ހޯރަފުށި އެއާޕޯޓް؛ މިއީ ސެޓިފައި ކުރެވުނު ފުރަތަމަ ސަރަހައްދީ އެއާޕޯޓު ކަމަށް ރިޒްވީ ވިދާޅުވި-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
20 ނޮވެމްބަރ 2021 - 12:56
ރާއްޖޭގެ ސަރަހައްދީ އެއާޕޯޓުތަކުގެ ތެރެއިން އެންމެ ފުރަތަމަ ސެޓިފައި ކުރި ތަނަކީ ހޯރަފުށީގެ އެއާޕޯޓު ކަމަށް ރީޖަނަލްސް އެެއާޕޯޓްސް އިން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ "މިހާރު" އަށް ވިދާޅުވީ އޭނާ އެ ކުންފުންޏާ ހަވާލުވި ފަހުން ސަރަހައްދީ އެއާޕޯޓުތައް ސެޓިފައި ކުރަން ފެށި ފަހުން ފުރަތަމަ ފަހަރަށް އެ ޝަރަފު ހޯދި ތަނަކީ މީގެ އަހަރެއްހާ ދުވަސް ކުރިން ހުޅުވި ހޯރަފުށީ އެއާޕޯޓު ކަމަށެވެ،
އޭނާ ވިދާޅުވިގޮތުގައި ކުރިމަގުގައި އިތުރު އެއާޕޯޓުތައް ވެސް އެ ލިސްޓަށް އަރާނެ އެވެ.
އެއާޕޯޓުތައް ސެޓިފައި ކުރުމަކީ އެ ތަނެއްގައި ހުންނަން ޖެހޭ ހުރިހާ ހިދުމަތެއް ލިބެން ހުރިކަން ޔަގީން ކުރުމެވެ. އެ ކަންކަން ކަށަވަރު ކުރުމަކީ ސިވިލް އޭވިއޭޝަންގެ ޒިންމާއެކެވެ.
ހޯރަފުށި އެއާޕޯޓަށް އެއް އަހަރު ވެފައިވާއިރު، އެ އެއާޕޯޓު ސެޓިފައިވުމަކީ ހުރިހާ ހިދުމަތަކާއި ސާމާނުތައް ހަމަވެފައިވާ ކަން ހާމަވެާ ކަމެއް ކަމަށް ރިޒްވީ ވިދާޅުވި އެވެ. އަންނަ ހަފުތާގައި ފުވައްމުލަކު އެއާޕޯޓުގެ ފައިނަލް އިންސްޕެކްޝަން ވެސް ނިމި އެ އެއާޕޯޓު ސެޓިފައި ކުރުމަކީ ރިޒްވީގެ އުންމީދެކެވެ.
"މި ފެށޭ ހަފުތާގައި ސިވިލް އޭވިއޭޝަނުން ފުވައްމުލަކަށް ދާނެ ފައިނަލް އިންސްޕެކްޝަނަށް. މިއާއެކު އަޅުގަނޑުމެން އުއްމީދު މި ކުރަނީ ދެން ހުރި ހުރިހާ އެއާޕޯޓެއް ވެސް ކުރިއަށް އޮތް އަހަރުގެ ތެރޭ ސެޓިފައިކޮށް ނިންމައިލެވޭނެ ކަމަށް،" ރިޒްވީ ވިދާޅުވި އެވެ.
ރީޖަނަލް އެއާޕޯޓްސްގެ ދަށުން ހިންގާ އެއާޕޯޓުތަކުގެ ތެރޭގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށި އެއާޕޯޓާއި ފުނަދޫ އެއާޕޯޓާއި ކާޑެއްދޫ އެއާޕޯޓާއި މާވަރުލު އެއާޕޯޓާއި ފުވައްމުލަކު އެއާޕޓާއި ހޯރަފުށި އެއާޕޯޓް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުދާރުު
21 November 2021
ސެޓިފައި ކުރެއްވި އިރު ކިތަށް ބަސްތާ ވެލި ހުރިތޯ؟
މޯޑް
21 November 2021
އެއާރފޯޓްގަ ލައިޓިން އެއް ނެތް. ބެލެޓެއް ނެތް. ސުކުރިއްޔާ.
ނަށީދު
20 November 2021
ފެނުގެ އަޑީ ބާއްވައިގެންތަ؟ ހަހަހަހަ
ފެނަ
21 November 2021
ކޮންމެތާލު ބާއްވައިގެންވެސް އެއޮތީކޮށްފަ.. ދެން ބަނޑަށް ކުޅެއް ޖަހައިގެން ހަޖަމުކޮށްލާ.. ޔާމީނަކަށް ނުވި މި ސަރުކާރުން ކުރީ..
ޖަން ޖަބީލް
20 November 2021
މީކިހެނެއް ކުރާ އެއްޗެއް ބާއޭ ހިތައް އަރާ. ރޭގއަނޑު ޖެއްސެނީކީކު ނުން. މޫސުންގޯސް ވީމަ ޖައްސަން އެބޭނުން ކުރާ އެތި ހުރީކީކު ނުން. ބޯޓައް ކަރންޓު ދޭ އެތި މަސައް ކަތް ނުކުރާ ހާލު ކުޑަ ބޮއްކުރާވެސް ފުލް ބަރުދަނުގަ ނު ފުރޭ ހާ ކުދި ރަންވޭ އަދިވެސް އަޅަނީ.
އޮނަރަބްލް އަފީފު ދީދީ
20 November 2021
ޑޮމެސްޓިކް އެއަރޕޯޓް ތަކުން އެރަށްރަށަށް އަދި އެއަރޕޯޓް ތައް އޮންނަ ސަރަޙައްދު ތަކަށް ދިރުމެއް ލިބޭނީ ޢިޤްތިސޯދީ ޙަރަކާތެއް އެސަރަޙައްދު ތަކުގައި ހިގައިގެން. # ރާއްޖޭގެ އުތުރާއި ދެކުނުގައިއޮތް ހަނިމާދޫ އަދި ގޭންއެއަރޕޯޓް ކުރާންޖެހޭ ކުދިކުދި ބައެއް މަސައްކަތަށްފަހު އޮޕަރޭޝަނަށް ހުޅުވައިފިނަމަ މިފަދަ ޑޮމެސްޓިކް އެއަރޕޯޓްތަކުގެ ޙަޤީގީ ބޭނުންތެރިކަން އެސަރަޙައްދުގެ ރައްޔިތުނަށް ލިބޭނެ. އެކަމަކު ނޭގެނީ މާލޭސަރުކާރުން އެކަން ކުރާނެކަން.
މަޒް
20 November 2021
ލަގެޖް އަރުވާ ބަލާ ބެލްޓެް ވެސް ނެތް
އޮނަރަބްލް އަފީފު ދީދީ
20 November 2021
ހުއްޓުމެއްނެތި ސަރުކާރުން ކުރަމުން ގެންދަނީ ކ.އަތޮޅު މާލޭގެ އިޤްތިސޯދަށް ލާރި ވަންނާނެ ޕްރޮޖެކްޓް ތަކާއި މަޖުބޫރީ ޙާލަތް މެދުވެރިކޮށް ތުރާކުނުން އައްޑުއަށް ހިމެނޭ ރަށްރަށުގެ މީހުން "ކުލީ އަޅުންގެ ގޮތުގައި" މާލޭ މީހުންގެ ގޯތި ގެދޮރު ކުއްޔަށް ހިފުމަށް މާލެއަށް ޖަމާކުރުމުގެ މަސައްކަތް. # ސަރުކާރުން ތިޔަބުނާ ސްޕީޑް ލާންޗްގައި 30 މިނިޓުން ދެވޭ ހިސާބުގައި އަޅާ ޑޮމެސްޓިކް އެއަރޕޯޓް ތަކަކީ "އެއްކޮޅަށް މީހުން އުފުލަން" މާލޭ ސަރުކާރުން އަޅާ ތަންތަން.
ސަރަންގު
21 November 2021
އަފީ ކޮތަންމެ ހިޔުގައި ޖެހުނަސް މާލޭގައި 40% ކުއްޔަށް ދީގެން އުޅެނީ މާލޭ މީހުންނެއްނޫން މިހާރަކު. އަފީމެން ބޭނުންވަނީ އެއްފަހާ ހިރުހާ ތަނެއް ތަރަށްގީވާން. ރާއްޖޭގެވެސް ކޮންމެސް އެއްތަނެއްނަމަވެސް ތަރައްގީ ކޮއްގެން ބޭސް ފަރުވާއަށް ބޭރަށްދާން ނުޖެހޭވަރު ވިޔަސް ހާދަ ބޮޑުވަރެކޭ އެއީ
ހާމަ333
20 November 2021
ސެޓިފައިކޮށްފި...އެކަމަކު މިގޭ 100 ވަރަކަށް ދުވަސްކުރިންވެސް ތިޔަތަނުގެ ރަންވޭއަށް ވެލިއަރައިގެން ބަންދުކުރަންޖެހުނު...އައްޑޫ އެއަރޕޯޓްވެސް އިންޓަނޭޝަނަލް ކުރިތާ އެތައް އަހަރެއް...އެކަމަކު ފްލައިޓް ތަކާ ފަތުރުވެރިން އަންނާނެ ގޮތަކަށްނޫން އެއްވެސް ސަރުކާރެއްގެ ޕޮލިސީ އޮންނަނީ...ހުވެފެން ދައްކާލަ ދައްކާލަ ވޯޓް ލިބުނީމާ ކެހިދެނީ ރައްޔިތުންނަށް...ނަމެއްގަ ކަމެއްކުރިއަކަސް ނުވާނެ...
ނައިކް21
20 November 2021
އައްޑޫގަ އޮންނަނީ އިންޓަރނޭޝަނަލަ އެއަރޕޯޓެއް.. އެދައްކަނީ ރީޖަނަލް އެއަރޕޯޓްސްގެ ޑޮމެސްޓިކް އެއަރޕޯޓުތަކުގެ ވާހަކަ، ރަންވޭއަށް ވެލި އަރާނެތާ ކަމޑު ތޮށީގަ ހިލަ ނުޖަހާ ހުއްޓާ ރާއްޖޭގެ އުތުރަށް އެރި އެންމެ ބާރުގަދަ ތޫފާނުގެ އަސަރުކުރީމަ.. އައްޑޫއަކަސް އެހެންތަނަކަސް ތޫފާނެއް އެރީމަ ކުރެވޭނެ ކަމެއް ނޯންނާނެ..
ޣަނީ
20 November 2021
ފުލައިޓް އެންމެގިނައިން ކެސްސަލްވުމުގެރިކޯޑު ރަންވޭ ދެދުހުން ދެދެހުން ބަންދުކުރާތީ ލިބެންޖެހޭ އެއްޗެއްލިބޭނެ ތިތަނަށް.
ނިކަ
21 November 2021
މާފަހަތުގަ އަދި ތިޔަ އުޅުއްވަނީ.. ތިޔަ ފުލައިޓް ކެންސަލްވެފަ ހުރޮ އަދަދުތައް ބަލާލުނއ މުހިންމު އެހެން އެެއަރޕޯޓުތަކުގަ
ރަދީފްއޮފިޝިއަލް
20 November 2021
''ހޯރަފުށި އެއާޕޯޓަށް އެއް އަހަރު ވެފައިވާއިރު، އެ އެއާޕޯޓު ސެޓިފައިވުމަކީ ހުރިހާ ހިދުމަތަކާއި ސާމާނުތައް ހަމަވެފައިވާ ކަން ހާމަވެާ ކަމެއް ކަމަށް ރިޒްވީ ވިދާޅުވި އެވެ.'' މަބުނީ ރޭގަނޑު ހޯރަފުށީ އެއާޕޯޓްގަ ފްލައިޓް ޖައްސާތަ؟ / ޖެއްސޭތަ؟ ނުޖައްސާނަމަ ނުޖެއްސެނީ ކީއްވެ ބާ؟؟!!
ރަދީފްްފަރަންޖީ
20 November 2021
ރަންވޭލައިޓް ނެތީމަ އިގިއްޖެ
ރަދީފްއޮފިޝިއަލް
21 November 2021
އެކަމަކު ރިޒްވީ ބުނަނީ ހުރިހާއެއްޗެއް ހަމަކަމަށް!!! @ފަރަންޖީ