ވިޔަފާރި / އެޑްވަޓޯރިއަލް

އަލް ޝާލީ މެރިން: ފެންވަރު ރަނގަޅު ދޯނިފަހަރު އެންމެންނަށް

އަލް ޝާލީ މެރިންގެ ދޯނި: މި ދޯންޏަށް ވަނީ ބޯޓިން އެވޯޑް ވެސް ލިބިފައި.-- ފޮޓޯ: އަލް ޝާލީ މެރިން

ދޯންޏެއް ބަނދެ، ކަނޑަށް ދޫކޮށްލާ އިރު ސަމާލުކަން ދޭންޖެހޭ ގިނަ ކަންތައްތަކެއް ހުރެ އެވެ. ފަޅުވެރިންނާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރަށް، ދޯނި ބަނދެފައި ހުންނަ ގޮތަކީ ދުއްވާލަން އެންމެ ފަސޭހަ ގޮތް ކަމަށް ވާންޖެހެ އެވެ. ބޭނުންކުރާ ތަކެއްޗަކީ ވެސް އެންމެ މަތީ ފެންވަރުގެ އެއްޗެއްސަށް ވާންޖެެހެ އެވެ. އޭގެ އިތުރަށް، ދޯންޏެއްގެ ސްޕީޑަކީ ވެސް ހަމަ އެހާ މުހިންމު ކަމެކެވެ.

ދޯންޏެއް ފުރިހަމަވަނީ އެ ހުރިހާ ކަމެއް ފުރިހަމަވުމުންނެވެ.

ފެންވަރު ރަނގަޅު އޮޑިދޯނިފަހަރު ބަންނަ އަލް ޝާލީ މެރިންގެ "އައިލެންޑް ހޮޕާ 50"ގެ ނަން ދީފައިވާ ދޯންޏަކީ އޭގެ ފުރިހަމަ މިސާލެކެވެ. ފަންސާސް ފޫޓް ދިގު މި ދޯނީގެ ހަލްގެ ސައިޒް އެއްވަރުވީ ނަމަވެސް، މި ދޯނީގެ އިންޓީރިއާ އާއި އެ ނޫން ވެސް ކަންކަން ހަތަރު ގޮތަކަށް ބައްޓަންކޮށްދެ އެވެ. އެއީ ޑައިވިން އެކްސްކާޝަން އަދި ރެކްރިއޭޝަންގެ އިތުރުން، ގޭމް ފިޝިން އާއި ފެރީގެ ގޮތުގައި ބޭނުންކުރުމަށެވެ.

އަލް ޝާލީ މެރިންގެ ދޯނި: މިއީ ފައިބަރުން ބަންނަ ދޯންޏެއް.-- ފޮޓޯ: އަލް ޝާލީ މެރިން

އެއްކޮށް ފައިބަރުން ބަންނަ "އައިލެންޑް ހޮޕާ 50"ގެ ގިނަ ދޯނިތަކެއް، އެކި ބޭނުންތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ބޭނުން ކުރަމުންނެވެ. އެންމެ މަތީ ފެންވަރުގެ ރިސޯޓްތަކާއި ޑައިވިން ސެންޓަރުތަކުގެ އިތުރަށް، ފެރީގެ ގޮތުގައި ވެސް ބައެއް ސަރަހައްދުތަކުގައި މި ވައްތަރުގެ ދޯނި ބޭނުން ކުރަމުން އަންނަ އިރު، ކޮންމެ ދޯންޏެއް ވެސް އެކަތި އަނެކެއްޗާ ތަފާތުތަކެއް ހުރެ އެވެ. އެ ގޮތުން، ދޯނީގެ އިންޓީރިއާ ބައްޓަން ކުރަނީ ދޯނި ގަންނަން ބޭނުންވާ ފަރާތަކުން އެދޭ ގޮތަށެވެ.

"މި ދޯނީގެ އެންމެ ހާއްސަ ކަމަކީ ކޮލިޓީ އަދި ސްޓެބިލިޓީ. އެންމެ ފެންވަރު ރަނގަޅު ތަކެތި ބޭނުންކޮށްގެން، 100 ޕަސެންޓް ފައިބަރުން ބަންނަ އިރު، ސްޕީޑް ވެސް ރަނގަޅުވާނެ،" އަލް ޝާލީ މެރިންގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއީލް ޝަރީފް ވިދާޅުވި އެވެ.

މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ "އައިލެންޑް ހޮޕާ 50" ބަލައިގަނެފަ އެވެ. އެ ގޮތުން، ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ، ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން މިދިޔަ މަހު ބޭއްވި ބޯޓިން އެވޯޑްސްގައި އެ ދޯންޏަށް ވަނީ އެވޯޑެއް ވެސް ލިބިފަ އެވެ.

އަލް ޝާލީ މެރިންގެ ދޯންޏަށް ލިބުނު އެވޯޑް.

މި ކާމިޔާބީއާ އެކު، އަލް ޝާލީ މެރިން އިން މިހާރު މަސައްކަތް ކުރަމުން އަންނަނީ ގެސްޓްހައުސްތަކަށް އަމާޒުކޮށްގެން ލޯންޗެއް ފަރުމާކުުރުމުގެ މަސައްކަތެވެ. ސައުވީސް ފޫޓްގެ މި ލޯންޗް އެކި ކަންކަމަށް ބޭނުންކުރެވޭނެ އެވެ. ހާއްސަކޮށް، މި ލޯންޗް ބައްޓަންކޮށްފައި ވަނީ ގެސްޓްހައުސްތައް ފަދަ ތަންތަނުން އެކްސްކާޝަނަށާއި ނައިޓް ފިޝިން ފަދަ ކަންކަމަށް ބޭނުންކުރުމަަށެވެ. އެންމެ މަތީ ފަންތީގެ ލޯންޗާއި ދޯނިފަހަރު ގަންނަން ދަތިވާ ފަރާތްތަކަށް، އަގުހެޔޮކޮށް ލޯންޗެއް ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން ތައްޔާރުކުރާ މި ލޯންޗް މި މަހުގެ ތެރޭގައި ބާޒާރަށް ނެރެން ވަނީ ނިންމައިފަ އެވެ.

"އަޅުގަނޑުމެންގެ މަގްސަދަކީ ވީހާ ވެސް ގިނަ ފަރާތްތަކަށް ލޯންޗުފަހަރު ގަތުމުގެ ފުުރުސަތު ދިނުން. ހާއްސަކޮށް، ގެސްޓްހައުސް ހިންގާ ފަރާތްތަކަށް،" ޝަރީފް ވިދާޅުވި އެވެ.

އަލް ޝާލީ މެރިންގެ ދޯނި ޑައިވިން އެކްސްކާޝަނެއްގައި ބޭނުންކުރަނީ: އެކްސްކާޝަންގެ އިތުރުން ޑައިވިން ރެކްރިއޭޝަނަށް ވެސް މި ދޯނި ބޭނުންކުރޭ.-- ފޮޓޯ: އަލް ޝާލީ މެރިން

ވީހާ ވެސް ފަސޭހައިން ދޯނިފަހަރު ގަތުމުގެ ފުރުސަތު ދިނުމުގެ ގޮތުން، އަލް ޝާލީ މެރިން އިން ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ނުވަތަ މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) މެދުވެރިކޮށް، ބައިބަޔަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ގަނެވޭނެ އިންތިޒާމް ހަމަޖައްސައިފަ އެވެ.

ރާއްޖޭގެ ކޯސްޓްލައިން އިންވެސްޓްމަންޓްސް އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަލް ޝާލީ މެރިން ގުޅިގެން އުފައްދާފައިވާ އަލް ޝާލީ މެރިން މޯލްޑިވްސް އިން ރާއްޖޭގެ ބާޒާރުގައި ހަރަކާތްތެރިވާތާ މިހާރު ވަނީ 10 އަހަރަށް ވުރެ ގިނަ ދުވަސްވެފަ އެވެ. އެ މުއްދަތުގައި އެ ކުންފުނިން ވަނީ އެކި ސައިޒުތަކުގެ ފެންވަރު ރަނގަޅު އުޅަނދުފަހަރު ބަނދެ، ދިވެހިންގެ އިތުބާރު ހޯދައިފަ އެވެ.

2 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 13%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަސްރާރ

24 December 2016

ނަމްބަރު ޖަހާލަ ދީ

The name is already taken The name is available. Register?

ހަސަންބެ

20 December 2016

އިންސްޓޯލްމަންޓް ޕްލޭން ހިމަނާލިނަމަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454