ފަޔާޒު އާއި ދީނާ: ފުރަތަމަ ފަހަރަށް ބޭއްވި ގައުމީ ބިލިއާޑް މުބާރާތުގެ ސިންގަލްސް ޗެމްޕިއަނުން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
07 ޑިސެމްބަރ 2021 - 02:41
ފުރަތަމަ ފަހަރަށް ބާއްވާ ގައުމީ ބިލިއާޑް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހުސައިން ފަަޔާޒު އަދ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ދީނާ އަހުމަދު ހޯދައިފި އެވެ.
ފިރިހެން އެއްވަނަ ޑިވިޝަންގައި ފަޔާޒު، ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު ފައިނަލް މެޗުގައި މުހައްމަދު ސާހިލް ހަމީދު، 11-7 ފްރޭމުން ބަލި ކުރުމަށް ފަހު އެވެ.
މެޗުގައި ބޮޑު ލީޑެއް ސާހިލް ނެގި އެވެ. 6-2 ގެ ފްރޭމަކުން އޭނާ ކުރީގައި ވެސް އޮތެވެ. އެކަމަކު މެޗު އަތުން ދޫވީ، ފަހުން އޭނާ އަށް ހެދުނު ގޯސްތަކަކުންނެވެ. ފަޔާޒު މެޗު ކާމިޔާބު ކުރީ ފަހަތުން އަރަ އެވެ.
ސާހިލް: އޭނާ ބަލިވީ ދެމެހެއްޓި ލީޑް ގެއްލުމުން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފުރަތަމަ ފަހަރަށް ބާއްވާ ގައުމީ މުބާރާތުގެ ފައިނަލުން އެންމެ ފުރަތަމަ ޖާގަ ހޯދީ ވެސް ސާހިލް އެވެ. ފައިނަލްގެ ފަހު ޖާގަ ފަޔާޒު ޔަގީން ކުރީ މިއަދު ހަވީރު ހުސައިން ޝާޒް ބަލި ކުރުމަށް ފަހު އެވެ. ފިރިހެން އެއްވަނަ ޑިވިޝަންގެ ތިންވަނަ އަކީ ޝާޒް އެވެ.
ގައުމީ މުބާރާތުގެ ރަނަރަފް އަޒްރާ: ފައިނަލާ ހަމައަށް އޭނާ އައީ ރަނގަޅު ފޯމެއްގައި --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އަންހެން ޑިވިޝަންގެ ފައިނަލްގައި ވާދަކުރީ އާމިނަތު އަޒްރާ އާއި ދީނާ އަހްމަދެވެ. ދީނާ މެޗު ކާމިޔާބު ކުރީ 7-4 ފްރޭމުންނެވެ. އަންހެން ޑިވިޝަންގެ ތިންވަނަ ހޯދީ މަރިޔަމް ހުދުނާ އެވެ.
ފިރިހެން ދެވަނަ ޑިވިޝަންގެ ފައިނަލްގައި ވާދަކުރީ އަލީ ޝާވިން އާއި އައްބާސް ސައިދު އެވެ. އައްބާސް މެޗު ކާމިޔާބު ކުރީ 11-7 ފްރޭމުންނެވެ. ދެވަނަ ޑިވިޝަންގެ ތިން ވަނަ ހޯދީ އިބްރާހިމް ރަޝީދެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
07 December 2021
މަރުހަބާ. ކުރިއަށް ދީނާ ކުރިއަށް ފަޔާޒު