ބޯ ކަނޑާލައިގެން މަޖިލީހުގެ ބޭރު ފެންސަށް ބޯ ޖަހާލައިގެން، ތިން ހަަތަރު މަސްވަންދެން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މަޖިލީހަކީ މަޖިލީހުގެ ކަންތައްތައް އަމިިއްލައަށް ނިންމަން ޖެހޭ ތަނެއްް ކަމަށެވެ.

ކައުންސިލަރުންގެ ދައުރު ދަންމައިލަން ގާނޫނު އަސާސީއަށް ބަދަލު ގެނައި ޖަލްސާއިން ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ނެރުނު މައްސަލައާ ގުޅިގެން އިދިކޮޅު މެމްބަރުން މަޖިލީހަށް ވަޑައި ނުަގަންވާތީ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ. މަޖިލީހުގެ ދޮރުތައް އިދިކޮޅު މެމްބަރުންނަށް އަބަދުވެސް އޮތީ ހުުޅުވާލާފައި ކަމަށާއި ވަޑައި ނުގަންނަވަނީ ކީއްވެކަން އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މަޖިލިސް މެޖޯރިޓީއަށް ކިތަންމެ ބޮޑު އަޣުލަބިއްޔަތެއް އޮތަސް އަޅުގަނޑު ނުދެކެން މި ދިވެހިރާއްޖެއަކީ އެއް ޕާޓީގެ ގައުމެއް ކަމަކަށް. އަދި ދިވެހިން އެގޮތަށް ދެކޭ ކަމަކަށް ވެސް. އެހެންވީމާ ވާދަވެރި އެހެން ޕާޓީތައް މަޖިލީހުގައި ތަމްސީލުވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ވަރަށް ބޭނުންތެރިކަމެއް. އަޅުގަނޑު ވަރަށް އެދެން އެ ބޭފުޅުން މަޖިލީހަށް ވަޑައިގެންނެވުމަށް،" ނަޝީދު ވިދާޅުވި އެވެ.

ގާނޫނުއަސާސީ ބަދަލުކުރި ޖަލްސާއިން ޝިޔާމް ނެރުމުގައި މަޖިލީހުގެ އެމްޑީޕީ މެމްބަރުން މާރާމާރީ ހިންގި ކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެެ. އެ މައްސަލަ ބަލައި ދިނުމަށް އެދި ޕީޕީއެމް-ޕީއެންސީން ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ. އަދި އެކަމުގައި ނަޝީދާ ދެކޮޅަށް ދައުވާކޮށްދިނުމަށް އެދި ދާދި ފަހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.