22 ޖޫން 2020 - 12:41
ކޮވިޑް-19ގެ ސަބަބުން ގައުމު މިހާރު އޮތް ހާލަތުގައި ހިޔާލު ފާޅުކުރުމަށް ތަންތަނަށް އެއްވުމުގެ ބަދަލުގައި އެހެން ގޮތަކަށް އެކަން ކުރުމަށް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް އިލްތިމާސްކުރައްވައިފި އެވެ.
ނަވާނަވައިން މިއަދު މަޖިލިސް ކައިރީގައި ބޭއްވި އެއްވުމާ ގުޅިގެން، ފައިރޫޝް މިހެން ވިދާޅުވީ މިއަދު އެ އެއްވުން ބާއްވާނެކަން މިދިޔަ ހަފްތާތެރޭގައި އެ ޖަމިއްޔާއިން ވަނި އަންގައިފަ ކަމަށެވެ. އެޗްޕީއޭގެ ގައިޑްލައިނާ ހަވާލާދީ، ފުލުހުން ވަނީ އެ އެއްވުން ބޭއްވުން މަނާ ވެސް ކޮށްފަ އެވެ. އެހެންވެ، މިއަދު އެއްވުން ބޭއްވުމުން ފުލުހުން ވަނީ އެއްވުން ރޫޅާލައިފަ އެވެ.
ފައިރޫޝް ކުރެއްވި ޓުވީޓުގައި ވިދާޅުވީ އަދިވެސް ގައުމު މިއޮތީ ބަލިމަޑުކަމެއްގެ ތެރޭގައި ކަމަށާއި މިއީ މަގުތައް މައްޗަށް މީހުން އެއްވާންވީ ވަގުތު ނޫން ކަމަށެވެ. އެހެންވީމާ ތިން މީހުންނަށް ވުރެ ގިނައިން އެއް ނުވުމަށް ފައިރޫޝް ވަނީ އިލްތިމާސްކުރައްވައިފަ އެވެ.
މި ހާލަތުގައި ހިޔާލުފާޅުކޮށް ބަޔަކަށް ނުވަތަ ކަަމަކަށް އެއްބާރުލުން ދޭން އެދޭ ނަމަ އެއްވުމުގެ ބަދަލުގައި އެހެން ގޮތް ގޮތް ހޯދުމަށް ވެސް ފައިރޫޝް ވަނީ އިލްތިމާސްކުރައްވައިފަ އެވެ.
We are still in the middle pandemic. This isn’t the time to organise demonstrations. So, please don’t gather in groups of more than 3 people.
— Phairoosch, PhD (@fairoosh) June 22, 2020
We would like to ask you all to express your concerns and support in another way except gathering on the streets of Malé.
މާލެ ސަރަހައްދުން ކޮވިޑް-19 ފެނުމާ އެކު ލޮކްޑައުން ކޮށްފައިވާއިރު، ދެ މަސް ދުވަހުގެ ދިގު މުއްދަތަކަށް ފަހު ލޮކްޑައުން އަށް ވަނީ ބޮޑު ލުއިތަކެއް ދީފަ އެވެ. ނަމަވެސް ލުއިތައް ދީފައި ވަނީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ވެސް އަޅައިގެން ބޭރަށް ނިކުމެވޭ ގޮތަށެވެ.
މާސްކް ނާޅާ އުޅުމާއި ތިން މީހުންނަށް ވުރެ ގިނަ މީހުން އެއްކޮށް ތިބުމާއި ތިން ފޫޓަށް ވުރެ ކައިރީގައި ތިބުން އެޗްޕީއޭއިން ވަނީ މަނާކޮށްފަ އެވެ. މިކަން ކަމާ ހިލާފުވާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
22 June 2020
އާއްމު ސިއްޚަތު ރައްކާތެރިކުރުމަށް މުޒާހަރާއަަށް ނުކުތުން ރައްކާތެރިނޫން. އޭގެ ބަދަލުގައި ޓްވިޓަރ، ފޭސްބުކް ފަދަ ތަންތާގައި އެންމެން އެއްފަހަރާ ސްޓޭޓަސް ބަދަލުކޮށް، ނޫނީ ވީޑިއޯ އަޕްލޯޑްކޮށް ނޫނީ ކޮންމެ މީހެއްގެ ވެސް މެއިލްއިން ވަޒީފާގެ ރައްކާތެރިކަން، ބޯހިޔާވެހިކަން، ނާއިންސާފު، މިކަހަލަ އިޝޫސްތައް ފާހަގަކޮށް ދުނިޔޭގެ އިދާރާތަކަށް މެެއިލް ފޮނުވިދާނެ، އެއްފަހަރާ އެތައް ބަޔެެއްގެ މެއިލްދާނަމަ ދުނިޔޭގެ ސަމާލުކަން ލިބޭނެ
ރަގަޅު
22 June 2020
މުޒާހަރާއަކީ މިދުވަސްވަރު ކުރުން ރަގަޅުކަމެއް ނޫން. އެކަމު މިދުވަސްވަރު ބަޔަކު ދަތިކަމެއްގަ އުޅޭނަމަ އެކަމުގެ އަޑުވެސް އިއްވެންވާނެ. ނޫސްތަކުގެ ކޮމެންޓްތައް ހުރޭ ކިތަންމެ ވަރަކަށްވެސް ހިޔާލުފާޅުކޮށްފަ. ޓްވީޓްތައް އޮހޭ. އެކަމު އެއީ އެއްވެސް އަސަރެއްކުރުވާ ކަމެއްހެނެއް ހިއެއްނުވޭ. މުޒާހަރާކުރަން އެންމެ ކުރިން ފެށި ބަޔަކަށް އެނގޭނެ މުޒާހަރާއިން ހާސިލްވާނެ ކަންކަން. އެކަމު މިހާރު އެހަނދާން އެމީހުންނެއް ނެތް އެހެން ބަޔަކު އަޑުއުފުލާ ވަގުތު އައިމަ.
ރަދީފްއޮފިޝިއަލް
22 June 2020
ވެސްޓަން އޮސްޓްރޭލިޔާގެ ޕޮލިސް އެކަޑަމީގަ ބޮޑެތި ޕްރޮފެސަރުން ނަގައިދިން ލެސަންތަކުގަ އެމީހުން ދިނީ މިފަދަ އިރުޝާދުތައްތޯ އަހާލަން ބޭނުން.ވ.ވެދުން
އަޙްމަދު.
22 June 2020
ނަވާނަވައެއް އެހެންނަވައެއް ކިޔާނެކަމެއްނެތް، އެއްބަޔަކަށް މުޒާހަރާ ކުރެއްވެއްޏާމު ދެން ތިބޭ ނަވައިތަކަށްވެސް މުޒާހަރާ ކުރެވެންވާނެ. އެ ހައްގަކީ ހަމައެކަނި ކަލޭމެން ހިތްހަމަޖެހޭ މީހުންނަށް އޮންނަ ހައްގަކަށް ވެގެންނުވާނެ.
ވަހީދު
22 June 2020
3 ފޫޓުގެ ދުރުމިން ބަހައްޓައިގެން ތިބެ މަގު ތަކުގައި ވެސް މުޒާހަރާ ކުރެވެންވާނެ ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް ދަތިނުވާ ގޮތަށް. އެކަމަކު އެފުޞަތުދޭން އެއިރެއްގެ އޮންނަ ސަރުކާރަކުން ފުރުޞަތެއް ނުދޭނެ. ފުލުހުން ވެސް އެމީހުންގެ ވެރިން އަންގާ ގޮތަކަށް ކަންކުރަން ހަދައިގެން ރައްޔިތު މީހާއަށް އެފުރުޞަތު ހަނި ކުރޭ.
ވައަތުފުއްކިނބަ
22 June 2020
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިރުޝާދުގެ ދަށުން ތިޔަ މުޒާހިރާ ކޮއްފައިވާނަމަ އެއީ މައްސަލައެއް ނޫން ކަމުގައި ދެކެން.
ނޫވިލު
22 June 2020
ތިބުނާކަންކަން އެކުލެވުނީމަ އެއަށް މުޒާހަރާއެކޭ އަހަރެމެން ނުކިޔާނަން. މީކީ އޮންލައިން ވިޔަފާރިއެއްނޫނޭ.
އެއްކަލަ ސޮރު
22 June 2020
މުޒާހަރާކުރުމަކީ ގަވައިދުގެ ތެރެއިން ކުރެވޭނެ ކަމެއް ނޫން. ބަޔަކަށް އުނދަގޫ ނުވާ ގޮތަށް މުޒާހަރާ ކޮއްގެން ފައިދާ އެއް ނުވާނެ. ދެރައީ ހޯމަ ދުވަހެއްގެ ދުވާލު ތިކަން ކުރީމަ. ތިކިޔާ މުސާރަ ނުލިބޭ މަސައްކަތް ތެރީން މިތިބީ ޑިއުޓީގަ. ތިތަނަށް ދެވޭނީ ވަޒީފާ ނެތް މީހުނަށް.
ބައިރޯ
22 June 2020
ތިކަން ދެން އޮންލައިންކޮށް ކޮށްބަލަ
ބަބުރުލް ސަލީމް
22 June 2020
ތިކަން މިހާރު ކުރާންވީ ޒޫމްމެދުވެރިކޮށް. މިހާރު ޒޫމްމެދުވެރިކޮށް ނުކުރެވޭނެކަމެއްނޯންނާނެ.