ކުޅިވަރު / ކްލަބް މޯލްޑިވްސް ކަޕް

އަޔާ: ފުޓްބޯޅައިން ނުލިބުނު ލޯބި ހޯދީ ފުޓްސަލްއިން

އަޔާޒު: ކްލަބް މޯލްޑިވްސްގެ ސެމީ ފައިނަލަށް ފެނަކަ ގެންގޮސް ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ ކުޅުންތެރިޔާ --- ފޮޓޯ: ނިޝާން އަލީ | މިހާރު

14 ޑިސެމްބަރ 2021 - 12:03

6 comments

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގައި ވަރުގަދަ ކަމަށް ބުނި ޓީމަކަށް ފަހު ޓީމެއް ކަޓަމުން ގޮސް ހަތަރު ޓީމަށް ވީ އެވެ. މުބާރާތުގެ ކުރިން، ވަރުގަދަ ޓީމެއް ކަމަށް ބެލި ޓީމުތަކުގެ ތެރެއިން، މިހާ ހިސާބަށް ދެމިއޮތީ ފެނަކަ އެކަންޏެވެ. މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ފެނަކަ ދަތުރުކުރުމުގައި އެ ޓީމުގައި އަޔާޒު އަހްމަދު (އަޔާ) ގެ ދައުރު ބޮޑެވެ.

ރޭ ގެ މެޗުގައި ވެސް އޭނާ ތިން ލަނޑު ޖެހި އެވެ. އޭނާ އަކީ ފުޓްސަލް އާއި ފުޓްބޯޅައިގައި އެއްވަރަށް ކުޅޭ މޮޅު ކުޅުންތެރިއެކެވެ. މިދިޔަ ސީޒަންގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގައި އަޔާ ޖަހައިދިން ހިތްގައިމު ގޯލްތައް ހިމެނެނީ ސީޒަންގެ އެންމެ ރީތި ލަނޑުތަކުގެ ތެރޭގަ އެވެ.

ކުރިން ފުރަތަމަ ޑިވިޝަންގައި ކުޅުނު، އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަށް، ޒުވާން އުމުރުގައި އަޔާ ފުޓްބޯޅަ ކުޅެން ފެށި އެވެ. އޭރު އޭނާގެ އޮތީ ފުޓްބޯޅައިން ކުރިއަށް ދިއުމުގެ ވިސްނުމެވެ. ނަމަވެސް އަޔާ ބުނި ގޮތުގައި ފުޓްބޯޅައިގެ މަގުބޫލުކަން ދަށްވެ ފުޓްސަލްގެ ފޯރި ހިފަން ފެށުމުން އޭނާ ވެސް މަޑުމަޑުން ފުޓްސަލް އަށް ބަދަލުވީ އެވެ.

ކުޅުންތެރިންނަށް މުސާރަ ނުދެވި، ފުރަތަމަ ޑިވިޝަންގެ ކްލަބުތައް އިނދަޖެހުނު ވަގުތު ކުޅުންތެރިން އަތުގައި ހިފީ އަމިއްލަ ފަރާތްތަކުން ބޭއްވި ފުޓްސަލް މުބާރާތްތަކުގައި ވާދަކުރި ޓީމުތަކެވެ. މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްސަލް މަގުބޫލުވެ އެކި ރަށްރަށުގައި ފުޓްސަލް މުބާރާތްތައް ބާއްވަން ފެށުމުން ބޮޑު އަގު ދީފައި ކުޅުންތެރިން އެ މުބާރާތްތަކުގައި ކުޅުވަން ގެންދަން ފަށައިފި އެވެ.

އަޔާ އަކީ ފުޓްބޯޅަ ކުޅުންތެރިއެއްކަން ވެސް އާންމުންނަށް ނޭނގި ހުއްޓާ އެނގެން ފެށީ ފުޓްސަލް މުބާރާތްތަކުންނެވެ. އެއީ ކްލަބް މޯލްޑިވްސް އާއި ރެޑްބުލް ފުޓްސަލް ފިއެސްޓާއިންނެެވެ. ރެޑްބުލް ފިއެސްޓާގައި ވާދަކޮށް ދެ އަހަރު ޓީންއޭޖް ކްލަބު ރާއްޖޭގެ އެޑިޝަން ކާމިޔާބު ކުރި އެވެ. އެ ޓީމުގައި ވެސް މުހިންމު ކުޅުންތެރިޔަކަށް އަޔާ ވި އެވެ. ބްރެޒިލްގައި ބޭއްވި ރެޑްބުލްގެ މައި މުބާރާތުގައި ވާދަކުރަން ދެ އަހަރު އަޔާ ވެސް ޓީންއޭޖް ޓީމާއެކު އެ ގައުމަށް ދިޔަ އެވެ. އެ މުބާރާތުގެ 2018 ވަނަ އަހަރު އެޑިޝަން ސްޕެއިން އިން ވާދަ ކުރި ޓީމު ބަލިކޮށް ގުރޫޕް ސްޓޭޖު ފަހަނައަޅައި ދިޔަ އެވެ. އަޔާ ބުނިގޮތުގައި ފުޓްބޯޅައިން ނުލިބުނު އިހްތިރާމް ފުޓްސަލް އިން އޭނާ އަށް ލިބުނެވެ.

"މިހާރު ފުޓްބޯޅަ މި ކުޅެނީ ހޮބީއަކަށް. ބޮޑަށް ހާއްސަ ވާނީ ފުޓްސަލް އަށް،" ގައުމީ ފުޓްބޯޅަ ޓީމަށް ވެސް ކުޅުނު އަޔާ ބުންޏެވެ.

ފެނަކަ ޓީމުގެ އަޔާ (ކ) ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ގައުމީ ޓީމުން އޭނާ އަށް ޖާގަ ހައްގުވާވަރުގެ ކުޅުމެއް މިދިޔަ ސީޒަންގައި ވެސް އަޔާ ދެއްކި އެވެ. އެކަމަކު އޭނާ ބުނީ އަލުން ގައުމީ ޓީމަށް ކުޅުމުގެ ވިސްނުމެއް މިހާރު ނެތް ކަމަށެވެ. އެއީ ގައުމީ ޓީމުގައި އޭނާ އަށް ކުރެވުނު ތަޖުރިބާތަކާއި މިހާރު ވެސް ކަންކަން ވަމުންދާ ގޮތުން ކަމަށް އަޔާ ބުންޏެވެ.

"އެންމެ ފަހުގެ ދެ މުބާރާތުގައި ވެސް ގައުމީ ޓީމަށް ނެގި ބައެއް ކުޅުންތެރިންނަކީ އެންމެ މެޗެއް ނޫނީ ދެ މެޗެއް ކުޅެލައިގެން ޓީމަށް ނެގި ކުޅުންތެރިން. ބައެއް ކުޅުންތެރިން ކިތަންމެ ރަނގަޅަށް ކުޅުނަސް ގައުމީ ޓީމުން ފުރުސަތެއް ނުލިބޭ. ރަނގަޅަށް ނުކުޅުނަސް އަބަދު ވެސް ޓީމަށް އެ ނަގާ ބަޔަކު ޓީމަށް އެބަ އަރާ،" ގައުމީ ޓީމަށް އަލުން ކުޅެން ބޭނުން ނުވާ ބައެއް ސަބަބުތައް އަޔާ ކިޔައިދިނެވެ.

"އެކަމަކު ފުޓްސަލް ގައުމީ ޓީމެއް އެކުލަވާލައިފިއްޔާ ކުޅޭނަން. ސަބަބަކީ މިހާރު މިހުރީ މުޅިން ފުޓްސަލް އަށް ހުސްވެފައި."

ގައުމީ ޓީމަށް އަޔާ ނަގައިގެން، ފުޓްބޯޅައިގެ ތެރޭ އުޅޭ ބައެއް މީހުން ވަރަށް ބޮޑަށް ފާޑު ކިއެވެ. އޭނާ އަކީ ފުޓްސަލް ކުޅޭ މީހަކަށް ވާތީ އެވެ. އެކަމަކު އެ ސީޒަންގައި ވެސް އޭނާ މޮޅު ކުޅުމެއް ފުޓްބޯޅައިގައި ވެސް ދެއްކި އެވެ.

މިދިޔަ ސީޒަންގައި ގްރާންޑޭގައި، އަޔާ (10) ލަނޑު ޖެހުމަށް ފަު އުފާފާޅު ކުރަނީ --- ފައިލް ފޮޓޯ

"އަޅުގަނޑާ ދިމާލަކަށް ސީދާ ފާޑުކިއުމެއް ނާދޭ. އެކަމަކު ކޯޗަށް [ޕީޓާ ޝެގަޓް އަށް] ވަރަށް ބޮޑަށް ފާޑު ކިޔާފައި ހުރި،" ގައުމީ ޓީމަށް 2019 ގައި ނެގުމުން އޮތް ފާޑުކިޔުންތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން އަޔާ ބުންޏެވެ.

އަޔާ ބުނީ މިއަދު އޭނާގެ ދިިރިއުޅުން ބިނާކޮށްފައި ވަނީ ފުޓްސަލްގެ ތެރޭގައި ކަމަށެވެ. އޭނާގެ އާންމުދަނީ ވެސް ބިނާވެފައި އޮތީ އެކަމަށެވެ. ކްލަބަކުން މުސާރައިގެ ގޮތުގައި މުޅި ސީޒަންގައި ނުލިބޭ އާންމުދަނީ ފުޓްސަލްއިން ލިބޭ ކަމަށް އޭނާ ބުންޏެވެ.

"ހުރިހާ މަހަކު ފުޓްސަލް މުބާރާތްތަކެއް ނޯންނާނެ. އެކަމަކު ފުޓްސަލް މުބާރާތްތައް އޮންނަ ދުވަސްވަރެއް ވެއްޖެއްޔާ މަހަކު އެވްރެޖްކޮށް 60،000 ވަރު ޖައްސާލެވޭނެ،" ގދ. ވާދޫއަށް ނިސްބަތްވާ އަޔާ ބުންޏެވެ.

އޭގެ އިތުރުން އޭނާ އަކީ ބައެއް ލޯކަލް ވިޔަފާރި ބްރޭންޑްތަކުގެ އެމްބަސެޑަރެކެވެ. ފުޓްބޯޅަ ސީޒަންގައި ކުރިއަށް އޮތް ސީޒަންގައި އޭނާ ކުޅޭނީ ސުޕަ ޔުނައިޓެޑް ސަޕޯޓްސް (ސަސް) އަށެވެ.

6 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 0%
icon angry icon angry 7%
icon wow icon wow 7%
icon inlove icon inlove 57%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަމަނަ1

15 December 2021

ޑިސިޕްލިން ރަނގަޅު ކުރަން ޖެހޭ

The name is already taken The name is available. Register?

އާއްޔޭ

14 December 2021

އަޔާގެ މޮޅު ކުޅުމަށް ސާބަސްދެން ކުޅެންޔާ ކުޅޭމޮޅަށް، އެކަމަކު ނުލާހިކު ފޮނީ އުޅެނީ ކުޅެވެތޯއެއް ނޫން ފޮނިދެއްކޭތޯ

The name is already taken The name is available. Register?

ޚކކކކ

14 December 2021

މިރާއްޖޭގަ ކުރިއަރުވަންވީ ފުޓްސަލް

The name is already taken The name is available. Register?

ކުޗީ

14 December 2021

ރާއްޖޭގެ ފުޓުބޯޅައިގެ ހަލާކަކީ މިހާރު އޮތް އެފްއޭއެމް ގެ މެނޭޖްމަންޓް. ހާއްސަކޮށް ބައްސާމް.

The name is already taken The name is available. Register?

އަސަރޭ

14 December 2021

އަޔާގެ މޮޅު ކުޅުމަށް ސާބަސް

The name is already taken The name is available. Register?

ކޮންޑޮރިއާނޯ

14 December 2021

އަހަނަން ހަމަ ފުޓްސަލް ގަ އެންމެ އަޔާ އާއި ގަބޭ އާއި! ދެން އަޑުއިވުނު މީހުންގެ ކުޅުމެއް ނުފެނޭ މުބާރާތުން. ރިމާހު ވެސް ވަރަށް މޮޅޫ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454