ތިން މަހެއްހާ ދުވަސް ފަހުން މާލޭގެ އިސްލާމީ މަރުކަޒުގައި މިއަދު ހުކުރު ނަމާދު ކުރަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
10 ޖުލައި 2020 - 15:12
އުމުރުން 20 އަހަރުގެ ސާއިފް އަލީ އަށް، މިދިޔަ ތިން މަސް ދުވަހު ކޮންމެ ހުކުރު ދުވަހެއްގައި އުނދަގޫވީ އެންމެ ކަމަކާ އެވެ: ޖަމާއަތުގައި ހުކުރު ނަމާދު ނުކުރެވުމެވެ.
އޭނާގެ ބަހުން ނަމަ "ކޮންމެ ހުކުރަކު ވެސް ހީވަނީ ބޮލުގައި ބޮޑު ކަމެއް އޮންނަހެން" ނެވެ. ކޮވިޑް-19 އިން ސަލާމަތްވުމުގެ ފިޔަވަޅެއްގެ ގޮތުން، ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމާ އެކު، މިސްކިތްތަކުގައި ހުކުރު ނުކުރާތާ ވެސް ތިން މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެކަމަކު މިއަދު މާލޭގެ މިސްކިތްތައް އަލުން ހުކުރު ނަމާދުގެ ޖަމާއަތަށް ހުޅުވާލުމުން، ސާއިފް ހުރީ މިސްކިތުގަ އެވެ.
އޭނާ ބުނި ގޮތުގައި "އެ އުނދަގޫތައް އޭނާގެ ސިކުނޑިން މިހާރު ބޭރުވެއްޖެ" އެވެ. އެހެންކަމުން ހުރީ އުފަލުންނެވެ.
"...މިއަދު އެކަން މި ފަސޭހަވީ. ދެން އިރާދަކުރެއްވިއްޔާ ހުކުރު ނުކުރެވޭ ހާލަތަކަށް ނުދާނެ،" ސާއިފް ބުންޏެވެ.
މާޗު 18 އިން ފެށިގެން މާލޭގެ މިސްކިތްތަކުގައި ހުކުރު ނަމާދު ނުކޮށް 12 ހުކުރު މާޒީވުމަށް ފަހު މިއަދު މިސްކިތްތައް ހުޅުވާލުމުން ގިނަ އަދަދެއްގެ ބަޔަކު ހުކުރަށް ދިޔަ އެވެ. މާލޭގެ ހުރިހާ މިސްކިތެއްގައި ވެސް ހުކުރު ނަމާދުކުރީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އެވެ.
3 mahah fahu Male' sarahadhugai maadhamaa hukuru namaadhu kuran fashanee
The most trusted news source in the Maldives
Mihaaru
ތިން މަހަށް ފަހު ހުކުރު ކުރުމުގެ ހުއްދަ ދިނުން
އެޗްޕީއޭގެ އެންގުމާ އެއްގޮތަށް ގިނަ ބަޔަކު ތިބީ މާސްކް އަޅައިގެންނެވެ. ގެއިން ވުލޫކޮށްގެން ދިއުމަށާއި އަމިއްލަ މުސައްލަ ގެންދަން އެޗްޕީއޭން އެންގި އެންގުމަށް ވެސް ގިނަ ބަޔަކު ތަބާވި އެވެ.
އިސްލާމީ މަރުކަޒާއި އެހެން މިސްކިތްތަކުގައި ވެސް ކުރިއެކޭ އެއްގޮތަށް މިސްކިތުގެ ގޯތިތެރެ އާއި މަގުމަތީގައި ވެސް ހުކުރު ކުރަން މީހުން ސަފު ހެދި އެވެ.
އެކަމަކު އާއްމު ހުކުރުތަކާ ހިލާފަށް މިއަދުގެ ހުކުރު ނަމާދުން އެހާ ގިނައިން ކުޑަ ކުދިންނެއް ނުފެނެ އެވެ. ހުކުރަށް ދިޔަ މީހުންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނާއި މެދު އުމުރުގެ މީހުންނާއި ޒުވާނުންނެވެ.
"ކުރިން އަބަދު ދަރިފުޅާ އެކު ހުކުރަށް އަންނަނީ. މިއަދު ވެސް އޭނާ ވަރަށް އަންނަން ބޭނުންވި. އެކަމަކު މިއީ ފުރަތަމަ ހުކުރު ވީމާ އަދި ބަލައިލާފައި ގެންނަން ވެގެން މިއަދު ނުގެނައީ،" ފުރުގާން މިސްކިތަށް ގޮސް ހުރި އިބްރާހިމް ހާޝިމް 35، ބުންޏެވެ.
މާލޭގެ އިސްލާމީ މަރުކަޒުގައި ތިން މަސް ފަހުން މިއަދު ހުކުރު ނަމާދު ކުރަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ކޮވިޑް-19 ފެތުރުމުގެ ބިރު އަދިވެސް އޮތުމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް މީހުން ނިންމީ ހުކުރު ނަމާދަށް ނުގޮސް ގޭގައި، މެންދުރު ނަމާދުކުރާށެވެ.
މާލޭގައި އަލުން ޖަމާއަތުގައި ހުކުރުކުރަން ފެށުމަކީ ލިބުނު އުފަލެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ވެސް ޝުއޫރު ފާޅުކުރަމުންނެވެ. އެ މީހުން ބުނާ ގޮތުގައި ހުކުރު ދުވަހުގެ އިހުސާސް، ހުކުރު ނަމާދާ ނުލައި ނުކުރެވެ އެވެ.
"އަދި ހުކުރެއް އައިހެން މި ހީވަނީ. ކުރިން ހުކުރު އައިސް ދާއިރު ނޭނގޭ އެ ދުވަސް އައި ކަމެއް،" ފުރުގާން މިސްކިތުން ދިމާވި ޒުވާނަކު އޭނާގެ އުފާވެރިކަން ހިއްސާ ކުރަމުން ބުންޏެވެ.
މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމުން، ޓީވީތަކުން، މިދިއަ ތިން މަސްދުވަހު ގެނެސްދިނީ ކޮންމެވެސް ރަށެއްގައި ކުރާ ހުކުރު ނަމާދެވެ. ދެން އިސްލާމިކް މިނިސްޓްރީގެ ސްޓޫޑިއޯއިން ފޮނުވި ހުކުރު ހުތުބާ އެވެ. އަލުން ހުކުރު ކުރަން ފެށުމާ އެކު ޓީވީތަކުން އިސްލާމިކް މަރުކަޒުގެ ހުކުރު ވަގުތުން މިއަދު ގެނެސްދިނެވެ.
ކޮންޓްރޯލްކުރެވޭ ހާލަތަށް ކޮވިޑް-19 ގެނެވުމުން ކުރީގެ ހަރުކަށި ފިޔަވަޅުތައް މިހާރު ވަނީ ދޫކޮށްލަން ފަށައިފަ އެވެ. ފުރަތަމަ ހުއްދަދިނީ، މިސްކިތްތަކުގައި ނަމާދުކުރާށެވެ. އޭގެ ފަހުން ޖަމާއަތުގެ ނަމާދަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާމްބެ
11 July 2020
ދިވެހިން ސަފު ހަދަނީ ވަރަށް ހަރުކަށިކޮށް. ސަފު ހެދުމުގައި ބަލި ފެތުރޭގޮތަށް ވިސްނަން ޖެހޭ. ސިކުޑި އިސް ކުރޭ.
ރިތި މޫސަ
11 July 2020
މިސްކިތުގަ އެބަޖެހޭ ޖަމާއަތް ހަދާނެގޮތުގެ މާކުޖަހަން މިޔަދު އިސްލާމީމަރުކަޒުގެ އުތުފަޅީގަ ސަފުތަށްއޮތީ އެގޮތްމިގޮތަށް ބައެއްސަފު މެދުކެނޑިފަ އެބަޖެހޭ ދެންއަންނަހުކުރަށް މާކުޖަހާލަން އޭރުން ވަރަށްފުރިހަމަވާނެ ބަލިންޝިފާހޯދުމަށްވެސް އެބަޖެހޭ ނަމާދަށްފަހު އެންމެންއެއްކޮން ދުވާކުރަން ހުކުރުނަމާދުވެސް ކުރެވޭގޮތްވުމަކީ ވަރަށްބޮޑުއުފަލެއް
ފަހުދު
10 July 2020
ޖަމަލު ގެންގުޅޭ މީހާ ވެސް ޖަމަލު އެއްސުމައް ފަހު މާތްﷲ އައް ވަކީލުކުރަން އެންގެވުމުގެ ފަހަތުގަ ހިކުމަތެއް ވެއެވް، ޖަމާއަރުގަ ހުކުރު ކުރަން ހުއްދަ ލިބުނީމަ ފެނުނީ ބިރުވެރި ކަމާއި ނުތަނަވަސް ކަން ލިބުނު މަންޒަރެއް. މާސްކް ނުއަޅާ މީހުން، މުސައްލަ އެއް ނުގެންނަ މީހުން، މުސްކުޅިން ނާއި ކުޑަކުދިން ގައިދުރު ނުކޮއް އުޅޭތަން. މިދުވަސްވަރު މައްކާގަވެސް މުސައްލަ އަޅަންވީތަން އެހުރީ މިންގަނޑައް ފެތޭ ދުރުމިނުގަ މާރކު ޖަހާފަ. މުސްލިމުންނަކީ ޖާހިލުންނެއް ނޫން.
ފަރްޒޭ23
10 July 2020
2 ހަފްތާ ފަހުން ހުކުރު ކްލަސްޓަރ!
އތނ
10 July 2020
މިސްކިތުންނެއް ނޫން މިހާތަނަށް ޕޮޒިޓިވް ކޭސްތައް ފެނުނީ. ފެނުނީ ބާޒާރުމަތިންނާއި ފިހާރަ ތަކާއި، ރެސްޓޯރެންޓް ތަކާއި ޖިމްތަކުންނާއި ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި ބޭރުމީހުން ދިރިއުޅޭ ގެތަކުންނާއި އަދި ހޮސްޕިޓަލުންވެސް ފެނިއްޖެ. ނަމާދުކުރަން މިސްކިތްތަކަށް ދާ މީހުން އެޗް.ޕީ.އޭ ގެ އެންގުންތަކަށް ސަމާލުކަން ދޭނަމަ ކޯވިޑް19 ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަ.
10 July 2020
ޕީކް އަންނަނީ ކޮފީތަކަށާ ރެސްޓޯރަންޓްތަކަށާ ޖިމްތަކަށް ބަލިވެގެން ހުރެ ދިއުމުގެ ސަބަބުން. ބަލިވެ ހުރިއްޔާ ގޭގަ ހުންނަވާ... އެއްތާކަށް ވެސް ނުގޮސް ގޭގަ ހުންނަވާ... ކަރަންޓީންގައި ހުންނަ ތަންތަނަށް ނުދިއުމަށް އަންގާފައި އޮންނަ އިރު ވެސް ބައެއް މީހުން ކަރަންޓީން ގެތަކަށް ވެސް ދާކަން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވެފައިވާ ކަމަށް ވިދާޅުވެފައި ވަނީ އެޗްޕީއޭއިން
އަލީރާޖާ
10 July 2020
މައްކާވެސް ހިމެނޭ ގޮތުން ދުނިޔޭގެ އެހެން އިސްލާމީ ގައުމުތަކުގައި ހުކުރު ނަމާދު ކުރީ ގައިދުރުކަން ބަހައްޓައިގެން. ރާއްޖޭގައި ކުރީ ޖެހިޖެހިގެން ތިބެ. މިއީ އަރަބިންނަށް ވުރެެވެސް މާ މޮޅަށް ދަންނަ މީހުން އުޅޭ ތަނަކީތޯ؟
އތނ
10 July 2020
އަލީ ރާޖާ. މިސްކިތަށް ދުރުވާއިރު ވެސް ރައްކާތެރި ކަމަށް ބައްލަވާ... ބަލި ވެ އުޅުއްވަންޔާ ގޭގަ ނަމާދު ކުރައްވާ... މިސްކިތުންނެއް ނޫން މިހާތަނަށް ޕޮޒިޓިވް ކޭސްތައް ފެނުނީ.
10 July 2020
ވަރަށް ބޮޑު ހަގީގަތެއް.... ވަރަށް ބޮޑަށް އުފާވި މިއަދު ހުކުރުގެ ޖަމާއަތް އޮތީމަ.... އުފާވެރި މަންޒަރެއް..... Alhamdhulilahi
މިހާފީ
10 July 2020
މާލޭގައި ހުކުރުކުރޭ- ޖަމާޢަތުގައި ނުވަތަ ބޮޑު ޖަމާޢަތުގައި ނުކުރަނީ- މިއަދުވެސް މާސްކް ނާޅާ މީހުންތިބި- ދޮށީ އުމުރުގެ މީހުންވެސް ވަރަށް ގިނަ. މިސްކިތްތަކުގައި ފައިވާން ބަހަައްޓާނެ ނިޒާމު ވަރަށް ދެރަ. ވުޟޫކޮށްގެން ސިޑިން އަރާ ސިޑިއާއި ބޭރުން އަންނަ މީހުން އަރާސިޑިއަކީ އެއްސިޑިއެއް. ސިޑި މަތި އޮންނަނީ ތެމިފައި ގިނަ މިސްކިތްތަކުގައި. ބޭނުންވަނީ ނިޒާމެއް އޮތުން. ކޮންމެ މީހަކީ ނިޒާމެއް ކަމުގައިވާނަމަ، ވާނީ ފަސާދަ.
10 July 2020
ވަރަށް އުފާވެރި ކަމެއް... މިސްކިތަށް ދުރުވާއިރު ވެސް ރައްކާތެރި ކަމަށް ބައްލަވާ... ކެފޭތަކަށްށާ ކުޅިވަރު ކުޅެން، ވިޔަފާރިކުރަން އަދި އޮފީހަށް ދުރުވާއިރު ވެސް ރައްކާތެރިކަމަށް ވަރަށް ބޮޑަށް ބައްލަވާ މަސްކް އަޅައިގެން އުޅުއްވާ...
10 July 2020
Alhamdhulilahi
ސަޓާދޮންމަނިކުގެއައްޔަބެ
10 July 2020
މިއީވަރަށް ހިތްހަމަޖެހުނުކަމެއް. އެކަމަކު މިކަމުގައިވެސް ގަވާއިދާހިލާފަށް މިއުޅޭމީހުންގެ ކަންތައް ބޮޑު. ބުނަންއުނދަގޫވިއަސް ބުނެލަން އަދަބު އަހުލާގުގެ މައްސަލަ ހިމެނޭ ބޭރުމީހުން މާގިނަވީމަ މިސްކިތުގައިވެސް އުނދަގޫވޭ. މިއަދުވެސް ނަމާދުގެ މެދުތެރެއިން ވިސްނުން ކޮށިއެރީ ޖެހިގެން ހުރިބޭރުމީހަ ހެސްކިޔާފަ ބާރަށްވައިލާންފެށީމަ. ކޮވިޑުނޫނަސް ނަމާދަކީ ހުސޫއަތްތެރިވެތިބެ ކުރާކަމެއް. ނަމާދަށް އަންނަންޖެހޭނީ ސާފުތާހިރުވެގެން އެހެންމީހުންނަށް އުނދަގުނުވާގޮތަށް