"ނަވާނަވައި" އިން މިއަދު މަޖިލިސް ކައިރި ކުރި މުޒާހަރާ ރޫޅާލުމަށް ފުލުހުން ހަރަކާތްތެރި ވަނީ-- ފޮޓޯ: ނަވާނަވައި
22 ޖޫން 2020 - 10:25
"މަޖިލިސް ހޭލައްވާ" ގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރިއަށް މިއަދު ހެނދުނު އެއްވެ މުޒާހަރާ ކުރަން އުޅުމުން ފުލުހުން ބާރުގެ ބޭނުންކޮށް މުޒާހަރާގެ ބައިިވެރިން ފަހަތަށް ޖައްސައިފި އެވެ.
ސިޔާސީ، އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ރައްޔިތުން ބާރުވެރިކުރަން މަސައްކަތް ކުރާ ވާތުފިޔައިގެ ސިޔާސީ ހަރަކާތެެއް ކަމަށްވާ "ނަވާނަވައި" އިން ހެނދުނު 8:30 ހާއިރު މުޒާހަރާ ކުރަން ފެށީ މަޖިލީހުގެ އިދާރާގެ ކުރިމަތީގަ އެވެ. ގާތްގަނޑަކަށް 10 މީހުން އެއްވެ އަޑު އުފުލަން ފެށުމުން ގިނަ އަދަދެއްގެ ފުލުހުން ގޮސް، އެ މީހުން އެ ސަރަހައްދުން ނެރުނެވެ.
"ނަވާނަވައި" އިން މިއަދު މަޖިލިސް ކައިރި ކުރި މުޒާހަރާ ރޫޅާލުމަށް ފުލުހުން ހަރަކާތްތެރި ވަނީ-- ފޮޓޯ: ނަވާނަވައި
އޭގެ ތެރެއިން ބައެއް މީހުން ނެރުމުގެ ތެރޭގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތައް ހިނގި އެވެ. ބައެއް މީހުން އެ ސަރަހައްދުން ދުރަށް ގެންދިޔައީ ހަތަރެސްފައިގައި ހިފައި، ގަދަކަމުން އުފުލާލައިގެންނެވެ. ނަމަވެސް މުޒާހަރާގެ އެއްވެސް ބައިވެރިއަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.
މަޖިލިސް ކުރާ ގޭގޭ ކުރިމަތީގައި ތިބި މީހުން ދުރަށް ޖެއްސުމުން ދެން އެ މީހުން އެއްވީ ހޮޓެލް ޖެންގެ ކަންމައްޗަށެވެ. އެތަނުގައި ތިބެ އަޑު އުފުލުމުގެ ފުރުސަތު ދިނެވެ. އެއްވުމުގެ ބައިވެރިން ވަނީ ވިޔަފާރިވެރިން، މުވައްޒަފުންގެ ހައްގުތައް ނުދޭއިރު އެކަންކަން ބެލުމަށް މަޖިލިސް ނުކުޅެދިފައިވާ ކަމަށް ބުނެފަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ބަދަލުގައި "މަހުޖަނުންގެ މަޖިލީހެއް" ކަމަށް މުޒާހަރާގެ ބައިވެރިން ގޮވި އެވެ.
More and more people are being forced into homelessness, having to survive with no income, living with extreme distress. But what's the Maldivian State's priority? Send @PoliceMv to brutally stop protesters trying to uphold the State accountable#MajlisHeylavvaa #AniyaNukuraashey pic.twitter.com/hw7hLfidM5
— ނަވާނަވައި (@navaanavai) June 22, 2020
މުޒާހަރާގެ ބައިވެރިއެއް އުފުއްލާލައިގެން ނެރެނީ
މުޒާހަރާ ކުރި އެންމެން ވެސް ތިބީ މާސްކު އަޅައިގެންނެވެ. ނަމަވެސް އެއްވެ ތިބިއިރު ގައިދުރު ކަމެއް ނުބަހައްޓަ އެވެ. އެ މީހުން ތިބީ މަސައްކަތްތެރިންގެ ހައްގުތައް ހޯދައި ދިނުމަށް ގޮވާލައި ލިޔެފައިވާ ބޯޑުތަކާއި ބެނާތައް ހިފައިގެންނެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކޮށްފައިވާއިރު، މުޒާހަރާ ކުރުމާއި އެއްވެ އުޅުމަކީ މަނާ ކަމެކެވެ. މި އެއްވުން ބާއްވާނެ ކަން އިއުލާން ކުރުމުން ފުލުހުން ކުރިން ވެސް ވަނީ އެކަން ނުކުރަން އަންގައިފަ އެވެ.
އެ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ އަހްމަދު މުހައްމަދު (ފޯމީ)، ބުނީ، މަދުބައެއް ހައްގު ހޯދަން މުޒާހަރާ ކުރުމުން ގިނަ އަދަދެއްގެ ފުލުހުންތަކެއް ގޮސް ބާރުގެ ބޭނުން ކުރުމުން އެނގުނު އެއްޗަކީ އަދިވެސް އުސޫލުތައް ބަދަލުނުވާކަން ކަމަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން ޕްރޮމޯޓް ކޮށްފައި ބޭއްވި މުޒާހަރާއަކަށް މަދު ބަޔަކު ދިޔައީ ކީއްވެގެންތޯ ސުވާލު ކުރުމުން ފޯމީ ބުނީ، އޭގެ ސަބަބަކީ ކޮވިޑް-19ގެ ބިރާއި ވަޒީފާގެ ބިރު ކަމަށެވެ. ބައެއް މީހުންނަށް މުޒާހަރާ އަށް ދާން ނުކެރުނީ އެ މީހުންގެ ވަޒީފާ ގެއްލޭނެތީ ކަމަށް ވެސް އޭނާ ބުންޏެވެ.
"މިއީ ވަރަށް ގިނަ ދުވަހަށް އަޅުގަނޑުމެން ކުރާނެ ކަމެއް. އަޅުގަނޑުމެންގެ މަގުސަދަކީ މަސައްކަތްތެރިން ބާރުވެރި ކުރުން. އެކަން ވާނީ ވަރަށް ގިނަ ދުވަހުން. އަޅުގަނޑުމެން ފުރަތަމަ އެމްޑީޕީގެ މުޒާހަރާ ފެށިއިރު މިއަށް ވުރެ ބައިމަދު. މިއަދު އެކަމަކު ތަފާތު ދެއްތޯ؟ އެހެން ވީމައި މިއީ މައްސަލައެއް ނޫން،" ފޯމީ ބުންޏެވެ.
"ނަވާނަވައި" އިން މިއަދު މަޖިލިސް ކައިރި ކުރި މުޒާހަރާ ރޫޅާލުމަށް ފުލުހުން ހަރަކާތްތެރި ވަނީ-- ފޮޓޯ: ނަވާނަވައި
- ރިސޯޓުތަކުގެ ކުލި ދެއްކުން ފަސް ކޮށްދިން އިރު ވެސް މުވައްޒަފުންނަށް މުސާރަ ނުދޭތީ އެކަމަށް އިންސާފު ހޯދައި ދިނުން.
- ކުލި ނުދެއްކިގެން މަގުމަތިވާ މީހުންނަށް ގޮތެއް ހޯދައި ދިނުން.
- ވިޔަފާރި ފައިދާ އަށް ވުރެ އިންސާނީ ހައްގު އިސްކުރުން.
- މަސައްކަތްތެރިންނަށް ބޭރުން ދިން އެހީ އަވަހަށް ދިނުން.
- ވަކި ބަޔަކާ ދެކޮޅު ނޫން ކަމަށާއި ދެކޮޅީ ސިސްޓަމާ ކަމަށް ބުނުން.
- ގުޅިފަޅު ހިއްކުމަކީ ގޯހެއް ކަމާއި އެކަން ހުއްޓާލުން.
މުޒާހާގެ ބައިވެރިންގެ ކައިރިން، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ވަޑައިގެންނެވި ވަގުތު އެ މީހުން ވަނީ ސަރުކާރުން އޭނާ އަށް ދީފައިވާ ވ. ބޮޑުމޮހޮރާ އަތުލުމަށް ވެސް ގޮވާލައިފަ އެވެ. އަދި އެމްއެމްޕީއާރުސީ މެދުވެރިކޮށް ދީފައިވާ ރަށްތައް އަތުލުމަށް ގޮވައިލި އެވެ. މެގަ ފޯނުން ގޮވަމުން ދިޔައިރު އެ ކަމަށް ޖާބިރު އަޅައެއް ނުލެއްވި އެވެ.
ގާތްގަނޑަކަށް ގަޑިއިރެއްހާއިރު، އަޑު އުފުލުމަށް ފަހު އެ މުޒާހަރާ މެދުކަނޑައިލީ އަނެއްކާ ވެސް މިއަދު މެންދުރު އެއްވާނެ ކަމަށް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން މަނިކު
23 June 2020
ކޮބާ ؟؟؟؟ ފުރީޑަ މް އޮފް އެކްޕުރެސަން .. ފެއިލް ޕޮލިސް..... އަންއާ މް 2......3 އްޓިވިސްޓުން ގެ ފަހަތުން އިއްޔެ 10...12 ޕޮލިހުން އުޅުނުގޮތުން ޤައު މުގެ ހާލަތު ވިސްނޭ........ .
ބިލްބާބު
23 June 2020
މިބައި މީހުންގެ މަގުސަދަކީ ބޭރުގެފަންޑު ހޯދުން. މިއީ ސިސްޓަރ އެއް ކުރިން އުޅުނު ޖަމާތުގެ. ދެން މިހެޑުލަންތައް ފޮނުވާލީމަ އެވީ
ޔާސްމީން
23 June 2020
މިހާރު މީހުން އެއްވެ އަނެއް ފަހަރު ބޮޑު ލޮކްޑައުން އަކަށް ދާންޖެހުނީމަ ދެން އޮންނާނީ ތިބުނާ ވަޒީފާތަކާ ހައްޤުތަކާ ލިބިފަ. ކޮންމެކަމަކަށްވެސް ވަގުތެއް އޮންނާނެ. ހައްޤަކީ ހުރިހާ އެންމެންގެ އެއްޗެއް. ވަކި ބައެއްގެ އެއް ނޫން.
ވަސްމޯ
23 June 2020
ޤާނޫނުން ލިބިދޭ ހައްޤު ހޯދަދުމުގެ ނަމުގައި ޤާނޫނާއި ގަވާއިދު މުގުރާލަނީތޯ؟ ޤްރީން ޒޯނުގައި ޖެހޮޖެހިގެން ދެފަހަރު މިމައަލު ތަކުރާރުކޮށްފި.
ޒުއްނޫރު
23 June 2020
މިއީ އެހެންބަޔަކު ކުރިކަމެއްނަމަ ދައުވާކޮށް ޖަލަށްލީސް އެކަމަކު ވާތިފިޔާގެ ބޮޑާ އަންނިގެ ހިމާޔަތުގައި ތިބި ބައެއްވީމަ މިމީހުން އުޅެނީ ޤާނޫނަށް ވުރެން މަތީގައި.
ފުލެޓް ނުލިބޭ ތުރާކުނު އަލީ
23 June 2020
ކެނެރީގޭ ނަޝީދުގެ ސިޔާސީ ހަޔާތް ނިމިގެން ދާނީ މި ދިވެހިރާއްޖެ އަށް އުފަންވި އެންމެ ހުދު-މުހުތާރު ، ވެރިކަމަށް ދަހިބޮޑުވެ. ދެކުނު އޭޝިޔާގެ މުގާބޭގެ ލަގަބާއެކީ.. ވަރަށްސަލާމް.
ހިބަރުވަދު
22 June 2020
ރައްޔިތުންނޭ ކިޔައިގެން 10 މީހުން އެއްވުންމަނާ ސަރަހައްދަކަށް ނުކުތީމަ ފުލުހުން އެކަން ހުއްޓުވާނެއެވެ. ފުލުހުންތިބީ ޤާނޫނު ތަންފީޛުކުރާށެވެ. އުސްފަސްގަނޑަށް އެއްވިނަމަ ފުލުހުން ބާރުގެ ބޭނުމެއް ނުކުރީހެވެ. ކޮންމެހެން ރައްޔިތުންނޭ ކިޔައިގެން ރައްޔިތުންގެ ބޮލަށް ކަނޑާނެކަމެއްނެތެވެ.
މަޒް
23 June 2020
ރައްޔިތުންނޭ ކިޔާގެން އެންމެ މީހަކަށްވެސް ބަސް ބުނުމުގެ ހައްގު އަދި އެއްވުމެގެ ހައްގުވެސް އެބަ އޮތް.. ރައްޔިތުންގެ ހައްގުގައި ވާހަކަ ދެއްކެނީ ހަމަ އެކަނި އަންނި ނުވަތަ ޔާމީނަށްތަ؟
ރިމާހު
23 June 2020
ތިޔައީ އަންނިގެ ޕަޕެޓުން. އެންޑީއެންގެ ބައިވެރިން ސަމާލުކަން ހޯދާ ހެޑްލައިން ހަދާގެން ބޭރުން ފަންޑު ހޯދަން އުޅޭ ބައިގަޑެއް. ހައްޤޭ ފަޅޯލޭ ކިޔާގެން
ބޮޑުމީހާ
22 June 2020
މަސައްކަތްތެރިންގެ ހައްގުތަކާއި، ނާއިންސާފުން ގައުމުގައި ހިގާ ކަންތައްތައް ރަގަޅު ކުރެވޭނީ ބަސްބުނެ، މުޒާހަރާކޮށްގެ. އެ ކުލި ނުދެއްކި، ވަޒީފާއިން ވަކިކޮށްފައިވާ އެތައް ބަޔަކު އެބަތިބި. ރާއްޖެތެރެ މާލެ ތަފާތުކުރުން އިންތިހާ. މިކަންތައް ހަމައަކަށް އެޅުވޭނީ އެންމެން އެކައްޗެއް ކިޔައިގެން. އެމީހުންގެ ހިތްވަރަށް ސާބަސް. ކޮވިޑް ކަންތައް ނެތްނަމަ ގިނަ ބަޔަކު ބައިވެރިވީސް!
ގެދާނޯމޮސް
22 June 2020
ދިހަވަރަކަށް މީހުން މައިތިރި ކުރަން ޑެލްޓާފޯސްއެއް ނެރޭނީ ބޭކާރުވެފަ ކަމެއްނެތީ މަހެއްޔެވެ. ފުލުހުންގެ ޑިޕާރޓް މަންޓްތަކުގަ ރައްޔިތުންގެ ކިތަށްސިޓީ ޖަވާބެއްނުލިބި ވޭތޯއާއި ކިތަށް ފައިލް ކޭސްތައް މޭޒުމަތީ ބާއްވާއި ޑިއުޓީ އަށް ނުކުމެ ގޮސްކްލާސްތަކުގަ ގޭގައި އަމިއްލަ ކަންކަމުގަ ތިބިތޯ ބަލަން އުޅޭނީ ކާކުހެއްޔެވެ. ނުވިތާކަށް ރައްޔިތުންގެ އަޑުކަނޑުވާލަން ފޫގަޅާފައެވެ.
ފޫޟި
22 June 2020
ޙިޔާލު ފުކިރުމަށް ވަކާލާތުކޮށް މުޅި މާލެ އެފުއްމިފުށަށްޖެހި ނަޝީދު މިއަދު އެހެން ބަޔަކު ހިޔާލުފާޅުކުރަން ދެކޮޅު. ޑިމޮކޮރަސީގެ އައްޕަ.