މެމްބަރު ރޮޒައިނާ: މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރުކަމުން ވަކިކުރަން ހުށަހަޅާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނޭ.---ފޮޓޯ: މިހާރު
22 ޖޫން 2020 - 13:26
މަޖިލިސް ކައިރީގައި މިއަދު ނަވާނަވައިން ބޭއްވި އެއްވުން ފުލުހުން ރޫޅާލުމުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މޫސާ ސިރާޖާއި އައްޑޫ މީދޫ ދާއިރާގެ ރޮޒެއިނާ އާދަމް ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.
ނަވާނަވައި ޖަމިއްޔާއިން "މަޖިލިސް ހޭލައްވާ"ގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރިއަށް މިއަދު ހެނދުނު ވަނީ އެއްވެފަ އެވެ. އެކަމަކު ފުލުހުން ވަނީ އެ މީހުން މަޖިލިސް ކައިރިން ފަހަތަށް ޖައްސައިފަ އެވެ.
ނަވާނަވައިގެ އެއްވުން ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ބުނެ އެ ޖަމިއްޔާއިން ކޮށްފައިވާ ޓުވީޓެއް ރިޓްވީޓްކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ ހިޔާލު ފާޅުކުރަން ނިކުތީމަ އެކަމަށް ހުރަސްއަޅައިގެން ނުވާނެ ކަަމަށެވެ.
"އޭރު ވެސް މިހާރު ވެސް އަޅުގަނޑު މިކަމާ [ހިޔާލު ފާޅުކުރުން ހުއްޓުވުމާ] ދެކޮޅު. ހިޔާލު ފާޅުކުރަން ނިކުތީމާ އެކަމަށް ހުރަސްއަޅައިގެން ނުވާނެ. ބާރުގެ ބޭނުން ކުރަންޖެހޭނީ ބާރުގެ ބޭނުން ހިފަންޖެހޭ ހާލަތު އުފެދިފަ އޮންނަ ހާލަތުގަ އެކަނި،" މޫސާ ސިރާޖު ވިދާޅުވި އެވެ.
އޭރުވެސް މިހާރުވެސް އަހަރެން މިކަމާ ދެކޮޅު. ހިޔާލު ފާޅުކުރަން ނިކުތީމާ އެކަމަށް ހުރަސްއަޅައިގެން ނުވާނެ.
— Moosa Siraj (@MoosesSiraj) June 22, 2020
ބާރުގެ ބޭނުން ކުރަންޖެހޭނީ ބާރުގެ ބޭނުން ހިފަންޖެހޭ ހާލަތު އުފެދިފަ އޮންނަ ހާލަތުގަ އެކަނި. https://t.co/YfZqRZlxKn
މި އެއްވުން ރޫޅާލުމަށް ފަހު އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވެސް ވަނީ މި ހާލަތުގައި އެއްވުމުގެ ބަދަލުގައި ހިޔާލުފާޅުކުރުމަށް އެހެން ގޮތެއް ހޯދުމަށް އިލްތިމާސްކުރައްވައިފަ އެވެ. ފައިރޫޝްގެ ޓުވީޓް ރިޓުވީޓް ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ލޮކްޑައުން ނޫން ހާލަތްތަކުގައި އެއްވެއުޅުމުގެ ހުއްދަ ލިބެން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ހުއްދަ ދޭން ވާނީ ގައިދުރުކުރުމާއި މާސްކު އެޅުން ފަދަ އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ލިބެން ޖެހޭނެ އެއްޗެއް ކަމަށާއި އެއްވުން ހުއްޓުވުމުގެ ބަދަލުގައި ރައްކާތެރި ގޮތަކަށް އެއްވާނެ ގޮތުގެ އުސޫލެއް ކަނޑައަޅައި ފުލުހުން އެ ފުރުސަތު ދިން ނަމަ މާ ރަނގަޅުވީސް ކަމަށެވެެ.
As long as we aren’t in lockdown, I believe demonstrations shud b allowed, with social distancing, masks & whatever guidelines HPA provides. Freedom of expression & assembly is a constitutional right. Wud’ve been better if police provided a guideline 2follow 4protesting safely. https://t.co/pja5AJ04Hh
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) June 22, 2020
ރޮޒައިނާ މިހެން ވިދާޅުވި ނަމަވެސް މާލެ ސަރަހައްދުން ކޮވިޑް-19 ފެނުމާ އެކު އިއުލާން ކުރި ލޮކްޑައުން އަދި އުވާލައިފަ އެއް ނުވެ އެވެ. ލޮކްޑައުން އަށް ދީފައި ވަނީ ބޮޑެތި ލުއިތަކެކެވެ. އެޗްޕީއޭއިން ހާއްސަ އުސޫލުތަކެއް ކަނޑައަޅާ އާންމުކޮށްފައިވާއިރު މި ދުވަސްވަރު މަގުމަތީގައި މާސްކު ނާޅާ އުޅުމާ ތިން ފޫޓަށް ވުރެ ކައިރީގައި ތިބުމާއި ތިން މީހުންނަށް ވުރެ ގިނަ މީހުން އެއް ތަނަކަށް އެއްވުމަކީ އުސޫލާ ހިލާފް ކަންކަމެވެ. އެފަދަ ކަންކަމަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ނަވާނަވައިގެ އެއްވުން ބާއްވާނެ ކަން މިދިޔަ ހަފްތާގައި އިއުލާން ކުރި އިރު އެ މީހުން ބުނީ އެއްވުން ބާއްވާނީ އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން އެންމެން ވެސް ތިބޭނީ ތިން ފޫޓު ދުރުގައި ކަމަށް ބުނެފައި ވެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
24 June 2020
މީހައްތާވެސް ސްޓަންޓް މަޖުލީހުން މިހާރުކުރާކަމަކީ މުސާރަނަގައިގެން ޗަރުކޭސްކުޅުން
އިބިރިހިންބެއްޔާ
23 June 2020
ބަލަ މަހީކުރީ އެ 10 ބޭފުޅުންނަށް "ގައިދުރު" ކޮށް ތިބެވޭނެ ގޮތް، ފުލުހުން ރާވާދެއްވާ އެހީތެރިވާނީ ކަމަށް. ނަމަވެސް މިފެނުނީ "އެއްކަލަ ބޯއި" ޖައްސާ ކަހަލަ ސްޓަންޓް ކަބަލަކު ޖެއްސިތަން. އަނެއްކާ ރައީސުގެ އަގުވައްޓުވަން ޖެއްސި ސްޓަންޓެއްބާ؟
ތަޢުލީމް
23 June 2020
މިއީ އެަްވާން ފުރުޞަތު ދޭންވީ ވަގުތެއްނޫން. ބަލިން އަރައިނުގަނެވި އެންމެންގެ ޞިއްޙަތަށް ނުރައްކާ ކުރުމަށް ފުރުޞަތު ދެވިގެން ނުވާނެ. މިފަދަ ފުރުޞަތުދެވޭނަމަ މިޤައުމުގެ ޙާލަތު އެމެރިކާގެ ޙާލަތަށް ބަދަލުވެދާނެ.
ގެދާނޯމޮސް
22 June 2020
ތީ ޕާޓީގެ އެތެރެއިން ޖައްސާ ސްޓަންޓެކެވެ. ގާނޫނަށް ބަދަލު ގެނައުމާއި ވެސް ބަޔަކު ނުރުހުން ދެއްކިއެވެ. ކޮންތާކު ޖެހުނީ : ތީ ހަމަ ރައްޔިތުން ގެ ލޮލުގަ އަޅުވާ ގަލައަނދުނެކެވެ.
ބޮޑުމީހާ
22 June 2020
ސަރުކާރުތައް ހަމައަކަށް އެޅޭނެ ރައްޔިތުން މުޒާހަރާކޮށްގެން. ބޯހިޔާވެހިކަން ނުލިބި ކުލި ދައްކައިގެން ކިތައް އާއިލާ އެބައުޅޭ. މިއެންމެން އެއްފަހަރާ ސަރުކާރަށް ޑިމާންޑްކުރާނަމަ އަވަސް ފިޔަވަޅު އަޅަން މަޖުބޫރުވާނެ. ވޯޓް ދީ ހޮވާފަ ގޮސް ޕާޓީ ޖަގަހައިގަ އޮތަސް އަދި ހައްލެއް ނެތް. އެހާ އިޚްލާސްތެރި ސިޔާސީ މީހުން މިގައުމުގަ ނެތް
އަލީބަލީ
22 June 2020
ރައީސް އޮފީ، ޕޮލިސް، ސިފައިންގެ، މަޖިލިސް ކައިރިއަށް އެއްވުން މަނާކޮށްފައި އޮންނަ ގަވައިދު އުވާލަންވީނު ފުރަތަމަ؟ އެވަރު ނޭގޭ މެންބަރުން މަޖިލީހުގައި ތިބުމަކީ ދެރަ ކަމެއް!
ބައިރޯ
22 June 2020
އަސްލުވެސް ހަމަ ހިތުގަ އޮތްއެތިތަ ތިވިދާޅުވީ
ހާސަރިން
22 June 2020
އެންމެ 10 ކުދިން ތިބި އެއްވުމެއް އަނިޔާވެރިކޮށް ރޫޅާލުމަކީ މި ސަރުކާރުން ލަދުގަންނަންޖެހޭނެ ކަމެއް. އެންމެންގެ ހައްގުތައް ކަށަވަރު ކުރުމާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަން އެންމެ ބޮޑަށް ދައުވާކުރި މީހުންގެ ސަރުކާރުގައި އެކަން ކުރިޔަ ނުދިނުން އެއީ ބޮޑު ލަދުހުތުރެއް. އެކަމު ލަދެއް ނެތް ސަރުކާރެއްވީމަ ވާނެ ގޮތަކީވެސް ތިއީ..
ފަނުދުންމާރި
22 June 2020
އެމް،ޑީ،ޕީ ތަ ވެރިކަމުގައި އޮތީ. ޝައްކު މިހާރު. އެއްވުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރި ބޭފުޅާ ، މުޒާހަރާ ކުރިތަން ބެލުމަށް ފަހު އަޅައެއް ނުލި. ލަދު ދޯ....
ނިރު
22 June 2020
އެމްޑީޕީން މުޒާހަރާ ކުރީކީ ކުރީބާގަ ބުނެ ހުއްދަ ހޯދާގެނެތް ނޫން .. ހީވަނީ މުޒާހަރާއެއް ކޮއްލާއިރަށް ވެރިކަން ވެއްޓިދާނެހެން...