ވިޔަފާރި / އެންމެ ކުޑަ އުޖޫރަ

ހުރިހާ ކޮޅަކުން ޕްރެޝަރު: މިނިމަމް ވޭޖް އިއުލާނުކުރުން މާދަމާ

މިނިސްޓަރު ވިދާޅުވީ އާދައިގެ ވަޒީއަކަށް ވިޔަސް ކޮންމެ މީހަކަށް 10،000ރ. ނުވަތަ 15،000ރ. ވަރު ލިބެންޖެހޭ ކަމަށާއި އެކަމަކު އެއީ ވިޔަފާރީގެ ނަޒަރަކުން ބަލާއިރު ކުރެވޭނެ ކަމެއް ނޫން ކަމަށް.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް: އޭނާ ވިދާޅުވީ މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށް. --ފޮޓޯ:މިހާރު

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ވާހަކަ ދައްކާތާ އަހަރުތަކެއް ފަހުން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިހާރު އެ ހުންނެވީ މާދަމާ އެ ނިންމެވުން އިއުލާނުކުރެއްވުމަށް ތައްޔާރަށެވެ. މިނިސްޓަރު "މިހާރު" އަށް ވިދާޅުވި ގޮތުގައި ވިޔަފާރިވެރިންނާއި އާންމުން ބޭނުންވާ ފަދަ މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ފަސޭހަ ނިންމުމެއް ނޫނެވެ. ނަމަވެސް މިއީ ލަސްކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ވޭޖް ބޯޑުން ނިންމާފައިވާ ގޮތުން ސިވިލް ސާވިސް މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ކަނޑައެޅީ 7،000ރ. އެވެ. އަމިއްލަ ވިޔަފާރިތަކުގެ ކުދި ވިޔަފާރިތަކަށް 5،000ރ. ކަނޑައެޅި އިރު މެދުފަންތީގެ ވިޔަފާރިތަކަށް އެންމެ ކުޑަ އުޖޫރައަކީ 7،000ރ. އެވެ. އަދި އެންމެ ބޮޑެތި ކުންފުނިތަކުން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 8،900ރ. އެވެ.

މި ހުށަހެޅުމާ މެދު ގޮތެއް ނިންމަވައި އިކޮނޮމިކް މިނިސްޓަރު މާދަމާ ރަސްމީކޮށް އިއުލާނުކުރައްވާނެ އެވެ. އެނގިފައިވާ ގޮތުގައި މިނިމަމް ވޭޖް ބޯޑުގެ ނިންމުމަށް މާބޮޑު ބަދަލެއް ނާންނާނެ އެވެ.

ބިދޭސީންނަށް މިވަގުތު މިނިމަމް ވޭޖެއް ކަނޑައަޅައިފި ނަމަ ރާއްޖޭގެ އިގްތިސާދަށް 340 މިލިއަން ޑޮލަރު ގެއްލޭނެ: ފައްޔާޒް

މިނިސްޓަރު ފައްޔާޒު ވިދާޅުވީ، އެންމެ ކުޑަ އުޖޫރައާ އެކު، ވަޒީފާ އަދާކުރާ ގިނަ ބަޔެއްގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. މިކަމުގައި ކުރު މުއްދަތުގައި ބައެއް ފަރާތްތަކަށް ގެއްލުންތަކެއް ވިޔަސް މިކަމުން ދުރު މުސްތަގްބަލުގައި ވިޔަފާރިތައް ހިންގުމަށް ހަރުދަނާ ސިޔާސަތުތަކެއް ތައާރަފްވެ ވަޒީފާ އަދާކުރާ މީހުން އިތުރަށް ޑިސިޕްލީން ވާނެ ކަމަށް ފައްޔާޒު ދެކެވަޑައިގަންނަވަ އެވެ.

"ޕޮޒިޓިވް އިމްޕެކްޓަކީ ގިނަ ބައެއްގެ މުސާރައަށް ހެޔޮ ބަދަލެއް އައުން. އެކަމަކު ނެގެޓިވް އިމްޕެކްޓަކީ ބައެއް ވަޒީފާތައް ގެއްލިގެން ގޮސްފާނެ ވިޔަފާރިތަކުން ސައިޒް ކުޑަކޮށްފިއްޔާ. އެކަމަކު އެއީ ޝޯޓް ޓާމް ބަދަލެއް،" އޭނާ ވިދާޅުވި އެވެ.

ހުރިހާ ކޮޅަކުން ފައްޔާޒަށް ޕްރެޝަރު!

ފައްޔާޒު ވިދާޅުވީ، މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ. މިނިމަމް ވޭޖަކީ އެންމެން ހިތް ހަމަޖެހޭނެ ފަދަ އަދަދަކަށް ނުހެދޭނެ ކަމަށާއި މިކަމަށް އެންމެން ވެސް ޖެހޭނީ އެޖަސްޓްވާން ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ނުބައި ގޮތެއް ނޫންތޯ މި ވަނީ. އާދައިގެ ވަޒީފާއެއް އަދާކުރިއަސް ހަގީގަތަކީ ކޮންމެ މީހަކަށް 10،000ރ. ނުވަތަ 15،000ރ. ވަރު އެބަ ލިބެންޖެހޭ. މި ދަންނަވާ ތާހިރު ދިރިއުޅެއް އުޅެންޏާ އެވަރު ބޭނުންވޭ. އެކަމަކު އެއީކީ ވާނެ ކަމެއް ނޫންތާ ވިޔަފާރީގެ ނަޒަރަކުންނެއް. ނުދެވޭނެ އެވަރެއް. އެވަރުގެ އިގްތިސާދެއް ނޫން މިއީ،" އޭނާ ވިދާޅުވި އެވެ.

ސިވިލް ސާވިސް މުވައްޒަފުންތަކެއް ވެލާނާގެއިން ނުކުމެގެން ދަނީ. މިނިމަމް ވޭޖާ އެކު މުސާރައިގެ ތަފާތު އެންމެ ބޮޑަށް ފެންނާނެ އެއް ބަޔަކީ ސިވިލް ސާވިސްގެ ސަޕޯޓް ސްޓާފުން. --ފޮޓޯ: ނިޝާން އަލީ / މިހާރު

ފައްޔާޒް ވިދާޅުވީ، ބޯޑުގެ ނިންމުން މުރާޖައާ ކުރީ ވެސް ވިޔަފާރިތަކުގެ ކަންބޮޑުވުންތަަކަށް ރިޔާއަތް ކުރަން ކަމަށެވެ. އަދަދުތައް ފައިނަލް ކުރުމުގައި އިސްކަން ދިނީ މިއީ ވިޔަފާރިތަކަށް ވެސް ތަހައްމަލު ކުރެވޭ ވަރުގެ އަދަދަކަށް ހެދުމާ އެކު އާންމުންނަށް ލިބޭ އުޖޫރައަށް ވެސް އެދެވޭ ބަދަލެއް ގެންނަން ކަމަށް ވިދާޅުވި އެވެ.

"ވަރަށް އުނދަގޫ ނިންމުމެއް. ދެފަޅީގެ ބައެއް މީހުން ހިތް ހަމަނުޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

މިިނިމަމް ވޭޖް ބޯޑުގެ ނިންމުމަށް މާބޮޑު ބަދަލެއް ނުގެނެސް ވިޔަފާރިތަކަށް އެހެން ގޮތްގޮތުން ލުއި ގޮތްތަކެއް ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ވިޔަފާރިތަކަށް ސަބްސިޑީ ދިނުމަކީ ހައްލެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިމަމް ވޭޖާ އެކު ވިޔަފާރިތަކުން އެ ކުންފުނިތަކުގެ ސްޓްރަކްޗާ އަށް ބޮޑު ބަދަލެއް ގެންނާނެ ކަމަށް ބެލެވެ އެވެ. މިބަދަލުތަކުގެ ސަބަބުން މުސްތަގްބަލުގައި މުޅި އިގްތިސާދަށް ވެސް ފައިދާވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"ބިދޭސީންގެ މިނިމަމް ވޭޖުން ބޮޑު ގެއްލުމެއް ވެދާނެ"

ފައްޔާޒު ވިދާޅުވީ، ބިދޭސީންނަށް މިނިމަމް ވޭޖެއް މި ވަގުތު ކަނޑަނޭޅިޔަސް އެކަމުން ބިދޭސީންނަށް ވަޒީފާ އިތުރަށް ދޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހިންނާ އެއް ހަމައެއްގައި ބިދޭސީންނަށް މިނިމަމް ވޭޖެއް ކަނޑައަޅައިފި ނަމަ އެކަމުން ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުން މާ ބޮޑުވާނެ ކަމަށެވެ.

"ބިދޭސީންނަށް މިވަގުތު މިނިމަމް ވޭޖެއް ކަނޑައަޅައިފި ނަމަ ރާއްޖޭގެ އިގްތިސާދަށް 340 މިލިއަން ޑޮލަރު ގެއްލޭނެ،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ، ބިދޭސީން އެ މީހުންގެ އާއިލާތަކަށް ކުރާ ހޭދަ، ރާއްޖެއިން ލިބޭ މުސާރައިން ވަރަށް ފަސޭހައިން ހަމަޖައްސާލެވޭ ކަމަށެވެ. އަދި ދިވެހިންނާއި ބިދޭސީންނަށް ދޭ އެންމެ ކުޑަ އުޖޫރަ އެއްހަމަކޮށްފި ނަމަ ރާއްޖޭގައި ދިވެހިންގެ ބާރު އިތުރަށް ގަދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑާ އެކު ކުރިމަތިވި އިގްތިސާދީ ދަތިކަމަށް ފަހު މިއީ މިނިމަމް ވޭޖެއް ގެންނަން އެންމެ ރަނގަޅު ވަގުތު ނޫން ނަމަވެސް މިއީ ލަސް ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ރަނގަޅު ވަގުތެއް ނޫން މީ. އެކަމަކު މިކަން ލަސް ކޮށްގެން ވާކަށް ނެތް. މިހާރުވެސް ވިހި އަހަރު ލަސްވެފައި އޮތް ކަމެއް. މިކަން ޖެހޭނީ އެންމެން ބަލައިގަންނަން،" އޭނާ ވިދާޅުވި އެވެ.

މާދަން މިނިމަމް ވޭޖް އިއުލާނުކުރި ނަމަވެސް އެއަށް އަމަލު ކުރަން ފަށާނީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް، އަންނަ ޖެނުއަރީ 1 އިން ފެށިގެންނެވެ.

27 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 5%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަމައްޔަޒު

08 November 2021

"އަދި ދިވެހިންނާއި ބިދޭސީންނަށް ދޭ އެންމެ ކުޑަ އުޖޫރަ އެއްހަމަކޮށްފި ނަމަ ރާއްޖޭގައި ދިވެހިންގެ ބާރު އިތުރަށް ގަދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ." ބޮޑު ކަމެއް ހުވާ. ބުރޯ ކަލޭ ބޯ ސަކަރާތް. މިނިމަމް ވޭޖް ބޭރު މީހުންނަށް ނުދޭނަމަ ބޭރު މީހުންނަށް މަ ވަޒީފާ ދޭނީ

The name is already taken The name is available. Register?

އިބޫ ހޯލިސް

08 November 2021

ވިޔަފާރި ގިންތިކޮށް އެކިމިނިމަމްވޭޖް ކަނޑައެޅުމަކީ ކަމުގެ މުޅި މަގުޞަދާ ހިލާފުކަމެއް 1. މިނިމަމްވޭޖްގެ ބޭނުމަކީ ދިރިއުޅުމަށް އެކަށޭނަ މުސާރައެއް ނުވަތަ ކުރާ މަސައްކަތާ އެކަށޭނަ މުސާރައެއް ދިނުން 2. ބޮޑެތި ކުންފުނީގައި އުޅޭމުވައްޒަފުންވެސް ތަކެތިގަންނާނީ ހަމަ ބާޒާރުގައި ހުރި އަގަކަށް، 3. ވަކިޕްރޮފެސަންއަކަށް ވަކިމުސާރައެއް ކަނޑައެޅުން ގާނޫނު އަސާސީއާއި ހިލާފު

The name is already taken The name is available. Register?

ާގަމާރު

08 November 2021

ކައެތީ ބޮޑު ކުންފުންޔެއްގެ ވެރިއެއް ދޯ.... ފައިދާ މަދު ވެދާނެތީ ބިލިއަން ވަންނައިރުވެސް

The name is already taken The name is available. Register?

މަސްވެރިޔާ

08 November 2021

އެއްވެސް މަސައްކަތެއްނުކޮއް އެބުރޭ، ބޮޑުމުސާރަދެވޭ ބޭކާރު ސިޔާސީ މަގާމުތައް އުނިކޮއް ގަދަޔަށް މަސައްކަތްކުރާ މުވައްޒަފުންނަށް ބޮޑު މުސާރަ ހަމަޖައްސަވާ. އޭރުން އެއްކަލަ ދެއަތްއުރާލި ސިޔާސީންތައްވެސް ވަޒީފާއަށް ނުކުމެ ތިޔަވިދާޅުވާ ބޭރުމީހުން ބޭކާރުވާން ފަށާނެ. އިގުތިސާދީ ހެޔޮ ބަދަލަކަށް އިރުއަރާނެ. ވަޒީފާ އަދާކުރާމީހުންގެ އަގުވެސް އަރާނެ.

The name is already taken The name is available. Register?

ފެއިލް

08 November 2021

ތި މީހުންނައް ވޯޓު ދޭނެކަމެއްނެއް. ރައްޔިތުންނައް ދޭންވީމަ ބޮޑުކަމަކައްވީ. ފެއިލް ސަރުކާރު. ވޯޓައް ހާދަ މަޅިއެކޭ ތި ޖަހަނީ. ސޮރީ ދެން ވޯޓެއް ނުލިބޭނެ. ތިއޮތީ ފެއިލްވެފާ.

The name is already taken The name is available. Register?

ހަސީ

08 November 2021

މިނިމަމް ވޭޖާއި އެކު ޢަގުތަށް އުފުލިގެން ދާނެ.

The name is already taken The name is available. Register?

ބޮޑުމީހާ

07 November 2021

15000 ރުފިޔާ ނުޖެހޭ އިގްތިސާދެއްގައި ކަލޭމެން 60000 ރުފިޔާ މުސާރައަށް ނަގަނީ ކީއްވެބާ! މިނިމަމްވޭޖް ހަމައެކަނި ދިވެހިންނަށް ދޭން މަޖްބޫރުކުރީމާ ދިވެހި މީހާގެބަދަލުގައި އެ ވަޒީފާއަށް ކުޑަ މުސާރައަށް ބިދޭސީއަކު ހަމަޖައްސަފާނެ، މިހެންވެއްޖެނަމަ ވިޔަފާރިތަކުން ބިދޭސީންނަށް އިސްކަންދީ ދިވެހިން ބާކީވެދާނެ، އަނެއްކާ މިނިމަމްވޭޖަކީ ދިވެހިން އިތުރަށް ނިކަމެތިކުރަންޖަހާ ރޮކޮޓެއްބާ؟

The name is already taken The name is available. Register?

މޯ

07 November 2021

ރަށްއިތުން ފެލުން އޯކޭ ދޯ. 10000ރ 15000ރ ދޭށްވީމަ މި މީހުން ލަގޮޑިއަށް ވާން ކުރަނި

The name is already taken The name is available. Register?

އާރީ

07 November 2021

ފަށްޔާޒް މެންނަށް މުސާރަ 75000ރ ލިވިންއެލަވަންސް. މެޑިކަލު. އައްމް ރަށްއިތުމީހާއަށް 10000ރ ދޭށްވީމަ ކަން ތި ބޮނޑްވަނި. ކޮބާ ކެންފޭނުތެރޭ ދެށްކިވާހަކަ. ވީ ވައުދު.

The name is already taken The name is available. Register?

ޣޖގޖޖ

07 November 2021

މިނިމަމްވޭޖުއޭ ކިޔަކިޔާ ތިބެނީ. މިސަރުކާރުން ކަންކުރާލެއްލަސްކަމުން ބޮލަށްއުނދަގޫވޭ ތިއޮއް ހިޔާ ފްލެޓްތަކުން ފްލެޓް ނުހެދިގެން އެތައްބަޔަކު އެތަންތަންދޫކޮށްލައިފި. މަ ދަންނަ ދެމީހަކު ދޫކޮށްލި ތަންނުހެދޭނއތީ. އެކަމް އެވާހަކަ ސަރުކާރުން ނުވެސްދައްކައެއްނު. އަޑިއަޑިންބަހާލާނީ އެތަންތަންވެސް.

The name is already taken The name is available. Register?

ބޮއްޅަސޮރު

07 November 2021

ބަލަ މިއަދާ ހަމަ އަށް މިނިމަމް ވޭޖު ކަނޑަ އަޅާފަ ނެތް އިރު ،ވޭތު ވެދިޔަ ދުވަސް ތަކުގަ ވިޔަފާރި ވެރިން އެއްކުރިހާ ފައިސާ ތަކޯ.؟މިއަދު ބަޔަކު ތެޅިފޮޅި އެތަކެއް ގުރުބާނީ އެއް ވެގެން މަސައްކަތްތެރިންނައް ހައްގު މިންވަރު ހޯދަން އުޅެ ކާމިޔާބު ލިބުނީމަ ވިޔަފާރި ވެރިން މޭގުޑާނެ ކަން ޔަގީން..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454