އަމިއްލަ ޓްވިޓާ އެކައުންޓަކީ ވެރިކޮށްފައިވާ އެއްޗަކަށް ހަދަން ބޭނުން ނަމަ އެކަން ކުރާކަށް މިހާރު މާ އުނދަގޫ ކަމަކަށް ނުވާނެ އެވެ. ކުރިން އޮންނަ ގޮތުން ނަމަ ވެރިފައިކޮށްދެނީ އެކި ދާއިރާތަކުން ފާހަކޮށްލެވޭ މީސްމީހުން/ގްރޫޕްތަކުގެ އެކައުންޓްތަކެވެ. ހާއްސަކޮށް މަޝްހޫރު މީސްމީހުންނެވެ.
ނަމަވެސް ޓްވިޓާގެ ވެރިފިކޭޝަނަށް މިހާރު ގެނެސްދިން ލުޔާ އެކު ކޮންމެ މީހަކަށް ވެސް އެ މީހެއްގެ އެކައުންޓް ވެރިފައިކޮށްދޭން ހުށަހެޅިދާނެ އެވެ. މި ވާހަކަ ޓްވިޓާ އިން ވަނީ ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ.
ވެރިފިކޭޝަނަށް އެޕްލައިކުރަން ހަދަން ޖެހޭ ގޮތަކީ ސައިޑްބާ މެނޫ އިން "ސެޓިން އެންޑް ޕްރައިވެސީ" އަށް ގޮސް "އެކައުންޓް" އަށް ފިތާލައި "ވެރިފިކޭޝަން" އަށް ރިކްއެސްޓްކޮށްލާނީ އެވެ.
އެކައުންޓްތައް ވެރިފައިކޮށްދިނުން ޓްވިޓާ އިން ފަސޭހަކޮށް ދީފައި މި ވަނީ ފަހަކަށް އައިސް ފޭކް އެކައުންޓްތައް ވެރިފައިކުރެވޭ މައްސަލަ ބޮޑުވެ، މިދިޔަ މަހުގެ ތެރޭގައި ވެރިފައިކޮށް ދިނުން މެދު ވެސް ކަނޑައިލުމަށް ފަހު އަލުން މި މަހުގެ 14 ގައި ވެރިފިކޭޝަން ޕްރޮސެސް ކުރިއަށް ގެންދަން ފެށުމާ އެކީގަ އެވެ.