ބީއެޗްއެމް
09 ނޮވެމްބަރ 2021 - 20:55
ބީއެޗްއެމް ޓްރޭޑާސް އިން ރާއްޖެ އަށް އެތެރެކޮށް ވިއްކަމުން އަންނަ ޔޭޔޭ ކޮފީ ޕްރޮމޯޝަންގެ މިދިޔަ މަހުގެ ނަސީބުވެރިން ހޮވައިފި އެވެ.
ބިއެޗްއެމް އިން ކުރިއަށްގެންދާ “ޔޭޔޭ ސްކްރެޗް އެންޑް ވިން” ޕްރޮމޯޝަން އަންނަ މަހުގެ ނިޔަލަށް ކުރިޔަށްދާނެ އެވެ.
މި ޕްރޮމޯޝަންގައި ކޮންމެ މަހަކު ނަސީބުވެރިން ހޮވާނެ އެވެ. ނަސީބުވެރިންނަށް ސްކޫޕީ ސައިކަލެއް، ޕްލޭސްޓޭޝަން، ގެލެކްސީ އިއާ ބަޑް ފަދަ އިނާމްތައް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މިމަހުގެ އިނާމްތައް ލިބުނު މީހުންނަށް މިހާރު ވަނީ އިނާމް ހަވާލުކޮށްފަ އެވެ.
ކޮންމެ މަހަކު ދޭ އިނާމްތަކުގެ އިތުރަށް މުޅި ޕްރޮމޯޝަނުން ހޮވޭ ތިން ނަަސީބުވެރިންނަށް އުމްރާ ދަތުރެއް ވެސް ލިބޭނެ އެވެ.
ބީއެޗްއެމް އިން ބުނީ އަންނަ އަހަރު ޔޭޔޭ ކޮފީގެ އިތުރު ޕްރޮމޯޝަންތައް ވެސް ކުރިއަށްދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
09 November 2021
ސައިކަލެއް ލިބޭތޯ ތިނޫން ކޮފީއެއް ނުބޮން، އަދި ހަމަ ނަސީބު ލައްވައެއް ނުލާ، އަދި ވާނެ، އިންޝާﷲ