ލައިފްސްޓައިލް

ފުރަތަމަ 3ޑީ ލޯ އިނގިރޭސި ވިލާތުގެ މީހަކަށް

ސްޓީވް.

މިހާތަނަށް 3ޑީ ލޮލެއް ލިބުނު ފުރަތަމަ މީހާގެ ޝަރަފު އިނގިރޭސިވިލާތުގެ މީހަކަށް ލިބިއްޖެ އެވެ.

ޓެކްނޮލޮޖީގެ ދާއިރާ އިން ދުނިޔެ ހޯދަމުން އަންނަ ކުރިއެރުންތަކުގެ ތެރެއިން 3ޑީ ޕްރިންޓެޑް ލޯ ލިބުނު މީހާ އަކީ ލަންޑަންގެ މޯފީލްޑްސް އައި ހޮސްޕިޓަލްގައި މިދިޔަ ބުރާސްފަތި ދުވަހު 3ޑީ ލޮލުގެ ސާޖަރީ ހެދި އީސްޓް ލަންޑަންގެ ހެކްނީ އަށް ނިސްބަތްވާ ސްޓީވް ވާޒް، 47، އެވެ. އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތްކުރާ މީހާގެ ދެ ލޮލުގެ ތެރެއިން 3ޑީ ލޮލަކީ ވާތު ލޮލެވެ.

މޯފީލްޑްސް އިން ބުނި ގޮތުގައި ސްޓީވްގެ މި ލޮލަކީ މިހާތަނަށް ދުނިޔޭގައި ހެދި ފުލީ ޑިޖިޓަލް ޕްރޮސްތެޓިކް ލޮލެވެ. އަދި މިއީ ހާސިލު ކުރެވުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ބުންޏެވެ. ކުރިން މިގޮތަށް ހަދާ ލޮލަކީ ޑިސްކަކަށް ލޮލުގެ ކަޅީގެ ބޭރުން އިންނަ ފަށަލަ މެނުއަލްކޮށް، ޕެއިންޓްކޮށް އައި ސޮކެޓަށް އެމްބެޑްކުރާ ގޮތަށް އުފައްދާފައި ހުންނަ އެއްޗިއްސެވެ. އެކަމަކު މޯފީލްޑްސްގެ އުފެއްދަކީ ލޮލުގެ ކަޅީގެ އެންމެ ފުންމިނަށް އަލި ދައުކުރާ ގޮތް ކޮންޓްރޯލްވާ ގޮތަށް އުފައްދާފައިވާ އެއްޗެކެވެ.

"ގުދުރަތީގެ ލޮލަކުން ފެންނަ ފެނުމަށް ވުރެ 3ޑީ ލޮލުގެ ސަބަބުން މާހައުލު ފެންނަ ގޮތުގައި ބޮޑެތި ތަފާތުތަކެއް ހުންނާނެ. އަދި މިއާ އާދައިގެ ލޮލަކުން ތަޖުރިބާ ނުކުރެވޭ ކަހަލަ ކިތަންމެ އިފެކްޓެއް އެކުލެވޭނެ އެއްޗެއް،" ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުންޏެވެ. "މިއީ ހަގީގަތުގައި މިފަދަ އެހެން އީޖާދުތަކާ އަޅާބަލާ އިރު މާ ރިއަލިސްޓިކް އިޖާދެއް. އަދި ލޮލުން މަންޒަރު ފެންނަލެއް މާ ސާފުވެފައި، ލޮލުގެ ކަޅީގެ ބާރު ވެސް ގަދަވާނެ."

ހޮސްޕިޓަލުން ބުނި ގޮތުގައި ސްޓީވްގެ ދެ ލޮލުން ފެންނަ ގޮތުގައި މިހާރު ބޮޑު ތަފާތެއް ހުއްޓަސް، އޭނާގެ ލޮލަށް ބަލާ އިރަކު މާ ބޮޑު ތަފާތެއް ފާހަގަ ނުކުރެވޭނެ އެވެ. އެގޮތުން 3ޑީ ލޯ ތައްޔާކުރީ ސްޓީވްގެ ކަނާތު ލޮލާ އެއްވެސް ގޮތަކަށް އައިބެއް ފާހަގަ ނުކުރެވޭ ގޮތަށް ކަމަށް ބުންޏެވެ.

ސްޓީވްގެ 3ޑީ ލޯ ޕްރިންޓްކުރީ ޖަރުމަންގަ އެވެ. އެކަމަކު އެ ލޮލާ ގުޅޭ މައިގަނޑު ބޮޑެތި މަސައްކަތްތައް ކުރީ މޯފީލްޑްސް އައި ހޮސްޕިޓަލްގެ އޮކިއުލަރިސްޓެވެ.

އާ ލޮލާ ބެހޭ ގޮތުން ސްޓީވް ބުނީ އާ ލޮލަކަށް އިންތިޒާކުރާތާ 20 އަހަރު ފަހުން ލިބުނު އާދަޔާ ހިލާފު ލޯ މިހާރު ވަރަށް ފުރިހަމަ ކަމަށެވެ.

"ކުރިން އަހަންނަށް ފެންނަ ގޮތާއި މިހާރު ފެންނަ ގޮތާ ވަރަށް ތަފާތު. މި ބަދަލު ހަމަ ވަރަށް ވެސް ފުރިހަމަ." އޭނާ ބުންޏެވެ.

މޯފީލްޑްސް އައި ހޮސްޕިޓަލްގެ ކްލިނިކަލް ލީޑް ޕްރޮފެސަރުގެ އިތުރުން ޔުނިވަސިޓީ ލަންޑަން ކޮލެޖްގެ ޕްރޮފެސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ މަންދީޕް ސަގޫ ވިދާޅުވީ މޯފީލްޑްސްގެ 3ޑީ ލޮލުގެ މަސައްކަތް ކާމިޔާބުވުމަކީ އުންމީދުތަކެއް އާލާކޮށްދިން ކަމެއް ކަމަށެވެ.

"މީގެ އިތުރު ކްލިނިކަލް ޓްރަޔަލްތަކެއް ހަދައި، މި ޓެކްނޮލޮޖީ އިތުރަށް ތަޖުރިބާކޮށް މީގެ ސަބަބުން އިތުރު ކުރިއެރުންތަކެއް ހޯދޭނެ." އޭނާ ވިދާޅުވި އެވެ. "އަދި މިއީ ލޮލުގެ މައްސަލަތަކަށް ލިބުނު އާ އުންމީދެއް."

3 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 22%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފެނޭ

28 November 2021

ފޮޓޯއިން އެބަ ތަފާތު ފެނޭ. ވައަތު ލޯ ކުޑަކޮށް އައިބު އަދި ކަނާއަތު ލޮލުގަ ހުރި ދިރުމެއް ވައަތު ލޮލުގައި ނެތްކަންވެސް އެބަ ފާހަގަކުރެވޭ.

The name is already taken The name is available. Register?

87654

28 November 2021

ތިކަން އަހަރެމެން ވަނީ މާކުރިން ސައުދީ އަރަބިޔާގައި ކޮއްފަ. އެކަން އަހަރެމެން ކުރީ ދީނީ އިލުމު ބޭނުން ކޮއްގެން

The name is already taken The name is available. Register?

ހަސަން ގ

28 November 2021

އެ ލޮލުން ނުފެންނާނެ. އަލުން އަސްލު އާޓިކަލް ކިޔާލަންވީ ނޫންތޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454