އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލުކުރާ މެމްބަރަކަށް އައިމިނަތު ރުޝްމާ ހޮވައިފި އެވެ.
މިއަދު ބޭއްވި އަހަރީ އާއްމު ޖަލްސާގައި ރުޝްމާ، އެސްޓީއޯގެ ބޯޑަށް ހޮވީ އެ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 44.53 ޕަސެންޓު ވޯޓުންނެވެ. އެއީ 301 ހިއްސާދާރުންގެ ވޯޓެވެ.
ރުޝްމާ ވަނީ 2019 އާއި 2020 ގައި ވެސް އެސްޓީއޯގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލު ކުރައްވައިފަ އެވެ.
މިއަދުގެ ޖަލްސާގައި އޭނާ އެ ބޯޑަށް ހޮވީ އިތުރު އެއް އަހަރުގެ މުއްދަތަކަށެވެ.
ރުޝްމާގެ އިތުރުން އެސްޓީއޯ ބޯޑަށް އިތުރު ދެ ހިއްސާދާރަކު ކުރިމަތިލި އެވެ. އެގޮތުން، އާދަމް މުއިއްޒު ހޮވަން 106 ވޯޓު ލިބުނުއިރު އަބްދުﷲ ސައީދަށް ލިބުނީ 269 ވޯޓެވެ.
މި ޖަލްސާގައި ހިއްސާދާރުންގެ ވޯޓުން ކުރިއަށް އޮތް އަހަރަށް އެ ކުންފުނީގެ އޮޑިޓަރަކަށް ޕްރައިސްވޯޓާ ކޫޕާސް ހޮވި އެވެ. އަދި މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 60ރ. ބަހަން ފާސްކުރި އެވެ.