ތިލަފުށީގައި ހުންނަ ވިލާ ހަކަތައިގެ ފެކްޓްރީ--
10 ޑިސެމްބަރ 2021 - 21:22
މާދަމާ ފަށާ މެރިން އެކްސްޕޯގެ ފިޔުލް ޕާޓްނަރަކަށް ވިލާ ހަކަތަ ހަމަޖައްސައިފި އެވެ.
އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ބާއްވާ މި އެކްސްޕޯ ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ މެންދުރު 2:00 އިން ރޭގަނޑު 10:00 އަށެވެ.
ވިލާ ހަކަތައިން އަލަށް ތައާރަފް ކުރާ ޕްރޮޑަކްޓެއް ކަމަށްވާ "ވިލާ ފިއުޝަން" މި އެކްސްޕޯގައި ދައްކައިލަން ވަނީ ހަމަޖެހިފަ އެވެ. މިއީ ރާއްޖެ އަށް މުޅިން އަލަށް ތައާރަފް ކުރާ ޕްރޮޑަކްޓެއް ކަމަށާއި އެއާ ބެހޭ މައުލޫމާތު އެކްސްޕޯ އިން ލިބޭނެ ކަމަށް ވިލާ ހަކަތައިން ބުންޏެވެ.
މީގެ އިތުރުން އެ ކުންފުނިން ވިއްކާ "ޝެލް" ބްރޭންޑްގެ ލުބްރިކެންޓާއި ޓިމްބާގެ އުފެއްދުންތައް ވެސް މި އެކްސްޕޯގައި ދައްކައިލާނެ އެވެ. ވިލާ ހަކަތައަަކީ "ޝެލް" ބްރޭންޑްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.
ވިލާ ހަކަތައިން ވަނީ ވީހާ ވެސް ގިނަ މީހުން އެ ކުންފުނީގެ ސްޓޯލަށް ޒިޔާރަތް ކުރަން ދައުވަތު ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy