އޮކްޓޯބަރު 3، 2025: މުޒާހަރާގެ ބައިވެރިންނަށް ހުރަސްއަޅަން ފުލުހުން ޕެޕާ ސްޕްރޭ ޖަހަނީ: ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހުންނަށް ފިޔަވަޅު އެޅި ކަމަށް ފުލުހުން ބުނި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
04 އޮކްޓޯބަރ 2025 - 12:53
އެމްޑީޕީން މާލޭގައި ރޭ ބޭއްވި މުޒާހަރާ ރޫޅާލުމަށް ތޫނު އަޑު ފޮނުވާ ހަތިޔާރެއް ފުލުހުން ބޭނުންކުރި މައްސަލަ ފެންމަތިވެއްޖެ އެވެ.
ތޫނު އަޑު ފޮނުވުމަށް ފުލުހުން ބޭނުންކުރީ ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ކިޔާ ސޮނިކް ވެޕަން އާލާތެކެވެ. ފުލުހުން އެ އާލާތް ބޭނުންކުރާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
އެލްއާރުއޭޑީއަކީ މުޒާހަރާތައް ކޮންޓްރޯލް ކުރަން އެކި ގައުމުތަކުގައި ބޭނުންކުރާ ނޮން-ލީތަލް ހަތިޔާރެކެވެ. އެ އާލަތް ބޭނުންކުރަނީ މުޒާހަރާ ކުރާ މީހުންނަށް އިންޒާރު ދިނުމަށެވެ. އަދި ފުލުހުންގެ އަމުރަށް ތަބާނުވެއްޖެ ނަމަ ކަންފަތަށް އުނދަގޫވާ ވަރުގެ ވަރަށް ތޫނު އަޑެއް އެ އިން ފޮނުވަ އެވެ.
I strongly condemn the use of Long Range Acoustic Devices (LRADs) by Dr. Muizzu's government against MDP supporters and peaceful demonstrators in Malé tonight. LRADs can emit sounds exceeding 170 decibels, posing a significant risk of permanent hearing damage, dizziness, nausea,… pic.twitter.com/uaCfeWkniy
— Abdulla Shahid (@abdulla_shahid) October 3, 2025
ފުލުހުން ރޭގެ މުޒާހަރާގައި އެ އާލާތް ބޭނުންކުރީ 11 ޖަހަން ކައިރިވެފައިވާ ހުއްޓަ އެވެ. އެއާ އެކު، އެ ސަރަހައްދުގައި ވަރަށް ބާރު އަޑެއް އިރުގަނޑެއް ވަންދެން އިވެން ހުއްޓެވެ. އެ އަޑު އިވުމާ އެކު، މުޒާހަރާގެ ބައިވެރިންނާއި އާންމުންނަށް އުނދަގޫވެގެން ގިނަ ބަޔަކު އެ ވާހަކަ ދެއްކި އެވެ.
މިއީ ފުލުހުން މުޒާހަރާއެއް ރޫޅާލަން މި އާލާތް ބޭނުންކުރި ފުރަތަމަ ފަހަރެވެ.
މި އާލާތަކީ މާ ކައިރީގައި ބަހައްޓައިގެން ބޭނުންކޮށްފި ނަމަ ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުން ލިބޭނެ އެއްޗެކެވެ. ރޭގައި ފުލުހުން މި އާލާތް ބޭނުންކުރީ އާންމުންނާއި ފުލުހުންނާ ދެމެދުގައި ޝީލްޑް ޖަހައިފައި ހުރި ހިސާބުގައި ތިބެގެންނެވެ. މީގެން އިވޭ އަޑުގެ ސަބަބުން ކަންފަތަށް ވަރަށް ބޮޑަށް ތަދުވެ، ދާއިމަށް ބީރުވުމުގެ ބިރު ވެސް އޮވެ އެވެ.
އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން ރޭ ދަންވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ އެ އާލާތް ބޭނުންކުރުމުގެ ހުއްދަ ފުލުހުންނަށް ނެތް ކަމަށާއި އެއީ ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށެވެ.
I strongly condemn the government’s use of disproportionate force during last night’s peaceful protest.
— Ibrahim Mohamed Solih (@ibusolih) October 4, 2025
Deeply concerned by the condition of MDP Hulhumalé Central VP Raslaan, who suffered a heart attack after being pepper-sprayed and subjected to LRADs. I wish Raslan a full and… pic.twitter.com/f1d8eKpDww
ގާނޫނީ ވަކީލު އަހުމަދު މައުރޫފު ވިދާޅުވީ އެލްއާރުއޭޑީ ކިޔާ އެ އާލާތަކީ ވަރަށް ތޫނު އަޑެއް އިވޭ، މީހުންގެ ކަންފަތަށް ގެއްލުން ލިބޭ އެއްޗެއް ކަމަށެވެ.
"އަޅުގަނޑުމެން ބަލާލިއިރުގައި މި މައުލޫމާތު ލިބެނީ މިއީ ދިވެހި ފުލުހުން ބޭނުންކުރުމުގެ ހުއްދަ އޮންނަ ހަތިޔާރެއް ނުވަތަ އާލާތެއް ނޫން ކަން،" މައުރޫފު ވިދާޅުވި އެވެ.
"މީގެ މައުލޫމާތު އަޅުގަނޑުމެން ސާފުކުރި އިރުގައި މި ފާހަގަވީ މިއީ އިޒުރޭލުގެ އުފެއްދުމެއް ކަމަށް. އެއީ ތެދެއް އަޅުގަނޑުމެންނަށް ޚަބަރުތަކުން ފެނޭ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދަތިކުރުމަށްޓަކާ، ދުއްތުރާ ކުރުމަށްޓަކާ އިޒުރޭލުން ބޭނުންކުރާ ޑިވައިސެއް މިއީ."
ނަމަވެސް އާރްއޭޑީއަކީ މީހަކަށް ނުވަތަ ބަޔަކު ނުކުޅެދުންތެރި ހާލަތަކަށް ހިނގައިދާނެ 'ސޮނިކް ވެޕަން' އެއް ނޫން ކަމަށް އޭގެ ދިފާއުގައި ތަންފީޒީ އިދާރާތަކުގެ ފަރާތުން ވާހަކަ ދެއްކެވި އިސް އޮފިޝަލަކު މިއަދު ވިދާޅުވި އެވެ.
"އެއީ އެއްވުން ކޮންޓްރޯލް ކުރުމަށްޓަކައި ބޭނުންކުރާ، އިންސާނުންގެ ފުރާނަ އަށް ގެއްލުން ނުވާ ޒާތުގެ 'ނޮން-ލީތަލް' އުކުޅުތަކުގެ ތެރޭގައި ހިމެނޭ، ރައްކާތެރި މުވާސަލާތީ ވަސީލަތެކެވެ. ކަރުނަ ގޭހާއި ރަބަރު އުންޑަ، 'ޕެޕާ ބޯލް'، ޓޭޒާ ނުވަތަ ފްލޭޝް ބޭންގް ގްރެނޭޑް ފަދަ އާލާތްތަކާ ހިލާފަށް އެލްއާރްއޭޑީގެ ސަބަބުން ޖިސްމާނީ އަނިޔާއެއް ނުލިބޭނެ އެވެ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު، ރޭގެ އެއްވުމަށް ދިޔަ ބައެއް މީހުން ބުނި ގޮތުގައި، ފުލުހުން އެ ހަތިޔާރު ބޭނުންކުރަމުން ދިޔަ ވަގުތު ކަންފަތަށް ވަރަށް ބޮޑަށް އުނދަގޫވެ، ބޮލުގައި ރިއްސައި ބޯ އެނބުރި އެވެ. އަދި ހޮޑުލަވާ ގޮތް ވެސް ވި އެވެ. އާންމުން ވެސް ދިރިއުޅޭ ސަރަހައްދެއްގައި ފުލުހުން މި ކަހަލަ ހަތިޔާރެއް ބޭނުންކުރުމުން ބައެއް މީހުން ދަނީ އެކަން ކުށްވެރި ވެސް ކުރަމުންނެވެ.
ހާއްސަކޮށް ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ހިމޭނުން ތިބި މައްސަލަ ވެސް ބައެއް މީހުން ވަނީ ސަމާލުކަމަށް ގެނެސްފަ އެވެ.
LRADs can cause permanent hearing loss. It serves little practical purpose (especially in a country like Maldives) other than for civilian crowd control.
— teacup 🇵🇸 (@teacup_mv) October 4, 2025
Protesting is a right. The people that were affected by LRAD last night, majority of them were there fighting for their…
ރޭގެ މުޒާހަރާގައި ފުލުހުން އެ ހަތިޔާރު ބޭނުންކުރި ސަބަބެއް ފުލުހުން އަދި ސާފުކޮށެއް ނުދެ އެވެ.
ހަތިޔާރު ބޭނުންކުރުމުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ އުސޫލުތައް ނުވަތަ އެސްއޯޕީތައް ހަދައި އާންމުކުރަން ޖެހޭއިރު، މި އާލާތް ބޭނުންކުރާނެ ގޮތުގެ އުސޫލެއް އާންމުކޮށްފައިވާކަން އެނގޭކަށް ނެތެވެ. ފުލުހުން ޕެޕާ ސްޕްރޭ އާއި ކަރުނަ ގޭސް އަދި މުގުރު ބޭނުންކުރާނެ އުސޫލު ހަދައި އާންމުކޮށްފައިވެ އެވެ.
އިދިކޮޅު އެމްޑީޕީން މާލޭގައި ރޭ ބޭއްވި އެއްވުމުން ފުލުހުން 8 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އަދި އޭގެ އެކަކު ވެސް ދޫކޮށް ނުލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޔާހުންބަރާސް
05 October 2025
އަޖައިބެއް! ތި ހަތިޔާރަކީ ނަންލީތަލް ވެޕަންއެއް ކަމަށް ލިސްޓުކޮސްފައި އޮންނަ އެއްޗެއް. ދެން މުޒާހަރާކުރަން އައިސް ތިބި ބަޔަކު އެތަނަކުން ނުދާނެ. ފުލުހުންނަކަށް އެމީހުން ހަދާނެ އެއްޗެއް ހަދަން ދުލެއް ނުކުރެވޭނެ. މިކަހަލަ އެއްވުންތައް ރޫޅާލަން ބޭނުންކުރާ އުކުޅެއް އެރޭ ބޭނުންކުރީ. މިސާލަކަށް ފެންވެސް ޖަހާ. ދެން މާ ބޮޑުކަމަށް ހަދައިގެން އުޅެނީ.. ކޮންމެ ފުލުހަކު އައިސް މަލެއް ދިނީމަ ގެޔަށްދާގޮތަށް އެއްބަސްވާނަމަ އެކަން ކުރަންވީ
އައިމިނާ
05 October 2025
ހަމަޖެހިލައިގެން އުޅުނަ ނުދޭން އުޅޭ ބައެއް އެމްޑީޕީންނަކީ. އެމީހުން ބޭނުންވަނީ ހަމަނުޖެހުންތަކުތެރޭ ރައްޔިތުން ބައިތިއްބަން. އެމީހުންގެ ޑިމޮކްރަސީއަކީ އެއީކަންނޭނގެ. އަބަދު މުޒާހަރާތެރޭގަ އުޅުން. ގައުމު ހަލަބޮލިކޮށް ބޭއްވުން.
އައިމިނާ
04 October 2025
ގޭގަ ނިދަންތިއްބާ ތޫނުއަޑުފޮނުވީ. ފަލައަޑުވެސް ފޮނުވަންވީ. ދިވެހި ރައްޔިތުން އަބަދު އުޅެންޖެހެނީ ހާސްކަމުގަ. ހަމަޖެހިލައިގެން އުޅުނަ ނުދޭންވެގެން.
އަލި
04 October 2025
އިސްރާއިލް ފަލަސްތީން ކާޑަކީ ސިޔާސީ އެއްޗަކަށްވެފައި މިއޮންނަނީ. ޚިޔާލު ފާޅުކޮށްލަން ހުއްދަ އޮންނަ ސަރަހައްދުގައި ތިބީމަ ހިއެއްނުވޭ ފުލުހުންވެސް ކަމެއް ކުރާނެހެން. އެކަމަކު ބަރަވެލި ތޮށިގަނޑަށް ވަންނަހެން ބެރިކޭޓަށް ވަނީމަ ޖެހޭތާ ދުރައްލާން ވެސް.
ޗސދޗ
04 October 2025
މުޒާހަރާގެ ނަމުގައި އޮޅުވާލައިގެން ރަށްރަށުން މީހުން ގެނެސްގެން މާރާމާރީ ހިންގުމަކީ ރަނގަޅު ކަމެއްބާ؟ މުޒާހަރާ ކުރަން މީހުން އައީ، އެކަމަކު ގޮވީ ވެރިކަން އަޒުލުކޮށްފައޭ ގެއަށް ވަންނާނީ! މިހުންނަނީ މިމީހުން ސިޔާސީ ހަރަކާތް ހިންގާ ގޮތަކީ.
ކޯނުއެމްޕީ
04 October 2025
ގައުމުގެ މަސްލަހަތު ނަގާލަން އުޅުނީމަ ފުލުހުން އެކަން ހުއްޓުވަންޖެހޭނެ. ސުލްހަވެރި މުޒާހަރާއެއްނަމަ ދާނީ ދާން ހަމަޖެހިފަ އޮތް ރޫޓުން...މާލޭގެ އެންމެ މުހިއްމު މަގު ބަންދުކުރަން މަސައްކަތެއްނޫން ކުރާނީކީ. އެކަން ފެށިއިރުވެސް އިނގޭނެ ފުލުހުން ހުއްޓުވާނެކަން...އެހެނެއްނޫން ސީންތައް ކްރިއޭޓްކުރަން އުޅެނީ....އަމިއްލަޔަށް ގޮސް ފުހުލުންނާ ޖެހި ވަދެ ފިތިގެން ދެން ފޮޓޯނަގާފަ މިކިޔަނީ އަނިޔާވެރިކަމޭ...ތިއީ އިންޑިއާނަމަ ލަކުޑިބުރިންތަޅައި ރޯނުއަރުވާލީސް... އަަރުމެންގެ ފުލުހުން ލައްކަ ކެތްތެެރިތާ.
މުލޭ
04 October 2025
މިފަދަ އާލާތްތައް ބޢނުންކުރުމުގެ ހުއްދަ ފުލުހުންނަށް ދެނީ މިމީހުންތަ.
ާއަފްރާސިޔާބު
04 October 2025
އެއީ އިސްރާއީލުން އުފެއްދިޔަސް އިސްރާއީލުން ގަތް އެއްޗެއްނޫން. އެ ހަތިޔާރު އިސްރާއީލުން ވިއްކީ ތުރުކީއަށާއި އަޒަރުބައިޖާނަށް. އެގަތްނަމަ އެގަތީ އެދެގައުމުންކުރެ ގައުމަކުން. ބޮޑަށް ބެލެވެނީ ގަތީ ތުރުކީވިލާތުން ކަމަށް.
އުދުހޭ
04 October 2025
އިސްރާއީލު ޕާސްޕޯޓް މަނާ. ހަތިޔާރާ ވިޔަފާރި ހުއްދަ. މީ ކިހިނެތް ފުއްދާ ވައުދެއްތަ؟
ހަދާން
04 October 2025
އެމްޑީޕީ ވެރިކަމުގަ ތިޔަބުނާ އައު އާލާތްތައް ގެނެސް ޓެސްޓްކުރީ ވެސް ހަދާން ބަލި ނޫން މީހަކު ވިއްޔާ ހަދާން ހުންނާނެ
ސައިމާ
04 October 2025
އިޒްރޭލޭ ކިޔާނެކަމެއްނެތް. ޓެކްނޮލޮޖީގެ ގިނަ އުފެއްދުންތަކަކީ އިޒްރޭލުގައިހުރި ރިސާޗް ސެންޓަރުތަކުން އީޖާދުކުރި ތަކެތި
އަސުރުމާ
04 October 2025
އެމީހުން އެފަދަ ހަތިޔާރުތައް ބޭނުންކުރަނީ ފަލަސްތީނު ނަސްލު ނަތްތާލުމަށް. މިރާއްޖޭގައި އޮތީ އެފަދަ ހާލަތެއްތަ.
ފުރޭތަ1
04 October 2025
މަގުތަކަށް ނުކުމެ އާއްމުންނަށް ޖެއްސުން ކުރުން ހުއްޓާލަންޖެހޭ. ފުލުހުން އެކަމު ތިހަތިޔާރު ބޭނުންތިކުރީ އެފަދަ ބޭނުމެއް ޖެހިފަ އޮއްވައެއްނޫން